މިޝަން , ވިޝަން އަދި ސިޔާސަތު އެކަށައެޅުން

ކައުންސިލްގެ މިޝަން

ހއ. އަތޮޅަކީ، މާތްވެގެންވާ އިސްލާމް ދީނަށް ލޯބިކުރާ، ތަހުޒީބީ މުޖުތަމައެއް ދިރިއުޅޭ، ހިތްފަސޭހަ ވެއްޓެއް ޤާއިމްވެފައިވާ އަތޮޅަކަށްވުން.

ކައުންސިލްގެ ވިޝަން

ރައްޔިތުންނަށް ބޭނުންވާ އިދާރީ ޚިދުމަތްތައް ޒަމާނީ ވަސީލަތްތަކުގެ އެހީގައި އެކަށިގެންވާ އަވަސް މިނެއްގައި ފޯރުކޮށް ދިނުމާއި އެ ޚިދުމަތްތައް ތަރައްޤީ ކުރުމަށް މަސައްކަތް ކުރުން. އަދި ކައުންސިލް އިދާރާ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމާއެކު، ސަރުކާރުން އަތޮޅުގައި ކުރަންޖެހޭ މަސައްކަތްތައް ފަސޭހަކަމާއެކު ކުރެވޭނެ މަގު ފަހިކޮށްދީ ދެމެހެއްޓުމަށް މަސައްކަތްކުރުން.

📋 ސިޔާސަތު އެކަށައަޅާއިރު ރައްޔިތުންނަށް ބާރު ދިނުމަށް ކައުންސިލުން ކުރާ ކަންކަން
  • 1ކައުންސިލްގެ މެންބަރުންނާ މަޝްވަރާކުރުމަށްފަހު ސިޔާސަތު އެކަށައެޅުން
  • 2ކަމާ ގުޅުން ހުރި އިދާރާއަކާ މަޝްވަރާކުރުމަށްފަހު ސިޔާސަތު އެކަށައެޅުން
  • 3އަތޮޅު ރައްޔިތުންނާ ގުޅޭ ކަންމެއްނަމަ ރަށު ކައުންސިލުތައް މެދުވެރިކޮށް ރައްޔިތުންގެ ހިޔާލާ މަޝްވަރާ ހޯދައި ސިޔާސަތު އެކަށައެޅުން
  • 4ރައްޔިތުންގެ ފަރާތުން އަންނަ ހިޔާލުތައް ދިރާސާކުރުމަށްފަހު ކައުންސިލްގެ ބައްދަލުވުމުން ބަދަލުތައް ގެނައުން
✅ ކައުންސިލުން ކަމެއް ނިންމުމުގައި އަމަލުކުރާނެ ގޮތް
  • 1ކައުންސިލްގެ މެންބަރުންގެ މެދުގައި މަޝްވަރާކޮށް ބައްދަލުވުމުން ނިންމުން
  • 2ސީނިއަރ މެނޭޖްމަންޓް ލެވަލްގައި މަޝްވަރާކޮށް ކައުންސިލް ބައްދަލުވުމުން ނިންމުން
  • 3ރައްޔިތުންނާ ގުޅޭ ކަންކަމުގައި ރަށު ކައުންސިލުތަކުގެ ހިޔާލު ހޯދައި ކައުންސިލްގެ ބައްދަލުވުމުން ނިންމުން
  • 4އެހެން އިދާރާތަކުން އަމަލުކުރާ ގޮތް ބަލައި ދިރާސާކޮށް ކައުންސިލްގެ ބައްދަލުވުމަށް ހުށަހަޅައި ނިންމުން
  • 5ރައްޔިތުންނަށް އަސަރު ފޯރާ ނަމަ ރަށު ކައުންސިލް މެދުވެރިކޮށް ހިޔާލު ހޯދައި ކައުންސިލްގެ ބައްދަލުވުމުން ނިންމުން
  • 6އަތޮޅު ތަރައްޤީ ޕްލޭންތައް ރައްޔިތުންނާއި ސްޓޭކްހޯލްޑަރުންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ތަންފީޒް ކުރުމަށް ކައުންސިލްގެ ބައްދަލުވުމުން ނިންމުން