އަލަށް ކާޑު ހެދުން
ޝަރުތު:
1. ދިވެހިރާއްޖޭގެ ގެއެއްގައި ރަޖިސްޓްރީ ވެފައިވާ މީހެއް ކަމުގައިވުން.
2. 18 އަހަރުންމަތީ މީހުން އަލަށް ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދާކަމުގައި ވާނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުއޮތް ދެ ހެކިވެރިން ގެންނަން ވާނެއެވެ.
3 . ސްކޫލްތަކުގައި ރަޖިސްޓްރީ ކޮށްފައިވާ ކިޔަވާކުދިންނާއި 18 އަހަރުން ދަށުގެ ކުދިން ކާޑު ހަދާއިރު ބެލެނިވެރިއެއް (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއިއެކު) ހާޒިރުވާން ވާނެއެވެ.
ރަށު ކައުންސިލްތަކަށް ފޯމް ހުށަހެޅުން.
1. ފުރިހަމަކޮށްފައިވާ ޚިދުމަތަށްއެދޭ ފޯމް އަދި ހުށަހަޅަންޖެހޭނެކަމަށް ފޯމްގައި (“ހުށަހަޅަންޖެހޭ ލިޔެކިއުން” ބައިގައި) ބަޔާން ކޮށްފައިވާ ލިޔެކިއުންތަކާއެކު ފޯމް ހުށަހެޅުން. މި ފޯމްގައި ސޮއިއާއި އިނގިލީގެ ނިޝާން ފުރިހަމަކޮށް މަޢުލޫމާތު ސަޙަކަމަށް ރަށުކައުންސިލް އިދާރާގެ ތައްގަޑު ޖަހަންވާނެއެވެ.
2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ތައްޔާރުވުމުން ޑީ.އެން.އާރުއިން އެރަށެއްގެ ރަށު ކައުންސިލަށް އަންގާނެއެވެ. ވީމާ ޚިދުމަތަށް އެދިވަޑައިގެން ރަށުކައުންސިލާ ގުޅުއްވައިގެން ކާޑު ނިމުނު ކަމުގެ މަޢުލޫމާތު ހޯއްދަވާށެވެ.
3. ޑީ.އެން.އާރު އިންނާއި ރަށުކައުންސިލް އިދާރާއިން ކާޑު ލިބޭނެގޮތް ހަމަޖެހިފައިވުމާއިއެކު މާލެއިން ކާޑު ހޯއްދަވަން ބޭނުންފުޅުނަމަ ޑީ.އެން.އާރު އަށް ވަޑައިގެން ނުވަތަ ކާޑާ ހަވާލުވާނެ ފަރާތެއް ބަޔާންކުރާ ލިޔުމަކާއެކު އެމީހަކު ފޮނުއްވަވާށެވެ. އަދި ރަށުން ކާޑާ ހަވާލުވުމުގައިވެސް މި ދެގޮތުންކުރެ ގޮތެއް ޚިޔާރު ކުރެއްވިދާނެއެވެ.
4. ކާޑާ ހަވާލުވުމަށް ރަށުކައުންސިލް އިދާރާއަށް ޙާޒިރުވުމަށް އަންގާފައިވާ ދުވަހު އެއޮފީހާށް ޙާޒިރުވެ ކާޑާ ޙަވާލުވެވަޑައިގެން ލިބިވަޑައިގެން ކަމުގެ ސޮއިކުރައްވާށެވެ.
ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި
1. އުފަން ދުވަހުގެ ސެޓްފިކެޓުގެ އަސްލު
2. މާލެ ނުވަތަ އެއްވެސް ރަށެއްގެ ދަފްތަރުގައި ޖައްސާފައިވާނަމަ އެރަށެއްގެ ދަފްތަރު ސެޓްފިކެޓްގެ އަސްލު
3. މާލެ ގެއެއްގައި ރެޖިސްޓްރީ ކުރެވިފައި ވާނަމަ، އެގެއެއްގެ ރަޖިސްޓްރީގެ އަސްލު
4. އަތޮޅުތަކުން ރަށެއްގެ ގޭގައި ރެޖިސްޓަރ ކޮއްފައި ވާނަމަ އެގެއެއްގެ ރެޖިސްޓްރީ، (ރެޖިސްޓްރީ އަތުގައި ނެތްނަމަ) ރަށުއޮފީހުގައި އެގޭގެ ރެޖިސްޓްރި މިޑިޕާރްޓްމަންޓައް ފެކްސް ކޮށްދެއް ވުމަށް އެދި ދެންނެވިދާނެއެވެ.
6. މަންމަ ނުވަތަ ބައްޕަ އަކީ ދިވެހި ރައްޔިތެއް ނޫންނަމަ، އެބެލެނެވެރިއެއްގެ ޕާސްޕޯޓް.
ނޯޓް: ކާޑު ހަދައިދެވޭނީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅުމަށް ކަނޑައަޅާފައިވާ ރަށެއްގެ ގެއެއްގައި ނުވަތަ ދަފްތަރެއްގައި ރެޖިސްޓްރީ ކުރުމައް ފަހުގައެވެ.
ކާޑު ހަލާކުވެގެން ނުވަތަ މުއްދަތު ހަމަވެގެންނަމަ
1. އެންމެފަހުން ހެދި އައިޑީކާޑު
2. ކާޑު ގެއްލިގެންނަމަ، ފޯމާއިއެކު އެހެންލިއުމެއް ބޭނުމެއްނުވާނެއެވެ.
މަޢުލޫމާތު ބަދަލުވެގެން
މައުލޫމާތު ބަދަލުވިކަމުގެ ހެއްކެއްގެ ގޮތުގައި ބަދަލުކޮއްފައިވާ މައުލޫމާތު ހިމެނޭ ލިއުމުގެ އަސްލިކޮޕީ
( މިސާލަކަށް : ނަން ބަދަލުވެފައި ވާނަމަ، ބަދަލުކޮއްފައިވާ އުފަންދުވަހުގެ ސެޓްފިކެޓް. ނުވަތަ ގޭގެ ރެޖިސްޓްރީ ބަދަލު ވެފައިވާނަމަ އަލަށް ރެޖިސްޓަރް ކުރި ގޭގެ ރެޖިސްޓްރީ )
ކާޑު ހެދުމަށް ނަގާ އަގުތައް
އަލައްކާޑުހެދުން އަދި 10 އަހަރުންދަށުގެ ކާޑު ހަދާފައިވާ ކުދިންނަށް 10 އަހަރުފުރިގެން ކާޑުހެދުން ހިލޭ
ލެމިނޭޓް ކާޑު އާކުރުން ހިލޭ
ކޮމްޕިއުޓަރައިޒްޑް ކާޑު އާކުރަން (މުއްދަތު ހަމަވެގެން) 150 ރުފިޔާ
މުއްދަތު ހަމަވުމުގެކުރިން ޢާއްމުނަން، ފޮޓޯ، ނުވަތަ ސޮއި ބަދަލުކުރުންފަދަ ކަމެއްގައި އާކުރުން 150 ރުފިޔާ
މައުލޫމާތު ބަދަލުކުރަން (ފުރިހަމަނަން، އުފަންތާރީޚް، ދާއިމީ އެޑްރެސް) 50 ރުފިޔާ
ކާޑު ގެއްލިގެން 250 ރުފިޔާ
ފުރިހަމަ ނަން، އުފަންތާރީޙް، ދާއިމީއެޑްރެސް ބަދަލުވެގެން ކާޑުއާކުރުން (10 އަހަރުން ދަށް) 50 ރުފިޔާ
މުއްދަތުހަމަވުމުގެ ކުރިން ފޮޓޯ ބަދަލުކުރުންފަދަ ކަމެއްގައި އާކުރުން (10 އަހަރުން ދަށް) 100 ރުފިޔާ
ދައުލަތުގެ ފަރާތުން ހަމަޖައްސާ ކަމެއްގެ ސަބަބުން ކާޑުގައި ހިމެނޭއެއްވެސް މައުލޫމާތަކަށް ބަދަލެއް އައިސްގެން އާކުރުން ހިލޭ