ހއ. އަތޮޅު ކައުންސިލްގެ “އުތުރުހިޔާ” ޢިމާރާތް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި.

ހއ. އަތޮޅު ރައްޔިތުންގެ “އުތުރުހިޔާ” ކުރިއަށް އޮތް 1 އަހަރު ދުވަހަށް ހއ. އަތޮޅު ހޮސްޕިޓަލަށް  ކުއްޔަށް ދިނުމަށް މި ކައުންސިލާއި، ހއ. އަތޮޅު ހޮސްޕިޓަލާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއަދު މެންދުރު 13:30 ގައި ހއ. އަތޮޅު ސްޓޭޓްހައުސްގެ ކޮންފަރެންސް ހޯލްގައި އޮތް ރަސްމިއްޔާތުގައި މި ކައުންސިލްގެ  ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މޫސާ ޝަފީޤެވެ. ހއ. އަތޮޅު ހޮސްޕިޓަލްގެ  ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ހެލްތު ސަރވިސަސް އަލްފާޟިލް އާދަމް ނަޞީރެވެ.

“އުތުރުހިޔާ” ޢިމާރާތް 2021 މޭ މަހުން ފެށިގެން ހއ. އަތޮޅު ހޮސްޕިޓަލަށް ވަނީ ކުއްޔަށް ދޫކުރެވިފައެވެ. މި ޢިމާރާތް ހއ. އަތޮޅު ހޮސްޕިޓަލަށް ކުއްޔަށް ދޫކުރެވިފައިވަނީ ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް އެހީތެރިވުމުގެ ގޮތުން ކައުންސިލުން ނިންމައިގެންނެވެ.