އަތޮޅު ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން އަލްފާޟިލް ޢަބްދުއްލަޠީޕް ޙަސަން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި، އަތޮޅު ކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާގެ މަސްޢޫލިއްޔަތު އަދާކުރުމާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އިންތިޚާބުކޮށްފައިވާ އަތޮޅުކައުންސިލުން ފާސްކުރައްވާ ކަންކަން ތަންފީޒު ކުރުމާއި، އަތޮޅު ކައުންސިލްގެ ރައީސް އަންގަވާގޮތެއްގެމަތިން އިދާރާގެ އިދާރީ މަސައްކަތްތައް ސެކްޝަންތަކުގެ ވެރިންލައްވައި ކުރުވުމާއި، ކައުންސިލް ބިއުރޯގެ ކަންކަން ހިންގެވުން ހިމެނެއެވެ. އަދި މީގެ އިތުރުން މި ކައުންސިލްގެ އިދާރީ އެންމެހައި މަސައްކަތްތަކެއް ބެލެހެއްޓެވުމާއި، މި އަތޮޅުގެ ރަށު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ ކަންކަން ބެލެހެއްޓެވުން ހިމެނެއެވެ.
ޢަބްދުއްލަޠީފް ޙަސަން އަދާކުރެއްވި މަޤާމުތަކުގެތެރޭގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރައިމަރީ ޓީޗަރކަމާއި، ހއ.ތަކަންދޫ މަދަރުސަތުއް ޝަހީދު ޢަލީ ތަކުރުފާނުގެ އިސް ޓީޗަރު ކަމާއި، ހދ.ހަނިމާދޫ ސްކޫލްގެ ހެޑްމާސްޓަރު ކަމާއި، އެސިސްޓެންޓް ޕްރިންސިޕަލްކަމާއި ޑެޕިއުޓީ ޕްރިންސިޕަލްކަން ހިމެނެއެވެ. އަދި ހއ.ބާރަށު ސްކޫލްގެ ހެޑްމާސްޓަރ ކަމާއި ހއ.އުތީމު ޣާޒީ ބަންޑާރައިން ސްކޫލްގެ ހެޑްމާސްޓަރކަމާއި ޑެޕިއުޓީ ޕްރިންސިޕަލްކަން ހިމެނެއެވެ. އަދި 2013 ސެޕްޓެންބަރު 13 ވަނަ ދުވަހުން ފެށިގެން ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވްގެ މަޤާމާއި ގުޅިވަޑައިގެން އެ ކައުންސިލްގެ ޒިންމާދާރުވެރިޔާގެ މަސްޢޫލިއްޔަތުގެ އިތުރުން މުނިސިޕަލް ސާރވިސް ޔުނިޓް ހިންގެވުމުގެ މަސްއޫލިއްޔަތު އަދާ ކުރައްވާފައި ވެއެވެ.
އަލްފާޟިލް ޢަބްދުއްލަޠީފް ޙަސަން ވަނީ މާސްޓަރ އޮފް އެޑިއުކޭޝަން އިން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް އަދި ޑިޕްލޮމާ އިން ސްކޫލް މެނޭޖްމަންޓް ޙާޞިލް ކުރައްވާފައެވެ. ޢަބްދުއްލަޠީޕް ޙަސަން ސަރުކާރަށް ޚިދުމަތް ކުރައްވަމުން ގެންދާވާތާ 34 އަހަރަށްވުރެ ގިނަދުވަސް ވެފައި ވެއެވެ.
އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރ ޖެނެރަލްގެ ހައިސިއްޔަތުން އަލްފާޟިލް ޢަބްދުﷲ ޝަފީޤް ކުރައްވަމުން ގެންދެވި މަސައްކަތްތަކުގެ ތެރޭގައި، އަތޮޅު ކައުންސިލްގެ ޒިންމާދާރު ވެރިޔާގެ މަސްޢޫލިއްޔަތު އަދާކުރުމާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އިންތިޚާބުކޮށްފައިވާ އަތޮޅުކައުންސިލުން ފާސްކުރައްވާ ކަންކަން ތަންފީޒުކުރެއްވުމާއި، އަތޮޅު ކައުންސިލްގެ ރައީސް އަންގަވާގޮތެއްގެމަތިން އިދާރާގެ އިދާރީ މަސައްކަތްތައް ސެކްޝަންތަކުގެ ވެރިންލައްވައި ކުރުވުމާއި، ކައުންސިލް ބިއުރޯގެ ކަންކަން ހިންގެވުން ހިމެނެއެވެ. ލާމަރުކަޒީ ޤާނޫނަށް ގެނެވުނު 8 ވަނަ އިޞްލާހާ އެކު ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން ލެއްވި އިރު މި އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަސްޢޫލިއްޔަތު ސިވިލް ސާރވިސް ކޮމިޝަނުން ޙަވާލު ކުރެއްވީ އަލްފާޟިލް ޢަބްދުﷲ ޝަފީޤާއެވެ. އަދި 2022 ނޮވެމްބަރު 15 ވަނަ ދުވަހު މި އިދާރާއަށް ސެކްރެޓަރީ ޖެނެރަލެއް ހަމަޖެހިގެން ދިޔުމާ ހަމައަށް އެ މަސްޢޫލިއްޔަތު އަދާ ކުރެއްވިއެވެ.
މީގެ އިތުރުން 2022 ވަނަ އަހަރު ކައުންސިލްގެ އައު އޮނިގަނޑަށް މުވައްޒަފުން ހިޖުރަ ކުރެއްވި ފަހުން އަލްފާޟިލް ޢަބްދުﷲ ޝަފީޤް ހުންނަވަނީ ކައުންސިލްގެ ޓެކްނިކަލް ޑިޕާރޓްމަންޓްގެ ސީނިއަރ ކައުންސިލް އެގްޒެކެޓިވް މަޤާމުގައި އެންމެ އިސްވެރިޔާގެ ގޮތުގައެވެ. އަދި 2024 ފެބްރުވަރީ 29 ވަނަ ދުވަހުން ފެށިގެން 2024 ސެޕްޓެންބަރު 25 ވަނަ ދުވަހުގެ ނިޔަލަށް މި ކައުންސިލްގެ އެކްޓިންގ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތާއި ޙަވާލުވެ ހުންނެވީ އަލްފާޟިލް ޢަބްދުﷲ ޝަފީޤް އެވެ.
އަލްފާޟިލް ޢަބްދުﷲ ޝަފީޤް ވަނީ ތަޢުލީމީ ދާއިރާއިން ޕޯސްޓް ގްރެޖްއޭޓް ޑިޕްލޮމާ އިން އެޑިއުކޭޝަން(އިންގްލިޝް)، ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް ޑިސްޓިންކްޝަން އަދި މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (ސްޓްރެޓެޖީކް މެނޭޖްމަންޓް) ޙާޞިލް ކުރައްވާފައެވެ. ޢަބްދުﷲ ޝަފީޤް ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 22 އަހަރަށްވުރެ ގިނަދުވަސް ވެފައި ވެއެވެ. ޢަބްދުﷲ ޝަފީޤް އަދާކުރެއްވި މަޤާމުތަކުގެތެރޭގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރައިމަރީ ޓީޗަރކަމާއި، ސުޕަރވައިޒަރކަމާއި، އަދި ގްރެޖުއޭޓް ލީޑިންގ ޓީޗަރކަން ހިމެނެއެވެ.
އަލްފާޟިލާ މަރިޔަމް ޝަފީޤާ މި އިދާރާގައި ކުރައްވަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި، ކައުންސިލްގެ އެންމެހައި އިދާރީ އަދި ފަންނީ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުމާއި، ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި، ހިންގައި ބެލެހެއްޓުން ހިމެނެއެވެ.
މަރިޔަމް ޝަފީޤާ މިހާތަނަށް ވަޒިފާ އަދާކުރައްވާފައި ވަނީ އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ އޮފިސަރެއްގެ މަޤާމުގައެވެ. މިގޮތުން އެކުންފުނީގެ ކޯޕަރޭޓް އެފެއަރޒް، ލީގަލް، އެޗް.އާރ އެންޑް އެންޑިގް ޑިޕާރޓްމަންޓްގައި މަސައްކަތް ކުރައްވާފައި ވެއެވެ. މި މަގާމް އަދާކުރައްވާފައިވަނީ 15 ޑިސެންބަރު 2015 ން 04 ނޮވެންބަރު 2021 ގެ ނިޔަލަށެވެ.
މަރްޔަމް ޝަފީޤާ ވަނީ މާސްޓަރސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން އާއި ބެޗްލަރ އޮފް ބިޒްނަސް މެނޭޖުމަންޓް ޙާޞިލް ކުރައްވާފައެވެ.
އެޓޯލް ސަޕޯޓް ސަރވިސް ސެކްޝަންގެ ބެލުމުގެ ދަށުން އަސްމާ އަބޫބަކުރު ބަލަހައްޓަވާ ޔުނިޓް ތަކަކީ ޕަބްލިކް ސަރވިސް ޔުނިޓް، އިންފޮމޭޝަން އެންޑް މީޑިޔާ ޔުނިޓު، ލީގަލް އެންޑް ކޮންޕްލެއިންސް ޔުނިޓްގެ އިތުރުން ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް ޔުނިޓެވެ. އެގޮތުން އަސްމާ އަބޫބަކުރުގެ މައިގަނޑު މަސައްކަތަކީ އެޓޯލް ސަޕޯޓް ސަރވިސް ބެލުމުގެ ދަށުގައިވާ 4 ޔުނިޓްގެ މުވައްޒަފުންގެ މަސައްކަތްތައް ބެލެހެއްޓެވުމެވެ.
އަސްމާ އަބޫބަކުރު އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ހއ. އަތޮޅު ކައުންސިލް އިދާރާގެ ކައުންސިލް އޮފިސަރ ކަމާއި، ހއ. އަތޮޅު ތަޢުލީމީމަރުކަޒުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމާއި ހއ. ދިއްދޫ ޣާޒީ މުޙައްމަދު ޕްރީސްކޫލްގެ ޓީޗަރުކަން ހިމެނެއެވެ. އަލްފާޟިލާ އަސްމާ އަބޫބަކުރު ޕްރީސްކޫލް ޓީޗަރުކަން 17 އަހަރަށް ވުރެ ގިނަދުވަހު ކުރައްވާފައި ވެއެވެ.
އަސްމާ އަބޫބަކުރު ވަނީ މާސްޓަރސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން އާއި ހިއުމަން ރިސޯސް މެނޭޖުމަންޓުގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ޙާޞިލް ކުރައްވާފައެވެ.
އެސިސްޓެންޓް ޑިރެކްޓަރެއްގެ ޙައިޞިއްޔަތުން އަލްފާޟިލް ޙުސައިން ބަދީޢު އަދާކުރައްވަމުން ގެންދެވި މަސައްކަތުގެ ތެރޭގައި އިދާރީ މަސައްކަތްތަކާއި، މުވައްޒަފުން ބެލެހެއްޓުމާ ގުޅޭ މަސައްކަތްތަކުގެ އިތުރުން އައިޓީއާ ގުޅޭ މަސައްކަތްތައް ހިމެނެއެވެ.
2022 ވަނަ އަހަރު މި ކައުންސިލްގެ މުވައްޒަފުން ސިވިލްސަރވިސްގެ އައު އޮނިގަނޑަށް ހިޖުރަ ކުރުމާގުޅިގެން ޙުސައިން ބަދީޢު ހުންނަވަނީ މި ކައުންސިލްގެ ޓެކްނިކަލް ޑިޕާޓްމަންޓްގެ، އެޓޯލް ސަޕޯޓް ސަރވިސް ސެކްޝަންގެ ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް ޔުނިޓްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ގެ މަޤާމުގައެވެ. މި ޔުނިޓްގައި ޙުސައިން ބަދީޢު ކުރައްވަމުން ގެންދަވާ މައިގަނޑު މަސައްކަތްތަކަކީ، މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ދެނެގަތުމަށް ނީޑް އެނަލިސިސް ހެދުމާއި، ތަމްރީން ޕްރޮގްރާމްތައް ހިންގުމެވެ.
ޙުސައިން ބަދީޢު އަދާކުރެއްވި މަޤާމްތަކުގެ ތެރޭގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރައިމަރީ ޓީޗަރކަމާއި، ސްޕަވައިޒަރކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރކަމާއި، ޑެޕިއުޓީ ޕްރިންސިޕަލްކަން ހިމެނެއެވެ. އެގޮތުން ތަޢުލީމީ ދާއިރާގައި މެދު ނުކެނޑި 18 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވެއެވެ. އަދި ސަރުކާރަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 24 އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ވެއެވެ.
ޙުސައިން ބަދީޢު ވަނީ ސްކޫލް މެނޭޖްމަންޓްގެ ދާއިރާއިން ޑިޕްލޮމާ އަދި ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާއިން އެޑިޔުކޭޝަން ޙާޞިލް ކުރައްވާފެއެވެ.
ބިޒްނަސް ޑިވެލޮޕްމަންޓު ޔުނިޓުގެ ވެރިޔާގެ ގޮތުން އަޙްމަދު އަދުހަމްގެ މައިގަނޑު މަސައްކަތްތަކަކީ، ކައުންސިލްގެ އާމްދަނީ ހޯދޭނެ ވަސީލަތްތައް ކުރިއެރުވުމާއި، ވިޔަފާރިއާ ގުޅުންހުރި ކަންކަން ވިލަރެސްކޮށް ހިންގުމާއި، އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ކައުންސިލް މެދުވެރިކޮށް ދެމުންގެންދާ ޚިދުމަތްތަށް ދިނުމުގެ މަސައްކަތްތަކުގެ އިތުރުން ކައުންސިލްގެ ލޯންޗާއި ކާރުގެ ދަތުރުތައް ހަމަޖެއްސުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ބެލެހެއްޓުމެވެ.
އަހްމަދު އަދުހަމް އަދާކޮށްފައިވާ މަޤާމްތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމާއި، ފެމިލީ ކޯޓުގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމާއި، ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އެޑްމިނިސްޓްރޭޓަރގެ މަޤާމް ހިމެނެއެވެ. މި މަޤާމުތަކާއެކު އަޙްމަދު އަދުހަމް ސަރުކާރަށް ޚިދުމަތް ކުރައްވާތާ 10 އަހަރަށްވުރެ ގިނަ ދުވަސްވެފައެވެ.
އަޙްމަދު އަދުހަމް ވަނީ އެސޯސިއޭޓް ޑިގްރީ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ޑިޕްލޮމާއިން ހިއުމަން ރިސޯސް މެނޭޖްމަންޓް ޙާޞިލް ކުރައްވާފައެވެ.
2024 މޭ 6 ގައި ސްޓްރެޓެޖިކް ޕްލޭނިނިންގ އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވްގެ މަޤާމަށް ބަދަލުވެ އެ މަޤާމުގައި މައިގަނޑު ގޮތެއްގައި ޔުނިޓުގެ އެންމެހާ މަސައްކަތްތައް ބެލެހެއްޓުމާއި، ކައުންސިލްތައް އަހަރުން އަހަރަށް މޮނިޓަރކޮށް ބެލެހެއްޓުމާއި، ސަރުކާރުން އަތޮޅުގައި ހިންގާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅިގެން ކައުންސިލްގެ އިދާރާއިން ކުރަންޖެހޭ މަސައްކަތްތައް އެހީތެރިކަން ފޯރުކޮށްދިނުމާއި ކައުންސިލުން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށާއި އިދާރާތަކަށް ފޮނުވަންޖެހޭ ޕީރިއަޑިކް ރިޕޯޓްތައް ގަވާއިދުން ފޮނުވުމުގެ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން ހިމެނެއެވެ.
ދީމާ މުޙައްމަދު އަދާކުރެއްވި މަޤާމްތަކުގެ ތެރޭގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމާއި، ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމުގެ ކަމާއި، މި ކައުންސިލްގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމާއި، ޕްރޮގްރާމް ކޯޑިނޭޓަރ ކަމުގެ މަޤާމް ހިމެނެއެވެ. ދީމާ މުޙައްމަދު ސަރުކާރަށް ޚިދުމަތް ކުރައްވާތާ 08 އަހަރު ވެފައި ވެއެވެ.
ދީމާ މުޙައްމަދު ވަނީ، މާރސްޓާރސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން އާއި ބެޗްލަރ އޮފް ބިޒްނަސް (ހިއުމަން ރިސޯސް މެނޭޖުމެންޓް) ހާޞިލު ކުރައްވާފައެވެ.
އަޙްމަދު ރަޝީދު ކުރައްވާ މައިގަނޑު މަސައްކަތްތަކަކީ، އިދާރީ ހިންގުމާއި، މުވައްޒަފުން ބެލެހެއްޓުމުގެ މަސައްކަތްތަކާއި، ފައިސާއާ ގުޅޭ އެންމެހައި މަސައްކަތްތަކާއި، ޕްރޮކިއުމަންޓްގެ މަސައްކަތްތައް ބެލެހެއްޓުމެވެ.
އަޙްމަދު ރަޝީދު އަދާކުރެއްވި މަޤާމް ތަކުގެ ތެރޭގައި 01 ފެބްރުވަރީ 1998 އިން ފެށިގެން 30 އޮކްޓޯބަރ 2011 ގެ ނިޔަލަށް ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޕްރައިމަރީ ޓީޗަރުކަމާއި ސްޕަވަވައިޒަރުކަމާއި، އަދި ޑެޕިއުޓީ ޕްރިންސިޕަލްކަން ކުރައްވާފައިވެއެވެ. އަދި 31 އޮކްޓޯބަރު 2011 އިން ފެށިގެން 16 އޯގަސްޓު 2023ގެ ނިޔަލަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލް އިދާރާގެ ކޯޕަރޭޓް އެފެއާޒް ޔުނިޓުގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވްގެ މަގާމުގައި މަސައްކަތް ކުރައްވާފައި ވެއެވެ. އަޙްމަދު ރަޝީދު ސަރުކާރަށް ޚިދުމަތްކުރައްވާތާ 26 އަހަރަށް ވުރެ ގިނަދުވަސް ވެފައިވެއެވެ.
އަޙްމަދު ރަޝީދު ވަނީ ޑިޕްލޮމާއިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ޙާޞިލްކުރައްވާފައެވެ.
މުޙައްމަދު ސަލީމް ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި ޓްރާންސްޕޯރޓް އޮތޯރިޓީން ދެމުންދާ ޚިދުމަތްތައް އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް ފޯރުކޯށްދިނުމާއި، އަތޮޅު ޤުރުއާން މުބާރާތާއި، ކުޅިވަރު މުބާރާތްތައް ބޭއްވުމުގެ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުމާއި، އަތޮޅު ފެންވަރުގައި ފާހަގަކުރާ ދުވަސްތައް ފާހަގަކުރުމުގެ އެންމެހާ މަސައްކަތްތަކާއި، ސްޓޭޓް ހައުސް އިން ކޮޓަރި ކުއްޔަށްދޫކުރުމާއި އިމާރާތުގެ މަރާމާތުގެ މަސައްކަތްތަކާ އެތަނަށް ބޭނުންވާ ތަކެތި ހޯދުގެ މަސައްކަތްތަކާއި، ކައުންސިލުން ފޯރުކޮށްދޭ ސަރުކާރު އެހެން އިދާރާތަކުގެ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރުމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޑީ.އެން.އާރުން އަތޮޅު ކައުންސިލަށް ފޮނުވާ އައި.ޑީ ކާޑުތައް ރަށްރަށަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖެއްސުން ހިމެނެއެވެ.
އަލްފާޟިލް މުޙައްމަދު ސަލީމް ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 23 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. މުޙައްމަދު ސަލީމް ވަނީ 2023 ވަނަ އަހަރު އެސޯސިއޭޓް ޑިގްރީ އިން އިންފޮރމޭޝަން ޓެކްނޯލޮޖީ ހާޞިލް ކުރައްވާފައިވެއެވެ.
އަތޮޅު ކައުންސިލް އިދާރާގެ އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް މީޑިއަރ ޔުނިޓްގައި އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ގެ ހައިސިއްޔަތުން އަޙްމަދު ޝަފީޤު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި، އައިޓީ އެންޑް މީޑިއާ ޔުނިޓް ހިންގުމާއި، ކައުންސިލް އިދާރާގެ ކޮމްޕިޔުޓަރ ސިސްޓަމްތަކާއި އޮފީހުގެ ހުރިހާ އައިޓީއާއި ގުޅޭ އާލާތްތަކަށް ދިމާވާ ސޮފްޓްވެއަރ އަދި ހާޑްވެއަރ މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތްތައް ރާވައި ހިންގުމާއި، ކައުންސިލްގެ ޚަބަރުތައް ފޯރުކޮށްދިނުމާއި ޕަބްލިކް ރިލޭޝަންގެ މަސައްކަތްތައް ހިނގަމުންދާގޮތް ބެލެހެއްޓުމާއި އައިޓީއާ ގުޅުންހުރި އެންމެހައި ކަންކަން ބެލެހެއްޓުން އަދި މީގެ އިތުރުން އަތޮޅު ކައުންސިލްގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާ އަޕްޑޭޓްކޮށް ބެލެހެއްޓުން.
އަޙްމަދު ޝަފީޤު ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 12 ޖުލައި 2001 ގައި މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް ގައި އިންސްޓްރަކްޓަރ ޓްރޭނީ އެއްގެ ވަޒީފާ ގައި އެވެ. އަޙްމަދު ޝަފީޤު އަދާކުރެއްވި މަޤާމް ތަކުގެ ތެރޭގައި 12 ޖުލައި 2001 އިން ފެށިގެން 05 ޑިސެމްބަރ 2005 ގެ ނިޔަލަށް ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް ގައި އިންސްޓްރަކްޓަރ ޓްރޭނީ އެއްގެ މަޤާމާއި އަދި 13 ޖެނުއަރީ 2008 އިން ފެށިގެން 31 މެއި 2025 ގެ ނިޔަލަށް ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ސެކަންޑްރީ ޓީޗަރެއްގެ މަޤާމާއި ލީޑިންގ ޓީޗަރުގެ މަޤާމް އަދާ ކުރައްވާފައިވެއެވެ.
އަޙްމަދު ޝަފީޤު ވަނީ ތަޢުލީމީ ދާއިރާއިން ޑިޕްލޮމާ އޮފް ޓީޗިންގ- ސެކަނޑްރީ އަދި ބެޗްލަރ އޮފް އެޑިއުކޭޝަން (ސެކަންޑްރީ) ޙާޞިލް ކުރައްވާފައެވެ.
ފައިނޭންސް އޮފިސަރެއްގެ ހައިސިއްޔަތުން އަލްފާޟިލް މުޙައްމަދު ލަޠީފް މަސައްކަތް ކުރައްވަމުން ގެންދަވަނީ މި ކައުންސިލްގެ ކޯޕަރޭޓް އެފެއާޒްގައެވެ. މުޙައްމަދު ލަޠީފް ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، ކައުންސިލްގެ އެކައުންޓުން ފައިސާ އަދާ ކުރަންޖެހޭ ބިލްތަކަށް ފައިސާ އަދާކުރުމަށް މާލިއްޔަތުގަވާއިދާ އެއްގޮތަށް ފައިސާ ޚަރަދުކުރުމުގެ ހުއްދަދިނުމާއި، ކައުންސިލްގެ އެކައުންޓްތަގެ ޗެކް ރަޖިސްޓްރީ ބެލެހެއްޓުމާއި، ފައިސާ ރައްދުކުރަންޖެހޭ ފަރާތްތަކަށް ފައިސާ ޙަވާލު ކުރުމާއި، ކައުންސިލްގެ އެކައުންޓް ތަކުގެ ބާކީ ބެލެހެއްޓުމާއި ރިކޮންސިލޭޝަން ސްޓޭޓްމަންޓް ތައްޔާރު ކުރުމާއި، ކައުންސިލްގެ އެކައުންޓްތަކަށް ލިބެ ފައިސާއާއި ކުރެވޭ ޚަރަދުގެ މަސްދުވަހުގެ ރިޕޯޓް ތައްޔާރު ކުރުން ހިމެނެއެވެ. މީގެ އިތުރުން މި ކައުންސިލަށް އާމްދަނީ ލިބޭ ގޮތުގެ ތަފްޞީލް ލިޔެ ބެލެހެއްޓުމާއި، ކައުންސިލަށް ލިބޭ ފައިސާއާއި ކުރެވޭ ޚަރަދުތަކާ ގުޅިގެން ސަރުކާރަށް ފޮނުވަންޖެހޭ ރިޕޯޓް ފޮނުވުމާއި، ނީލަންކިޔަން ޖެހޭ ތަކެތި ނީލަން ކިޔުމާއި، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ފަޅުރަށްރަށާބެހޭ ކަންކަން ބެލެހެއްޓުން ހިމެނެއެވެ.
މުޙައްމަދު ލަޠީފް ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 40 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. މުޙައްމަދު ލަޠީފް އަދާކުރެއްވި މަޤާމުތަކުގެތެރޭގައި ފިޝަރީޒް މިނިސްޓްރީގެ އިނިސްޕެކްޓަރު ކަމާއި، ކަސްޓަމްސްގެ 2 ނަންބަރު ކާތިބު ކަމާއި ކަސްޓަމްސް އޮފިސަރ ކަމާއި، މި ކައުންސިލްގެ ސެކްރެޓަރީ ކަމާއި، ސީނިއަރ ސެކްރެޓަރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް ކަން ހިމެނެއެވެ.
ސްޓްރެޖެޓިކް ޕްލޭނިންގ އެންޑް ޕްރޮޖެކްޓް މެނޭޖުމަންޓް ޔުނިޓުގެ ސީނިއަރ ކައުންސިލް އޮފިސަރ ޝާދިޔާ ޒަކަރިއްޔާގެ މައިގަނޑު މަސައްކަތަކީ ރަށު ކައުންސިލްތަކުން ހިންގާ ޙަރަކާތްތައް ވިލަރެސްކުރުމާއި ރަށުކައުންސިލްތައް މޮނިޓަރ ކުރުމާއި، ޤައުމީ ތަރައްޤީގެ ޕްލޭނަށް އަމާޒުކޮށް އަތޮޅުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމަށްބޭނުންވާ އިދާރީ އެހީތެރިކަމާއި، އަތޮޅު ކައުންސިލާއި ރަށްރަށުގެ ރަށު ކައުންސިލްތަކުން އެކުލަވާލާ ތަރައްޤީގެ ޕްލޭނާ ގުޅޭ ކަންކަން ބެލެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުން ހިންގާ ޕްރޮޖެކްޓްތައް ހިންގުމާއި ގުޅޭގޮތުން ޓެންޑަރިންގ މަރުޙަލާގައި ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމާއި އެހީތެރިވެދިނުމެވެ.
ޝާދިޔާ ޒަކަރިއްޔާ އަދާކުރެއްވި މަޤާމްތަކުގެ ތެރޭގައި ހއ.އަތޮޅުތަޢުލީމީ މަރުކަޒުގެ ވަގުތީ ޓީޗަރުކަމާއި ހއ.އަތޮޅުކައުންސިލް އިދާރާގެ ވޯކީޓޯކީ އޮޕަރޭޓަރ ކަމާއި، އެސިސްޓެންޓް ސެކްރެޓަރީ ކަމާއި،އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމާއި، އެސިސްޓެންޓް ރިސަރޗް އޮފިސަރ ކަމާއި، އެސިސްޓެންޓް ކައުންސިލް އޮފިސަރ ކަމާއި، ކައުންސިލް އޮފިސަރ ކަމުގެ މަޤާމް ފުރުއްވާފައިވެއެވެ. މިމަޤާމްތަކާއެކު ޝާދިޔާޒަކަރިއްޔާ ސަރުކާރަށް ޚިދުމަތް ކުރައްވާތާ، 27 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވެއެވެ.
ޝާދިޔާޒަކަރިއްޔާ ވަނީ ޑިޕްލޮމާއިން އިންފޮމޭޝަން ޓެކްނޮލޮޖީ ޙާޞިލް ކުރައްވާފައެވެ.
ސީނިއަރ ކައުންސިލް އޮފިސަރެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ކައުންސިލްގެ އެޓޯލް ސަޕޯޓް ސަރވިސް ސެކުޝަންގެ ޕަބްލިކް ސަރވިސް ޔުނިޓުގައެވެ. ޢާއިޝަތު ނުޒްހާ ކުރައްވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ކައުންސިލުން އަތޮޅު ފެންވަރުގައްޔާއި ޤައުމީ ފެންވަރުގައި ހިންގާ އެންމެހައި ކުޅިވަރު މުބާރާތްތައް ރާވާ ހިންގުން އަދި ކައުންސިލުން އަތޮޅު ފެންވަރުގައްޔާއި ޤައުމީ ފެންވަރުގައި ހިންގާ ޤުރުއާން މުބާރާތްތަކާއި އަދަބީ މުބާރާތްތައް ރާވާ ހިންގުމާއި ޓްރާންސްޕޯޓްގެ ބެކްއޮފީހުގެ މަސައްކަތްތަކާއި އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ޢިމާރާތްތައް ކުއްޔަށް ދޫކުރުމާބެހޭ ކަންތައްތައް ކުރުމާއި އިޤުތިޞާދީ ނުވަތަ އިޖުތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި، ފަޅު ހޯދުމާބެހޭ ލިޔުންތައް ލިޔެ އެކަމުގެ ރެކޯޑްތައް ބެލެހެއްޓުމާއި ގުދުރަތީ ގޮތުން ލިބޭ ގެއްލުންތަކުގެ މަޢުލޫމާތު ހޯދުމާއި، ލިބޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޮނުވުމާއި، ރަށްރަށުގެ ގިރާ ސަރަޙައްދުތައް ޙިމާޔަތް ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ އިދާރީ މަސައްކަތް ކުރުމެވެ.
ޢާއިޝަތު ނުޒްހާ މިހާތަނަށް އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ސަރވެއަރ ޓްރޭނީގެ މަޤާމާއި، އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ މަޤާމާއި އެސިސްޓެންޓް ކައުންސިލް އޮފިސަރ މަޤާމާއި ކައުންސިލް އޮފިސަރ މަޤާމު ހިމެނެއެވެ. ޢާއިޝަތު ނުޒްހާ ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 16 އަހަރަށްވުރެ ގިނަދުވަސް ވެފައިވެއެވެ.
ޢާއިޝަތު ނުޒްހާ ވަނީ ޑިޕްލޮމާ އިން އިންފޮމޭޝަން ޓެކްނޮލޮޖީ ޙާޞިލްކޮށްފައެވެ.
ޢާއިޝަތު ޝަޒުނާ ކޯޕަރޭޓް އެފެއާޒްގައި ކުރައްވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ޓްރާންސްޕޯޓުންދޭ ޚިދުމަތްތަކުގެ ތެރެއިން ފުރަންޓް އޮފީހުން ދޭ ޚިދުމަތްތައް ދިނުމާއި، ރިސެޕްޝަނުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، އެކަންކަން ބެލެހެއްޓުމާއި، އަތޮޅު ކައުންސިލާއި ހއ.އަތޮޅު ސްޓޭޓްހައުސްގެ އިންވެންޓްރީ ލިޔެ ބެލެހެއްޓުމާއި، ކައުންސިލްގެ އިދާރީ މަސައްކަތްތައް ބެލެހެއްޓުން ހިމެނެއެވެ.
ޝަޒުނާ އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ހއ. އަތޮޅު ކައުންސިލް އިދާރާގެ ކައުންސިލް އޮފިސަރުކަމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ އެސިސްޓެންޓް ކައުންސިލަރުކަމާއި ސޯޝަލް ސަރވިސް އޮފިސަރުކަމާއި ހއ. އަތޮޅު ހޮސްޕިޓަލުގެ ރިސެޕްޝަނިސްޓުކަން ހިމެނެއެވެ. ޢާއިޝަތު ޝަޒުނާ ދައުލަތަށް ޚިދުމަތްކުރައްވާތާ 16 އަހަރަށްވުރެ ގިނަދުވަސް ވެފައިވެއެވެ.
ޢާއިޝަތު ޝަޒުނާ ވަނީ، ހިއުމަން ރިސޯސް އެންޑް މެނޭޖުމަންޓުން ޑިޕްލޮމާ ޙާޞިލްކުރައްވާފައެވެ.
ޙައްވާ ޒާހިރާ މަސައްކަތް ކުރައްވަމުން ގެންދަވަނީ އެޓޯލް ޑިވެލޮޕްމަންޓް ސެކްޝަންގެ ސްޓްރެޓެޖިކް ޕްލޭނިންގ އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުގައެވެ. އެގޮތުން ކުރައްވާ މައިގަނޑު މަސައްކަތްތަކަކީ ރަށު ކައުންސިލްތަކުން ހިންގާ ޙަރަކާތްތައް ވިލަރެސްކުރުމާއި ރަށުކައުންސިލްތައް މޮނިޓަރ ކުރުމާއި، ޤައުމީ ތަރައްޤީގެ ޕްލޭނަށް އަމާޒުކޮށް އަތޮޅުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމަށްބޭނުންވާ އިދާރީ އެހީތެރިކަމާއި، އަތޮޅު ކައުންސިލާއި ރަށްރަށުގެ ރަށު ކައުންސިލްތަކުން އެކުލަވާލާ ތަރައްޤީގެ ޕްލޭނާ ގުޅޭ ކަންކަން ބެލެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުން ހިންގާ ޕްރޮޖެކްޓްތައް ހިންގުމާއި ގުޅޭގޮތުން ޓެންޑަރިންގ މަރުޙަލާގައި ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމާއި އެހީތެރިވެދިނުމެވެ.
ޙައްވާ ޒާހިރާ އަދާކުރެއްވި މަޤާމްތަކުގެ ތެރޭގައި ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެޑްމިން އޮފިސަރ ކަމާއި ހއ.އަތޮޅު ހޮސްޕިޓަލްގެ ތަރުޖަމާނު މަޤާމާއި، މި ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އޮފިސަރެއްގެ މަޤާމު އަދާކުރައްވާފައި ވެއެވެ. ޙައްވާ ޒާހިރާ ދައުލަތަށް ޚިދުމަތްކުރައްވާތާ 18 އަހަރަށްވުރެ ގިނަދުވަސް ވެފައިވެއެވެ.
ޙައްވާ ޒާހިރާ ވަނީ، ޑިޕްލޮމާ އިން އިންފޮމޭޝަން ޓެކްނޮލޮޖީ ހާޞިލުކުރައްވާފައެވެ.
ދީމާ ޙަސަން މަސައްކަތް ކުރައްވަމުން ގެންދަވަނީ މި ކައުންސިލްގެ ކޯޕްރޭޓް އެފެއާޒް ސެކްޝަންގެ ޕްރޮކިއުމަންޓް ޔުނިޓްގައެވެ. ދީމާ ޙަސަން ކުރައްވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ޕްރޮކިއުމަންޓް ޕްލޭން ހެދުމާއި، ބީލަން އުޞޫލުން ގެންދާ ޕްރޮކިއުމަންޓް މަސައްކަތްތައް ކުރއްވުމާއި، ދުވަހުން ދުވަހަށް ހޯދަންޖެހޭ ތަކެތި ހޯދުމާއި ދައުލަތުގެ މާލިއްޔަތު ޤަވާއިދާ އެއްގޮތަށް ކައުންސިލަށް ބޭނުންވާ މުދަލާއި ޚިދުމަތް ލިބިގަތުމުގެ އެންމެހައި މަސައްކަތްކުރުން ހިމެނެއެވެ. މީގެ އިތުރުން ބިޑް އެވޯޑްކުރެވޭ ފަރާތުގެ މަޢުލޫމާތު ރަސްމީ 5 ދުވަހުގެ ތެރޭގައި ގެޒެޓުގައި ޝާއިޢުކުރުމާއި، އެވޯޑް ޑާޓާ ޝީޓް ޖެހިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރީން ގެޒެޓްކުރުން ހިމެނެއެވެ.
ދީމާ، ވަނީ މި ކައުންސިލްގެ ކައުންސިލް އޮފިސަރ މަޤާމާއި އެސިސްޓެންޓް ކައުންސިލް އޮފިސަރ މަޤާމާއި ކައުންސިލް އޮފިސަރ( ވަގުތީ) މަގާމާއި އެސިސްޓެންޓް ކައުންސިލް އޮފިސަރ(ވަގުތީ) މަޤާމް ފުރުއްވާފައެވެ.
ދީމާ ވަނީ ބެޗްލަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ގެ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައެވެ.
މި ކައުންސިލްގައި ސީނިއަރ ކައުންސިލް އޮފިސަރެއްގެ ހައިސިއްޔަތުން މަރްޔަމް ޝަރުމީލާ މަސައްކަތް ކުރައްވަމުން ގެންދަވަނީ ކޯޕަރޭޓް އެފެއާޒް ސެކްޝަންގެ އެޗް.އާރު ޔުނިޓުގައެވެ. މަރްޔަމް ޝަރުމީލާ ކުރައްވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި މުވައްޒަފުން ލެއްވުމާއި، ވަކިކުރުމާއި، އިޞްލާޙީ ފިޔަވަޅު އެޅުމާއި، ޕްރޮމޯޝަން ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމާ އަދި މީގެ އިތުރުން މުވައްޒަފުންނާއި ގުޅުންހުރި އެކިއެކި ކަންކަމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުމާއި މުވައްޒަފުންގެ މަޢުލޫމާތު ސީ.އެސް ވިއުގައަށް އަޅައި އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރުމާއި މުވައްޒަފުންގެ މުސާރަ ޝީޓްތައް ތައްޔާރުކުރުން ހިމެނެއެވެ. މީގެއިތުރުން ކައުންސިލްގެ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ މަސައްކަތް ފުރިހަމަކުރުމާ ގުޅޭގޮތުން ސިވިލްސަރވިސް ކޮމިޝަނުން ފޮނުވާ އެންމެހައި މަޢުލޫމާތު ސުޕަވައިޒަރުންނާ ޙިއްޞާކުރުމާއި މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ މަސައްކަތް ކުރިއަށް ގެންދެވިފައިވާ ގޮތުގެ ރިޕޯޓް ތައްޔާރުކޮށް ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވުން ހިމެނެއެވެ.
މަރްޔަމް ޝަރުމީލާ، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 2005 ފެބުރުވަރީ 21 ވަނަ ދުވަހުއެވެ. 2007 އެޕްރީލް 16އިން 2024 ޖޫން 01އަށް މަސައްކަތް ކުރައްވާފައިވަނީ ހއ. އަތޮޅު ތައުލީމީ މަރުކަޒުގައި އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ގޮތުގައެވެ. މަރްޔަމް ޝަރުމީލާ ދިވެހި ދައުލަތަށް ޚިދުމަތްކުރައްވާތާ 17 އަހަރަށްވުރެ ގިނަ ދުވަސްވެފައިވެއެވެ.
މަރްޔަމް ޝަރުމީލާ ވަނީ ޑިޕްލޮމާއިން ބިޒްނަސް މެނޭޖްމެންޓް ޙާޞިލް ކުރައްވާފައެވެ.
ކޮންޕްލަޔަންސް އޮފިސަރެއްގެ ހައިސިއްޔަތުން ޙައްވާ ޝާހިދާ މަސައްކަތް ކުރައްވަމުން ގެންދަވަނީ އެޓޯލް ސަރޕޯޓް ސާރވިސް ސެކްޝަނުގެ ދަށުން ލީގަލް އެންޑް ކޮންޕްލަޔަންސް ޔުނިޓުގައެވެ. ޙައްވާ ޝާހިދާ ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުން ތަކެތި ހޯދުމުގެ އެންމެހައި މަސައްކަތްތައް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާއި ޚިލާފުވާ ކަންކަން ފާހަގަކޮށް އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް ލަފާދިނުމާއި، ކައުންސިލްގެ އިދާރީ ޤާބިލިއްޔަތުކަން އިތުރުކޮށް، ލާމަރުކަޒީ އުޞޫލުން ހިންގުމަށް މަގުފަހިކުރުމަށްޓަކައި ކައުންސިލްގެ މޮނިޓަރިންގ އަދި ރެގިއުލޭޓަރީ މަސައްކަތްކުރާ ފަރާތްތައް ތަމްރީނުކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުމާއި، މޮނިޓަރ ކުރެވޭ ރަށުކައުންސިލްތަކުގެ މަސައްކަތްތަކުގެ ރިޕޯޓް ތައްޔާރުކޮށް ހުށަހެޅުން ހިމެނެއެވެ. މީގެއިތުރުން، ކައުންސިލްތަކުގެ އިންޓަރނަލް އޮޑިޓްކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުމާއި، ސިވިލް ސަރވިސް ކޮމިޝަން އަދި އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ މުވައްސަސާތަކުން އެކި މައްސަލަތަކާގުޅިގެން ހޯދަންބޭނުންވާ ލިޔުންތައް ފޮނުވުމާއި، އެތަންތަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ކައުންސިލުން ބެލުމަށް އަންގާ މައްސަލަތައް ބެލުމާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން މި ކައުންސިލަށް ހޯދުމަށް އެދި ހުށަހަޅާ މަޢުލޫމާތު މުއްދަތުގައި ފޯރުކޮށްދިނުން ހިމެނެއެވެ.
މި ކައުންސިލާއި ގުޅުމުގެ ކުރިން އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ހިއުމަންރިސޯސަސް ޑިޕާރޓްމެންޓުގައި އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމާއި ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ ވަގުތީ އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމުގެ މަޤާމު އަދާކޮށްފައިވެއެވެ.
ހައްވާ ޝާހިދާ ވަނީ ބެޗްލާރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނާރސް ހާސިލްކުރައްވާފައެވެ.
ސީނިއަރ ކައުންސިލް އޮފިސަރެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ކައުންސިލްގެ އެޓޯލް ސަޕޯޓް ސަރވިސް ސެކުޝަންގެ ޕަބްލިކް ސަރވިސް ޔުނިޓުގައެވެ. މަރްޔަމް ނަސްފާ ކުރައްވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ކައުންސިލުން އަތޮޅު ފެންވަރުގައްޔާއި ޤައުމީ ފެންވަރުގައި ހިންގާ އެންމެހައި ކުޅިވަރު މުބާރާތްތައް ރާވާ ހިންގުން އަދި ކައުންސިލުން އަތޮޅު ފެންވަރުގައްޔާއި ޤައުމީ ފެންވަރުގައި ހިންގާ ޤުރުއާން މުބާރާތްތަކާއި އަދަބީ މުބާރާތްތައް ރާވާ ހިންގުމާއި ޓްރާންސްޕޯޓްގެ ބެކްއޮފީހުގެ މަސައްކަތްތަކާއި އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ޢިމާރާތްތައް ކުއްޔަށް ދޫކުރުމާބެހޭ ކަންތައްތައް ކުރުމާއި އިޤުތިޞާދީ ނުވަތަ އިޖުތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި، ފަޅު ހޯދުމާބެހޭ ލިޔުންތައް ލިޔެ އެކަމުގެ ރެކޯޑްތައް ބެލެހެއްޓުމާއި ގުދުރަތީ ގޮތުން ލިބޭ ގެއްލުންތަކުގެ މަޢުލޫމާތު ހޯދުމާއި، ލިބޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޮނުވުމާއި، ރަށްރަށުގެ ގިރާ ސަރަޙައްދުތައް ޙިމާޔަތް ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ އިދާރީ މަސައްކަތް ކުރުމެވެ.
އަދި މީގެ އިތުރުން މަރްޔަމް ނަސްފާ މިހާތަނަށް އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ކައުންސިލް އޮފިސަރގެ މަޤާމާއި މި ކައުންސިލްގެ ވަގުތީ އެސިސްޓެންޓް އެކައުންޓްސް އޮފިސަރގެ މަޤާމާއި ކައުންސިލް އޮފިސަރ މަޤާމު ހިމެނެއެވެ.
މަރްޔަމް ނަސްފާ ވަނީ ބެޗްލާރސް އޮފް އެކައުންޓިންގ އެންޑް ފައިނޭންސް ހާޞިލް ކުރައްވާފައެވެ.
ސީނިއަރ ކައުންސިލް އޮފިސަރެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ކައުންސިލްގެ އެޓޯލް ސަޕޯޓް ސަރވިސް ސެކުޝަންގެ ޕަބްލިކް ސަރވިސް ޔުނިޓުގައެވެ.
އަޝްފާ ޢަލީ ކުރައްވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ކައުންސިލުން އަތޮޅު ފެންވަރުގައްޔާއި ޤައުމީ ފެންވަރުގައި ހިންގާ އެންމެހައި ކުޅިވަރު މުބާރާތްތައް ރާވާ ހިންގުން އަދި ކައުންސިލުން އަތޮޅު ފެންވަރުގައްޔާއި ޤައުމީ ފެންވަރުގައި ހިންގާ ޤުރުއާން މުބާރާތްތަކާއި އަދަބީ މުބާރާތްތައް ރާވާ ހިންގުމާ ޓްރާންސްޕޯޓްގެ ބެކްއޮފީހުގެ މަސައްކަތްތަކާއި އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ޢިމާރާތްތައް ކުއްޔަށް ދޫކުރުމާބެހޭ ކަންތައްތައް ކުރުމާއި އިޤުތިޞާދީ ނުވަތަ އިޖުތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި، ފަޅު ހޯދުމާބެހޭ ލިޔުންތައް ލިޔެ އެކަމުގެ ރެކޯޑްތައް ބެލެހެއްޓުމާއި ގުދުރަތީ ގޮތުން ލިބޭ ގެއްލުންތަކުގެ މަޢުލޫމާތު ހޯދުމާއި، ލިބޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޮނުވުމާއި، ރަށްރަށުގެ ގިރާ ސަރަޙައްދުތައް ޙިމާޔަތް ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ އިދާރީ މަސައްކަތް ކުރުން ހިމެނެއެވެ.
.
އަޝްފާ ޢަލީ މީގެ ކުރިން، ހއ.ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރގެ ސޯޝަލް ޕްރޮޓަކްޝަން އޮފިސަރ ކަމާއި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ލޭބަރ ރިލޭޝަންސް އޮފިސަރ މަޤާމު ކައުންސިލް އޮފިސަރ މަގާމް ފުރުއްވާފައިވެއެވެ. މި މަޤާމުތަކާއެކު އަޝްފާ ޢަލީ ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 15 އަހަރަށްވުރެ ގިނަދުވަސް ވެފައިވެއެވެ.
އަޝްފާ ޢަލީ ވަނީ، ހިއުމަން ރިސޯސް އެންޑް މެނޭޖުމަންޓުން ޑިޕްލޮމާ ހާސިލްކުރައްވާފައެވެ.
އެކައުންޓްސް އޮފިސަރެއްގެ ހައިސިއްޔަތުން އަލްފާޟިލް އިސްމާޢީލް އަޝްފާޤު މަސައްކަތް ކުރައްވަމުން ގެންދަވަނީ ކޯޕަރޭޓް އެފެއާޒް ސެކްޝަންގައެވެ. އިސްމާޢީލް އަޝްފާޤު ކުރައްވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ކައުންސިލްގެ ބަޖެޓް ތައްޔާރުކުރުމާއި، ކައުންސިލްގެ މާލީ ބަޔާން ތައްޔާރުކުރުމާއި، ކައުންސިލްގެ ބޭންކް އެކައުންޓުތަކުގެ ހިސާބުތައް ބެލެހެއްޓުމާއި، މަސްދުވަހުގެ ޚަރަދު ރިޕޯޓްތައް ތައްޔާރުކުރުމާއި، ކައުންސިލްގެ ޚަރަދުތަކަށް ބޭނުންވާ ފައިސާ ވިޔަ ޕޯޓަލްއިން ރިލީޒް ކުރުމާއި، ބިލްތަކަށް ފައިސާ އަދާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި މުސާރަ ޝީޓް ޗެކްކޮށް މުސާރަ ދިނުމުގެ މަސައްކަތް ކުރުން ހިމެނެއެވެ.
އިސްމާޢީލް އަޝްފާޤު ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 16 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އިސްމާޢީލް އަޝްފާޤު އަދާކުރެއްވި މަޤާމުތަކުގެތެރޭގައި ހއ. އަތޮޅު އޮފީހުގެ ސަރވެޔަރ ޓްރޭނިންގ ކަމުގެ މަޤާމާއި، އެސިސްޓެންޓް ސަރވެޔަރ ކަމުގެ މަޤާމާއި، އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރކަމުގެ މަޤާމާއި، އެސިސްޓެންޓް އެކައުންޓްސް އޮފިސަރުކަން ހިމެނެއެވެ.
ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރެއްގެ ހައިސިއްޔަތުން ޢާއިޝަތު ޝިފާޒާ މަސައްކަތް ކުރައްވަމުން ގެންދަވަނީ މި ކައުންސިލްގެ އެޓޯލް ޑިވެލޮޕްމަންޓް ސެކްޝަނުގެ ބިޒްނަސް ޑިވެލޮޕްމަންޓް ޔުނިޓުގައެވެ.
ޢާއިޝަތު ޝިފާޒާ ކުރައްވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ޑިވެލޮޕްމެންޓް ޕްލޭންތައް ތައްޔާރުކުރުމާއި ސޭލްސް ފޯކާސްޓިން އަދި މާރކެޓް އެނާލިސިސް ހެދުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ކައުންސިލުން އެކި އިވެންޓްތައް އިންތިޒާމްކުރުމަށް ބޭނުންވާ ސްޕޮންސަރުންގެ އެހީ ހޯދުމަށް ޕްރޮޕޯސަލްތައް ތައްޔާރުކުރުމާއި، ކައުންސިލްތަކުން ރާވާ އިޤްތިޞާދީ ސިޔާސަތުތައް ވެރިންގެ ލަފަޔާއި މަޝްވަރާގެ މަތިން ހިންގާ ބެލެހެއްޓުމާއި، ބިޒްނަސް ސްޓްރެޓީޖިކް ޕްލޭންތައް ތައްޔާރުކުރުން ހިމެނެއެވެ.
މި ކައުންސިލަށް ޚިދުމަތް ކުރައްވަން ފެށުމުގެ ކުރީން ޢާއިޝަތު ޝިފާޒާ ވަނީ ޑިޕާރޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް ގެ އެސިސްޓެންޓް އޮފިސަރ ކަމުގެ މަޤާމާއި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީގެ ސީނިއަރ ޓެކްސް އޮފިސަރެއްގެ މަޤާމު ވެސް އަދާކުރައްވާފައެވެ.
ޢާއިޝަތު ޝިފާޒާ ވަނީ ބެޗްލާރސް އޮފް ކޮމާރސް ހާޞިލް ކުރައްވާފައިވެއެވެ.
ޖައުދާ ރަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ ކޯޕަރޭޓިވް އެފެއާރޒް ސެކްޝަނުގައެވެ.
ޖައުދާ ރަޝީދު ކުރައްވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، އެކިއެކި ފަރާތްތަކާ ޙަވާލުކުރުމަށް ސަރުކާރުގެ އިދާރާތަކުން ފޮނުއްވާ ފައިސާގެ ހިސާބުތައް ލިއެ ބެލެހެއްޓުމާއި، އެފަދަ ފައިސާ ޙަވާލުކުރުމާއި، ވައުޗަރ ރަޖިސްޓްރީއާއި ޗެކް ރަޖިސްޓްރީ ލިއެ ބެލެހެއްޓުމާއި، ޚަރަދުކުރުމަށް ލިބޭފައިސާގެ އައިޓަމް ބާކީކޮށް ބެލެހެއްޓުމާއި، ސަރުކާރު އޮފީސްތަކަށް ލިބޭ އާމްދަނީ ފައިސާ އެ އޮފިސްތަކަށް ފޮނުވުމާއި، ފައިސާ ޚަރަދުކުރާ ގޮތުގެ ރިޕޯރޓް ތައްޔާރުކޮށް ފޮނުވުމާއި، ރީކޮންސްލިއޭޝަން ސްޓޭޓްމަންޓް ހެދުމާއި، ބޭންކް އެކައުންޓް ބެލެންސްކުރުމާއި، މުވައްޒަފުންގެ މުސާރަ ޝީޓް ތައްޔާރުކޮށް މުވަޒަފުންގެ އެކައުންޓްތަކަށް ޖަމާކުރުމާގުޅޭ ލިއުންތައް ތައްޔާރުކުރުމާއި، ބަޖެޓް އެކައުންޓާބެހޭ ހިސާބުތައް ލިޔެ ބެލެހެއްޓުން ހިމެނެއެވެ.
ޖައުދާ ރަޝީދު ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކޯލް ސެންޓަރ އޮފިސަރގެ މަޤާމާއި، މި ކައުންސިލްގައި އެކައުންޓްސް އޮފިސަރެއްގެ ވަގުތީ މަޤާމާއި ކައުންސިލް އޮފިސަރގެ މަޤާމު އަދާކޮށްފައިވެއެވެ.
ޖައުދާ ރަޝީދު ވަނީ، ޑިޕްލޮމާ އިން އެކައުންޓް އެންޑް ފައިނޭންސް ހާޞިލުކުރައްވާފައެވެ.
އާމިނަތު ޝަރުވާ ވަނީ ހއ. އަތޮޅު ހޮސްޕިޓަލްގެ ތަރުޖަމާނު މަޤާމާއި، އެސިސްޓެން ކަސްޓަމަރ ސަރވިސް އޮފިސަރ މަޤާމާއި ކަސްޓަމަރ ސަރިވިސް އޮފިސަރ މަޤާމް ވެސް ފުރުއްވާފައެވެ.
އާމިނަތު ޝަރުވާ ވަނީ ބެޗްލާރސް އޮފް ބިޒްނަސް ޙާޞިލް ކުރައްވާފައެވެ.
ހިމްނާ ރަޝީދުގެ މައިގަނޑު މަސައްކަތްތަކަކީ ކޯޕަރޭޓް އެފެއާޒްގެ ކައުންސިލް ބިއުރޯގައި ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ކުރުމާއި، ކައުންސިލް ބައްދަލްވުންތައް އިންތިޒާމް ކުރުމާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި ކައުންސިލްގެ ރައީސް ބައިވެރިވެ ވަޑައިގަންނަވާ ހަރަކާތްތަކުގެ އިދާރީ މަސައްކަތްތައް ކުރުމެވެ.
ހިމްނާ ރަޝީދު ވަނީ ބިލަބޮންގ އިންޓަނޭޝަނޭ ހައި ސްކޫލްގެ ޕްރައިމަރީ ޓީޗަރު މަޤާމާއި، ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޕްރައިމަރީ ޓީޗަރުގެ މަޤާމް އަދާކުރައްވާފައެވެ. މި މަޤާމުތަކާއެކު ހިމްނާ ވަނީ 5 އަހަރު ދައުލަތަށް ޚިދުމަށް ކުރައްވާފައެވެ.
ހިމްނާ ވަނީ އެސޯސިއޭޓް ޑިގްރީ އިން ޕްރައިމަރީ ޓީޗިން ސެޓްފިކެޓް ޙާޞިލް ކުރައްވާފައެވެ.
އިޙްސާން ރަޝީދު ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، މި ކައުންސިލްގެ ކޮމްޕިޔުޓަރ ސިސްޓަމްތަކާއި އައިޓީއާއި ގުޅޭ އާލާތްތަކަށް ދިމާވާ ސޮފްޓްވެއަރ އަދި ހާޑްވެއަރ މައްސަލަތައް ޙައްލުކުރުމާއި، ކޮމްޕިއުޓަރ ސިސްޓަމްތަކަށް ބޭނުންވާ ސްޕެއަރ އާއި ސޮފްޓްވެއަރ ހޯދުމާއި، އެޗް.އާރު ސޮފްޓްވެއަރ އަށް ބޭނުންވާ ޑޭޓާތައް އެންޓަރ ކުރުމާއި އަޕްޑޭޓް ކުރުމާއި، ޖެމްސް ސިސްޓަމް ބޭނުންކޮށްގެން މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެގޮތް ހަމަޖެއްސުމާ އަދި ޖެމްސް ސިސްޓަމަށް ދިމާވާ މައްސަލަތައް އެން.ސީ.އައި.ޓީއާ ގުޅިގެން ހައްލުކުރުމަށް މަސައްކަތް ކުރުމާއި، މީގެ އިތުރުން ނެޓްވޯރކް އަޅަންޖެހޭ ސިސްޓަމްތަކަށް ނެޓްވޯރކް އެޅުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި، މަގޭކައުންސިލް ޕޯޓަލްއާގުޅޭ މަސައްކަތްތައް ކުރުމެއެވެ.
އިޙްސާން ރަޝީދު ވަނީ 2024 ވަނަ އަހަރު ޑިޕްލޮމާ އިން ސޮފްޓުވެރަރ އިންޖިނިއަރިނ ހާޞިލް ކުރައްވާފައިވެއެވެ.
ޢަލީ ރަޝީދު ކުރައްވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ކައުންސިލް ބިއުރޯގައި ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި މަސައްކަތް ކުރުމާއި، ކައުންސިލް ޢާއްމު ބައްދަލުވުންތަކުގެ އެޖެންޑާ ދުވަހަށް ފޮނުވުމާއި، ކައުންސިލް ބައްދަލްވުންތަކުގެ ޔައުމިއްޔާ ލިޔެ ތައްޔާރުކުރުމާއި، ބައްދަލުވުންތަކުގެ ނިންމުން ލިޔެ، ޕޯސްޓްހެދުމާއި، މެންބަރުންގެ ޙާޟިރީ ލިޔެ، ތައްޔާރުކޮށް މަހުން މަހަށް އަޕްޑޭޓްކުރުމާއި، ރައީސް ބައިވެރިވެ ވަޑައިގަންނަވާ ޙަރަކާތްތަކުގެ އިދާރީ މަސައްކަތްތައް ކުރުން ހިމެނެއެވެ.
ޢަލީ ރަޝީދު ސަރުކާރު ވަޒީފާ އަދާކުރައްވަން ފައްޓަވާފައިވަނީ 03 އޭޕްރީލް 2006 ގައެވެ. 2022 ވަނަ އަހަރު ކައުންސިލްގެ އައު އޮނިގަނޑަށް މުވައްޒަފުން ހިޖުރަ ކުރެއްވި ފަހުން ޢަލީ ރަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެސިސްޓެންޓް ކައުންސިލް އޮފިސަރގެ މަޤާމްގައެވެ.
ޢަލީ ރަޝީދު ސަރުކާރަށް ޚިދުމަތް ކުރައްވާތާ 17 އަހަރަށްވުރެ ގިނަދުވަސް ވެފައިވެއެވެ. ޢަލީ ރަޝީދު އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ހއ. ދިއްދޫ ކުޑަކަތީބުކަމުގެ މަޤާމާއި، ކަތީބުގެ އެހީތެރިޔާގެ މަޤާމާއި، ދިއްދޫ ކައުންސިލް އިދާރާގެ މުނިސިޕަލްސަރވިސް އޮފިސަރުކަމުގެ މަޤާމް ހިމެނެއެވެ.
ޢަލީރަޝީދު ވަނީ އެޑްވާންސް ސެޓްފިކެޓް އިން އޮފީސް މެނޭޖުމަންޓް، ޤާރީ ކޯސް ލެވެލް 1، އިމާމްކޯސް ލެވެލް 3، އިމާމް ކޯސް ލެވެލް 4 ގެ ސެޓްފިކެޓް ޙާޞިލް ކުރައްވާފައިވާފައެވެ.
އެސިސްޓެންޓް ކައުންސިލް އޮފިސަރެއްގެ ހައިސިއްޔަތުން އަމީމާ ޢަބްދުލްޣަނީ ކޯޕަރޭޓް އެފެއާޒްގައި ކުރައްވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ކައުންސިލް އިދާރާގެ ދުވަހު ޔައުމިއްޔާ ލިޔެ ބެލެހެއްޓުމުގެ އިންތިޒާމްތައް ހަމަޖެއްސުން. ކައުންސިލުން ހިންގި ހަރަކާތްތަކުގެ އަހަރީ ރިޕޯޓާ ހަމަސް ދުވަހުގެ ރިޕޯޓް ތައްޔާރުކުރުމާއި އިންތިޚާބުތަކުގެ އިދާރީ މަސައްކަތް ކުރުމާއި، ޤައުމީ ފެންވަރުގައްޔާއި އަތޮޅު އަދި ރަށު ފެންވަރުގައި ފާހަގަ ކުރާ އެކިއެކި މުނާސަބަތުތަކާއި ދުވަސްތަކާ ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުމާއި، ސްޓޮކްބެލެހެއްޓުން ހިމެނެއެވެ.
އަމީމާ އަބްދުލްޣަނީ ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 31 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އަމީމާ ޢަބްދުލްޣަނީ އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ހއ. އަތޮޅު އޮފީހުގެ ކާތިބުކަމާއި، ސީނިޔަރކްލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓަރީކަމާއި، އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ، މަޤާމް ހިމެނެއެވެ.
އަމީމާ ޢަބްދުލްޣަނީ ވަނީ، ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހުގެ ސެޓްފިކެޓް، އަދި ޤާރީ ކޯސް ލެވެލް 3 ގެ ސަނަދު ހާސިލްކުރައްވާފައެވެ.
ކޯޕަރޭޓް އެފެއާޒްގައި އާމިނަތު ލަޠީފާ ކުރައްވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ކައުންސިލް އިދާރާގެ ދުވަހު ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި، ސީނިޔަރ މެނޭޖްމެންޓް ބައްދަލުވުމުގެ ދުވަހު ޔައުމިއްޔާ ލިޔުމާއި ކައުންސިލުން ހިންގި ހަރަކާތްތަކުގެ އަހަރީ ރިޕޯޓާއި، ހަމަސް ދުވަހުގެ ރިޕޯޓް ތައްޔާރުކުރުމާއި، ސްޓޮކް ބެލެހެއްޓުމާއި، އިންތިޚާބުތަކުގެ އިދާރީ މަސައްކަތްތަކާއި ޤައުމީ ފެންވަރުގައްޔާއި އަތޮޅު އަދި ރަށު ފެންވަރުގައި ފާހަގަ ކުރާ އެކިއެކި މުނާސަބަތުތަކާއި ފާހަގަކުރުމުގެ އިދާރީ މަސައްކަތް ކުރުން ހިމެނެއެވެ.
އާމިނަތު ލަޠީފާ ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 34 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އާމިނަތު ލަޠީފާ އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ހއ. އަތޮޅު އޮފީހުގެ ވޯކީޓޯކީ އޮޕަރޭޓަރކަމާއި، ރޭޑިޔޯޓެލްފޯން އޮޕަރޭޓަރކަމާއި، ސީނިޔަރ ރޭޑިޔޯޓެލްފޯން އޮޕަރޭޓަރކަމާއި، ކާތިބުކަމާއި، ސީނިޔަރކްލާކްކަމާއި، އެސިސްޓެންޓް ސެކްރެޓަރީކަމާއި، އެސިސްޓެންޓް ކައުންސިލް އޮފިސަރ ހިމެނެއެވެ.
އާމިނަތު ލަޠީފާ ވަނީ، ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހުގެ ސެޓްފިކެޓް، އެސް.އެސް.ސީ އިމްތިޙާން ދިވެހި، އަދި ޤާރީ ކޯސް ލެވެލް 4 ގެ ސަނަދު ހާސިލްކުރައްވާފައެވެ.
ކޯޕަރޭޓް އެފެއަރޒްގެ އެޑްމިން ޔުނިޓްގެ އެސިސްޓެންޓް ކައުންސިލް އޮފިސަރ އަސްމާ އިބްރާހީމްގެ މައިގަނޑު މަސައްކަތަކީ ރިސެޕްޝަނުން ކަސްޓަމަރުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމާއި އިންވެންޓްރީ ބެލެހެއްޓުމުގެ މަސައްކަތްތަކެވެ. މީގެ އިތުރުން ކޯޕަރޭޓް އެފެއާޒުގެ އިދާރީ މަސައްކަތްތަކުގެ ތެރެއިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އަހަރީ ރިޕޯޓްތައް ހޯދައި އެ ރިޕޯޓްތައް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުމާއި މަގުމަގަށް އަރާ ރުއްގަހާއި، ސަރުކާރާއި ރައްޔިތުންގެ ބޭނުންތަކަށް ނެގޭ ބިންބިމުގައި ހުންނަ ރުއްގަހަށް ބަދަލު ދިނުމުގެ ކަންކަން ބެލެހެއްޓުމާއި، އެއްރަށުން އަނެއްރަށަށް ރަށްވެހިކަން ބަދަލުކުރުމުގައި އިދާރީ ގޮތުން ކުރަންޖެހޭ ހުރިހާ ކަންތައްތަކެއް ކުރުމާއި ސަރުކާރާއި ރައްޔިތުންގެ ބޭނުންތަކަށް ނެގޭ ބިންބިމުގައި ހުންނަ ރުއްގަހަށް ބަދަލު ދިނުމުގެ ކަންކަން ބެލެހެއްޓުން ފަދަ އިދާރީ މަސަކްތތްކުރުން ހިމެނެއެވެ.
އަސްމާ އިބްރާހީމް ވަނީ ހއ. އަތޮޅު ތަޢުލީމީ މަރުކަޒްގެ ކާތިބު ކަމާއި މި އޮފީހުގެ ރޭޑިޔޯ ޓެލްފޯނު އޮޕަރޭޓަރ ކަމާއި، ސީނިއަރ ރޭޑިޔޯޓެލްފޯނު އޮޕަރޭޓަރ ކަމާއި، އެސިސްޓެންޓް ސެކްރެޓަރީ ކަމާއި، ސެކްރެޓަރީ ކަމާއި އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމުގެ މަޤާމު ފުރުއްވާފައި ވެއެވެ. މިމަޤާމު ތަކާއި އެކު އަސްމާ އިބްރާހީމް މިހާރު ސަރުކާރުގެ ޚިދުމަތަށް 41 އަހަރަށް ވުރެ ދިގުމުއްދަތެއްގައި ވަނީ ޚިދުމަތް ކުރައްވާފައެވެ.
އަސްމާ އިބްރާހީމް ވަނީ ޤިރާޢަތު ލެވެލް ސެޓްފިކެޓް 4 ސެޓްފިކެޓް 3 އިން އިންފޮމޭޝަން ޓެކްނޮލޮޖީ ޙާޞިލް ކުރައްވާފައެވެ.
އާމިނަތު ރަޝީދާ މަސައްކަތް ކުރައްވަމުން ގެންދަނީ ކައުންސިލް އިދާރާގެ ކޯޕަރޭޓް އެފެއާޒުގެ ޕްރޮކިއުމަންޓް ޔުނިޓުގައެވެ. އާމިނަތު ރަޝީދާގެ މައިގަނޑު މަސައްކަތަކީ ޕްރޮކިއުމަންޓް ޕްރޮސެސް ފުރިހަމަކުރުމާއި ދުވަހުން ދުވަހަށް ހޯދަންޖެހޭ ތަކެތި ހޯދުމާއި ޕާޗޭސް އޯޑަރ ތައްޔާރުކޮށް ފުރިހަމަކުރުމަށްފަހު އެ އެއްޗެއް ގަތުމަށް ހަމަޖެހިފައިވާ ތަނަކަށް ފޮނުވުމަށްފަހު މުދާ ގެނައުމާއި ބީލަމަށް ހުޅުވާލައިގެން ކުރަންޖެހޭ މަސައްކަތްތަކުގެ މަޢުލޫމާތު ކަރުދާހާއި އެހެނިހެން ލިޔެކިއުން ތައްޔާރުކުރުމާއި ދަޢުލަތުގެ މާލިއްޔަތު ޤަވައިދާ އެއްގޮތަށް ކައުންސިލަށް ބޭނުންވާ މުދަލާއި ޚިދުމަތް ލިބިގަތުމުގެ އެންމެހާ މަސައްކަތްކުރުން ހިމެނެއެވެ. މީގެ އިތުރުން ބިޑް އެވޯޑްކުރެވޭ ފަރާތުގެ މަޢުލޫމާތު ރަސްމީ 5 ދުވަހުގެ ތެރޭގައި ގެޒެޓުގައި ޝާއިޢުކުރުމާއި، އެވޯޑް ޑާޓާ ޝީޓް ޖެހިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރީން ގެޒެޓްކުރުން ހިމެނެއެވެ.
އާމިނަތު ރަޝީދާ އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ކާތިބުކަމާއި، ސީނިޔަރކްލާކްކަމާއި، އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމާއި އަދި އެސިސްޓެންޓް އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރުކަން ހިމެނެއެވެ.
އާމިނަތު ރަޝީދާ ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 21 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ.
އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ހައިސިއްޔަތުން އަލްފާޟިލާ ޒުބައިދާ ލަޠީފު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެޑްމިން، އެޗްއާރު އެންޑް އިންފޮމޭޝަން ޔުނިޓްގައެވެ. ޒުބައިދާ ލަޠީފު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި، ސަރުކާރުގެ އިދާރާތަކަށް ރައްދުކުރުމަށް ލިބޭތަކެތި އެ އިދާރާތަކަށް ރައްދުކުރުމާއި، އޮފީހަށް އަންނަ ސިޓީ މެސެޖް އެންޓްރީކޮށް ޔުނިޓްތަކާ ހަވާލުކުރުމާއި، ޓްރާންސްޕޯރޓް އޮތޯރިޓީން ދެއްވަމުން ގެންދަވާ ޚިދުމަތުގެ ތެރެއިން ފްރަންޓްއޮފީހުން ދެއްވަންޖެހޭ ޚިދުމަތް ދެއްވުމާއި، އޮފީހަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދެއްވުމާއި، ޚިދުމަތަށް އެދި އަންނަ ފަރާތްތަކަށް ޖަވާބުދާރީވުމާއި، ޕޯސްޓްކުރަންޖެހޭ ތަކެތި ޕޯސްޓަށްފޮނުވުން ހިމެނެއެވެ.
އަލްފާޟިލާ ޒުބައިދާ ލަޠީފު ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 24 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އަލްފާޟިލާ ޒުބައިދާ ލަޠީފު އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ހއ. އަތޮޅު އޮފީހުގެ ކާތިބުކަމާއި، ސީނިޔަރކްލާކްކަމާއި، އެސިސްޓެންޓް ސެކްރެޓަރީކަން ހިމެނެއެވެ.
އެސިސްޓެންޓް އެކައުންޓް އޮފިސަރެއްގެ ހައިސިއްޔަތުން އަލްފާޟިލާ އާމިނަތު ޙަމީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ ކޯޕަރޭޓް އެފެއަރޒް ސެކްޝަނުގައެވެ. އާމިނަތު ޙަމީދު ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، ކައުންސިލްގެ ބޭންކް އެކައުންޓުތަކުގެ ހިސާބުތައް ބެލެހެއްޓުމާއި، މަސްދުވަހުގެ ޚަރަދު ރިޕޯޓްތައް ތައްޔާރުކުރުމާއި، ކައުންސިލްގެ ޚަރަދުތަކަށް ބޭނުންވާ ފައިސާ ވިޔަ ޕޯޓަލްއިން ރިލީޒް ކުރުމާއި، ބިލްތަކަށް ފައިސާ އަދާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ޗެކް ރަޖިސްޓްރީ ކުރުމާއި، އެކައުންޓްތަކުގެ ބާކީ ބެލެހެއްޓުން ހިމެނެއެވެ.
އަލްފާޟިލާއާމިނަތު ޙަމީދުސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 17 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އަލްފާޟިލާ އާމިނަތު ޙަމީދު ވަނީ ހއ. އަތޮޅު އޮފީހުގެސެކްރެޓަރީކަމާއި ،އެޑްމިނިސްޓްރޭޓިވް އޮފިސަރު މަޤާމް އަދާކުރައްވާފައެވެ.
ނަޝްވާން އިބްރާހީމް މަސައްކަތް ކުރައްވަމުން ގެންދަނީ ކައުންސިލް އިދާރާގެ ކޯޕަރޭޓް އެފެއާޒުގެ ޕްރޮކިއުމަންޓް ޔުނިޓުގައެވެ. ނަޝްވާން އިބްރާހީމްގެ މައިގަނޑު މަސައްކަތަކީ މައިގަނޑު މަސައްކަތަކީ ޕްރޮކިއުމަންޓް ޕްރޮސެސް ފުރިހަމަކުރުމާއި ދުވަހުން ދުވަހަށް ހޯދަންޖެހޭ ތަކެތި ހޯދުމާއި ޕާޗޭސް އޯޑަރ ތައްޔާރުކޮށް ފުރިހަމަކުރުމަށްފަހު އެ އެއްޗެއް ގަތުމަށް ހަމަޖެހިފައިވާ ތަނަކަށް ފޮނުވުމަށްފަހު މުދާ ގެނައުމާއި ބީލަމަށް ހުޅުވާލައިގެން ކުރަންޖެހޭ މަސައްކަތްތަކުގެ މަޢުލޫމާތު ކަރުދާހާއި އެހެނިހެން ލިޔެކިއުން ތައްޔާރުކުރުމާއި ދަޢުލަތުގެ މާލިއްޔަތު ޤަވައިދާ އެއްގޮތަށް ކައުންސިލަށް ބޭނުންވާ މުދަލާއި ޚިދުމަތް ލިބިގަތުމުގެ އެންމެހާ މަސައްކަތްކުރުން ހިމެނެއެވެ. މީގެ އިތުރުން ބިޑް އެވޯޑްކުރެވޭ ފަރާތުގެ މަޢުލޫމާތު ރަސްމީ 5 ދުވަހުގެ ތެރޭގައި ގެޒެޓުގައި ޝާއިޢުކުރުމާއި، އެވޯޑް ޑާޓާ ޝީޓް ޖެހިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރީން ގެޒެޓްކުރުން ހިމެނެއެވެ.
ޢުބައިދުﷲ ޢަބްދުލްޙަކީމް މަސައްކަތް ކުރައްވަމުން ގެންދަނީ ކައުންސިލް އިދާރާގެ އެޓޯލް ޑިވެލޮޕްމަންޓް ސެކްޝަންގެ ބިޒްނަސް ޑިވެލޮޕްމަންޓް ޔުނިޓްގައެވެ. ޢުބައިދުﷲ ޢަބްދުލްޙަކީމް ގެ މައިގަނޑު މަސައްކަތަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އަތޮޅުކައުންސިލަށް ލިބިދީފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ހިންގާ އެންމެހައި ޕްރޮގްރާމްތައް ތަންފީޒު ކުރުމުގެ ކަންތައްތައް ހިންގުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، އިޖުތިމާއީ ގޮތުން ކުރި އެރުން ހޯދުމުގެ ބޭނުމުގައި އަމިއްލަ ޖަމާޢަތްތަކާއި ކުންފުނި ނުވަތަ ކޯޕަރޭޓިވް ތަކާއި ގުޅިގެން ކައުންސިލް ހިންގުމަށް ރާވާ ޕްރޮގްރާމްތައް ރޭވުމާއި، ކައުންސިލްތައް ހިނގާނުހިނގާގޮތް ބެލުމަށްޓަކައި ރަށުކައުންސިލްތައް މޮނިޓަރ ކުރުމާއި، އޮޑިޓްކުރުމާއި، ރަށްރަށުގައި ހިންގާ ވިޔަފާރިތަކާއި ގުޅިގެން ހުށަހަޅާ މައްސަލަތައް ޙައްލުކުރުމަށް މަސައްކަތްކުރުމާއި ބޭނުންވާ އެހީތެރިކަން ދިނުމާއި އެކަމާ ގުޅޭ ރިޕޯޓްތައް ތައްޔާރުކުރުމާއި، ކައުންސިލްތަކުގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމެވެ.
އިރުޝާމް ވަޙީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި، ސަރުކާރުގެ އިދާރާތަކަށް ރައްދުކުރުމަށް ލިބޭތަކެތި އެ އިދާރާތަކަށް ރައްދުކުރުމާއި، އޮފީހަށް އަންނަ ސިޓީ މެސެޖް އެންޓްރީކޮށް ޔުނިޓްތަކާ ހަވާލުކުރުމާއި، ޓްރާންސްޕޯރޓް އޮތޯރިޓީން ދެއްވަމުން ގެންދަވާ ޚިދުމަތުގެ ތެރެއިން ފްރަންޓްއޮފީހުން ދެއްވަންޖެހޭ ޚިދުމަތް ދެއްވުމާއި، އޮފީހަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދެއްވުމާއި، ޚިދުމަތަށް އެދި އަންނަ ފަރާތްތަކަށް ޖަވާބުދާރީވުމާއި، ޕޯސްޓްކުރަންޖެހޭ ތަކެތި ޕޯސްޓަށްފޮނުވުން ހިމެނެއެވެ.
އިރުޝާމް ވަޙީދު ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލާ ގުޅުމުގެ ކުރިން ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަންގެ ދިއްދޫ ސައިޓް އޮފީހުގައި މަސައްކަތް ކޮއްފައި ވެއެވެ. މި އޮފީހުގައި 2 އަހަރު ދުވަހު މަސައްކަތް ކޮއްފައިވެއެވެ.
އަޙުމަދު ޙުސައިންގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ހަފްތާއަކު ދެފަހަރު މި ކައުންސިލްގެ ވެހިކަލްތައް ދޮވެ ސާފުކުރުމާއި، ވެހިކަލްތަކުގެ އަޑީތެޔޮ ބަދަލުކުރަންޖެހޭ މުއްދަތުގައި ތެޔޮ ބަދަލުކުރުމާއި، ވެހިކަލްތަކަށް ބޭނުންވާތަކެތި ކަމާބެހޭ ސެކްޝަނުގައި ދަންނަވައިގެން ހޯދުމާއި، އެތަކެތި ބެލެހެއްޓުމާއި، ވެހިކަލްތަކުގައި ކުރަންޖެހޭ ދަތުރުތައް ކުރުމާއި، ވެހިކަލްތަކަށް ބޭނުންވާ ތެޔޮ އެޅުމާއި، އޮފީހުގެ އެއަރކޯން ޔުނިޓުތައް ފޮހެ ސާފުކުރުން ހިމެނެއެވެ.
އަޙުމަދު ޙުސައިން ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 16 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ.
ކައުންސިލް އެސިސްޓެންޓެއްގެ ހައިސިއްޔަތުން އަޙުމަދު ފިރާޤް ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، ސްޓޭޓްހައުސް ގޯތިތެރެއާއި ސްޓޭޓްހައުސް ހިމެނޭ ސަރަހައްދުގެ މަގުމަތި ކުނިކަހާ ސާފުކުރުމާއި، ސްޓޭޓްހައުސް ފޮޅާ ސާފުކޮށް މޮޕްލުމާއި، ސްޓޭޓްހައުސް ޒިޔާރަތްކުރާ މެހެމާނުންނަށް ބޭނުންވާ ކޮޓަރިތައް ސާފުކޮށް ތަންމަތި އެޅުމާއި އޮފީހުން އަންގާ އެހެނިހެން މަސައްކަތް ކުރުން ހިމެނެއެވެ.
އަޙުމަދު ފިރާޤް ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 13 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ.
2022 ވަނަ އަހަރު އޮނިގަނޑަށް އައި ބަދަލާ ގުޅިގެން ވަނީ ކައުންސިލް އެސިސްޓެންޓްގެ މަޤާމަށް ބަދަލުވެފައެވެ. ލަޠީފާ ޢަބްދުﷲ ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، ސްޓޭޓްހައުސް ގޯތިތެރެއާއި ސްޓޭޓްހައުސް ހިމެނޭ ސަރަހައްދުގެ މަގުމަތި ކުނިކަހާ ސާފުކުރުމާއި، ސްޓޭޓްހައުސް ފޮޅާ ސާފުކޮށް މޮޕްލުމާއި، ސްޓޭޓްހައުސް އަށް ޒިޔާރަތްކުރާ މެހެމާނުންނަށް ދޫކުރުމަށް ކޮޓަރިތައް ސާފުކުރުން ހިމެނެއެވެ.
ލަޠީފާ ޢަބްދުﷲ ސަރުކާރުގައި މެދުނުކެނޑި އުޅުއްވާތާ 16 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. ލަޠީފާ ޢަބްދުﷲ އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ހއ. އަތޮޅުގޭގެ ކައްކާ މީހެއްގެ މަޤާމް ހިމެނެއެވެ.
ޙަލީމަތު ޝަފީޤާ ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރޭގައި، އަތޮޅު ކައުންސިލް އިދާރާގެ އެތެރެއާއި ބޭރު ކުނިކަހާ ފޮޅާ ސާފުކޮށް ބެލެހެއްޓުމާއި، އޮފީހުގެ ފާޚާނާތައް ދޮވެ ސާފުކުރުމާއި، ކައުންސިލް އިދާރާއިން ޢާންމު ފަރާތްތަކާއި ސަރުކާރު އޮފީސްތަކަށް ޙަވާލުކުރަން ފޮނުވާ ލިއުންތައް ޙަވާލުކުރުމާއި، ކައުންސިލް އިދާރާއަށް ގަންނަން ބޭނުންވާ ތަކެތި ފިހާރަތަކުން ގެނައުމާއި، ކައުންސިލް އިދާރާއިން ފިހާރަތަކަށާއި ޢާންމު ފަރާތްތަކަށް ޙަވާލުކުރަންޖެހޭ ފައިސާ ޙަވާލުކުރުމާއި، އެކި މުނާސަބަތާ ގުޅިގެން ކައުންސިލުން ތައްޔާރުކުރަންޖެހޭ ހޯލް ތައްޔާރު ކުރުމުގައި އެހީތެރިވެ ދިނުން ހިމެނެއެވެ.
އެޓޯލް ޑިވެލޮޕްމަންޓް ސެކްޝަންގެ ދަށުން ހިންގާ ބިޒްނަސް ޑިވެލޮޕްމަންޓް ޔުނިޓްގެ ބެލުމުގެ ދަށުގައިވާ ރެހެންދި ލާންޗު ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ މުޙައްމަދު ފަހުމީގެ މައިގަނޑު މަސައްކަތްތަކަކީ ރެހެންދި ލޯންޗުގައި ކުރަންޖެހޭ ދަތުރުތައް ކުރުމާއި ލޯންޗު ދޮވެ ސާފުކޮށް ބެލެހެއްޓުމާއި ލޯންޗުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި އަދި ލޯންޗަށް ބޭނުންވާ ތަކެއްޗަކީ ކޮބައިކަން ދެނެގަނެ އެކަން އިދާރީ މުވައްޒަފުންގެ ސަމާލުކަމަށް ގެނައުމެވެ. ފަހުމީ ވަނީ، މީގެ ކުރިން ކުރުނބާ މޯލްޑިވްސް ރިސޯޓްގައި ލޯންޗު ކެޕްޓަންގެ މަޤާމު ފުރުއްވާފައެވެ. އަދި މީގެ އިތުރުން ވަންއެންޑް އޮންލީ ރީތިރަށް މޯލްޑިވްސް އާއި ސިލްވަރ ސޭންޑް މޯލްޑިވްސްގައިވެސް ލޯންޗް ޑްރައިވަރެއްގެ މަޤާމު ވަނީ ފުރުއްވާފައެވެ. މި ވަޒީފާތަކާއެކު ރިސޯޓް ދާއިރާއަށް ޖުމްލަ 6 އަހަރު ވަނީ ޚިދުމަތް ކޮށްދެއްވާފައެވެ.
މީގެ އިތުރުން މި ކައުންސިލާއި ގުޅުނު ފަހުން ލައިފް ގާރޑް ކޯހާއި ނިޔަމިކޯސް ސެޓްފިކެޓް 1 ވަނީ ހައްދަވާފައެވެ.
އެޓޯލް ޑިވެލޮޕްމަންޓް ސެކްޝަންގެ ދަށުން ހިންގާ ބިޒްނަސް ޑިވެލޮޕްމަންޓް ޔުނިޓްގެ ބެލުމުގެ ދަށުގައިވާ ރެހެންދި ލާންޗު ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޢަބްދުﷲ ނަޢީމް ގެ މައިގަނޑު މަސައްކަތްތަކީ ލޯންޗް ޑްރައިވަރުގެ އިރުޝާދުގެ ދަށުން ރެހެންދި ލޯންޗުގައި ކުރަންޖެހޭ ދަތުރުތައް ކުރުމާއި ލޯންޗު ދޮވެ ސާފުކޮށް ބެލެހެއްޓުމާއި ސްޓޭޓް ހައުސް ޒީނަތްތެރި ކުރުމުގައި އެހީވުމާއި މީގެ އިތުރުން އިސްވެރިން އަންގާ މަސައްކަތް ކުރުމެވެ.
ޢަބްދުﷲ ނަޢީމް ވަނީ ނިޔަމި ކޯސް ފުރިހަމަ ކޮށްފައެވެ.
އެޓޯލް ޑިވެލޮޕްމަންޓް ސެކްޝަންގެ ދަށުން ހިންގާ ބިޒްނަސް ޑިވެލޮޕްމަންޓް ޔުނިޓްގެ ބެލުމުގެ ދަށުގައިވާ ރެހެންދި ލާންޗު ފަޅުވެރިއެއްގެ ގޮތުން އަޙްމަދު މަފާޒް ގެ މައިގަނޑު މަސްޢޫލިއްޔަތަކީ ލޯންޗް ޑްރައިވަރުގެ އިރުޝާދުގެ ދަށުން ރެހެންދި ލޯންޗުގައި ކުރަންޖެހޭ ދަތުރުތައް ކުރުމާއި ލޯންޗު ދޮވެ ސާފުކޮށް ބެލެހެއްޓުމާއި ސްޓޭޓް ހައުސް ޒީނަތްތެރި ކުރުމުގައި އެހީވުމާ އަދި މީގެ އިތުރުން އިސްވެރިން އަންގާ މަސައްކަތް ކުރުމެވެ.
މަފާޒް މީގެ ކުރިން ހައިޑްއަވޭ ރިސޯޓުގައި ހައުސް ކީޕިންގ ޑިޕާރޓްމަންޓްގައި ރޫމް ބޯއީ އެއްގެ މަޤާމުގައި މަސައްކަތް ކޮށްފައިވެއެވެ.
މީގެ އިތުރުން މަފާޒް ވަނީ ނިޔަމި ފަޅުވެރި ކޯހާއި ހައުސް ކީޕިންގ ބޭސިކް ކޯސް ފުރިހަމަ ކޮށްފައެވެ.