އަލްފާޟިލް ޢަބްދުﷲ ނަޢީމް ހއ. އަތޮޅު އޮފީހާ ގުޅިވަޑައިގެންނެވީ 1983 ސެޕްޓެންބަރު 20 ގައި ރޭޑިޔޯޓެލްފޯން އޮޕަރޭޓަރ މަޤާމަށެވެ. ފަހުން އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ސެކްރެޓަރީކަމާއި، ސީނިޔަރ ސެކްރެޓަރީކަމާއި، ޑެޕިއުޓީ ޑިރެކްޓަރުކަމާއި ޑިރެކްޓަރުކަން ހިމެނެއެވެ.
ވަނީ ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ އާއި ބެޗްލަރ އޮފް ޓީޗިން ޤުރްއާން ޙާޞިލް ކުރައްވާފައެވެ. މެދު ނުކެނޑި 42 އަހަރަށް ވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތް ކުރެއްވިއެވެ.

ހއ. އަތޮޅު އޮފީހާ ގުޅިވަޑައިގެންނެވީ 1986 އެޕްރީލް 19 ގައި ކާތިބާ މަޤާމަށެވެ. ފަހުން އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ސީނިއަރ ކްލާކްކަމާއި، އެސިސްޓެންޓް ސެކްރެޓަރީކަމާއި، ސެކްރެޓަރީކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރކަން ހިމެނެއެވެ.
މެދު ނުކެނޑި 38 އަހަރަށް ވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތް ކުރެއްވިއެވެ.
ހއ. އަތޮޅު އޮފީހާ ގުޅިވަޑައިގެންނެވީ 26 މާރިޗް 1992 ގައި ސެކްރެޓަރީ މަޤާމަށެވެ. ފަހުން އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ސީނިޔަރ ސެކްރެޓަރީކަމާއި، އަތޮޅުވެރިޔާގެ އެހީތެރިކަމާއި، އަތޮޅުވެރިޔާގެ މުއާވިންކަން ހިމެނެއެވެ.
ސަރުކާރުގެ ޚިދުމަތަށް ވެންނެވީ 1979 ގައި އެއަރ މޯލްޑިވްސްއިންނެވެ. މެދު ނުކެނޑި 40 އަހަރަށް ވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތް ކުރެއްވިއެވެ.
ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީހާ ގުޅިވަޑައިގެންނެވީ 19 ޖޫން 1986 ގައި ރޭޑިޔޯޓެލްފޯން އޮޕަރޭޓަރ ގޮތުގައެވެ. ފަހުން އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ކާތިބުކަމާއި، ސީނިޔަރ ކްލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓަރީކަމާއި، ސެކްރެޓަރީކަން ހިމެނެއެވެ. ރިޓަޔަރ ކުރެއްވިއިރު ހުންނެވީ އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމުގައެވެ.
ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީހާ ފުރަތަމަ ގުޅިވަޑައިގެންނެވީ 22 ސެޕްޓެމްބަރ 1983 ގައެވެ. ދެވަނަ ފަހަރަށް ގުޅިވަޑައިގެންނެވީ 18 ޖުލައި 1988 ގައި ކާތިބެއްގެ ގޮތުގައެވެ. ފަހުން ސީނިއަރ ކްލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓަރީ ކަމާއި، ސެކްރެޓަރީ ކަމާއި، ރިޓަޔަރ ކުރެއްވިއިރު ހުންނެވީ އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަދި މިނިސްޓްރީ އޮފް ޖަސްޓިސްގައިވެސް ޚިދުމަތް ކުރެއްވިއެވެ.