2023 ވަނަ އަހަރުގެ ތިލައުތުރު އެވޯޑް ރަސްމިއްޔާތު ބާއްވައިފި
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ފަރާތުން ހއ. އަތޮޅު ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި “ތިލައުތުރު އެވޯޑް 2023” އެންމެ ޝަރަފުވެރި އެވޯޑްތައް ލިބުނު ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެވޯޑް ޙަވާލުކޮށްދެއްވައިފިއެވެ. ތިލައުތުރު އެވޯޑް ރަސްމިއްޔާތު އޮތީ، 2023 މޭ 21 ވަނަ ދުވަހުގެ ރޭ 9:00 ގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ތިލައުތުރު މާލަމުގައެވެ.
ތިލައުތުރު އެވޯޑަކީ ތަފާތު ދާއިރާތަކުން ދިގުމުއްދަތަކަށް ފާހަގަކުރެވޭފަދަ ޝަރަފްވެރި ޚިދުމަތްތަކެއް ހއ. އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، އަދި އެނޫނަސް ތަފާތު އެކިއެކި ދާއިރާތަކުން އަގުހުރި ޚިދުމަތްތަކެއް އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، ހއ.އަތޮޅުގެ ސްކޫލް މަދަރުސާތަކުން ފަޚުރުވެރި ވަނަތައް ހޯދާފައިވާ ދަރިވަރުންނާއި އަދި އަތޮޅުގެ އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ކްލަބު ޖަމްޢިއްޔާތައް ފާހަގަކޮށް، އެފަރާތްތަކުގެ އަގުވަޒަންކޮށް ހިތްވަރުދިނުމުގެ ގޮތުން ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ދޭ އެވޯޑެކެވެ. އެކިދާއިރާތަކުން ތިލައުތުރު އެވޯޑް ކާމިޔާބު ކުރެއްވި ފަރާތްތަކަށް އެވޯޑް ޙަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދ، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ދާއިރަގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ވަހީދުގެ އިތުރުން ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް މޫސާޝަފީޤެވެ.
ކައުންސިލުންދޭ ޚާއްސަ އެވޯޑް (ޘާނަވީބައި) ހާސިލްކުރި ދަރިވަރުންނަކީ 2021-2022 ވަނަ އަހަރު ބޭއްވި ޖީސީއީ އޯލެވެލް/ އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިޙާނުން ރާއްޖޭގެ ގަދަ 10ގެ 2 ވަނަ ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު އަޙްމަދު މާހިލް މުޙައްމަދާއި މުޙައްމަދު މުފްލިޙް މުފީދެވެ.
2021-2022 ވަނަ އަހަރު ބޭއްވި ޖީސީއީ އޯލެވެލް/ އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިޙާނުން ރާއްޖޭގެ ގަދަ 10ގެ 1 ވަނަ ޙާސިލްކުރި ހއ އަތޮޅު މަދަރުސާގެ ދަރިވަރު ފާޠިމަތު ސުދާ މުޙައްމަދެވެ.
ތިލައުތުރު ޚާއްޞަ އެވޯޑް 2023 ( ކުޅިވަރުގެ ބައި) ޙާސިލްކޮށްފައިވަނީ ހއ.މުރައިދޫ މިނިވަންއުފާ ޙުސައިން ފަޟީލް ހާރޫނެވެ.
ޙުސައިން ފަޟީލް ހާރޫން ވަނީ 2021 އަދި 2022 ވަނަ އަހަރު ޤައުމީ ފެންވަރުގައި ބާއްވާފައިވާ ދުވުމުގެ ޙަރަކާތްތަކުގައި ބައިވެރިވެ ރަން މެޑަލް އާއި ރިހި މެޑެލް އަދި ލޯ މެޑަލް އެކި ފަހަރު މަތިން ހޯދައި ޤައުމަށް ރީތި ނަން ހޯދައި ދީފައިވާތީ އާއި 2022 ވަނަ އަހަރު ބޭއްވި އެސްޓީއޯ މިސްޓަރ މޯލްޑިވްސް މުބާރާތުގެ މެންސް ސްޕޯޓްސް ފިޒީކް 165CM ގެ ޗެމްޕިއަންކަން ހޯއްދަވާފައެވެ.
ތިލައުތުރު އެވޯޑް 2023 ހިތްވަރުދިނުމުގެ އެވޯޑް ދިވެހި ބޭސްވެރިކަމުގެ ދާއިރާއިން ލިބިފައިވަނީ ހއ.މުރައިދޫ ، ޝަބްނަމްގެ މުޙައްމަދު އިބްރާހީމަށެވެ.
ތިލަ އުތުރު އެވޯޑް 2023 ޝަރަފްވެރިކަމުގެ އެވޯޑް ސިއްޙީ ދާއިރާއިން ލިބިފައިވަނީ ހއ.އުތީމު ނޫރާނީ ހިޔާ ޞާބިރާ އާދަމެވެ.
ތިލަ އުތުރު އެވޯޑް 2023 މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެވޭ އެވޯޑް (ޑިގްރީންމަތި) ޙާސިލްކުރީ
ހއ މާރަންދޫ ސަމާ، އާމިނަތު ރިޝްމީއެވެ.
އާމިނަތު ރިޝްމީ ވަނީ އިންޑިއާގެ މަނިޕާލް އެކަޑަމީ އޮފް ހަޔަރ އެޑިއުކޭޝަން އިން ބެޗްލަރ އޮފް ސައިންސް އިން މެޑިކަލް ލެބޯރެޓަރީ ޓެކްނޮލޮޖީ ކޯހުން 1 ވަނަ ހޯދައި “ޑޮކްޓަރ ޓީ.އެމް.އޭ ޕައި ގޯލްޑް މެޑަލް ފޮރ ދަ ބެސްޓް އައުޓްގޮއިންގ ގްރެޖުއޭޓް ސްޓޫޑެންޓް އެވޯޑް ހޯއްދަވާފައެވެ.
ތިލައުތުރު ހިންގުންތެރިކަމުގެ އެވޯޑް 2023- އެންމެ ހިންގުތެރި ރަށުކައުންސިލަކަށް ހޮވިފައިވަނީ
ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލެވެ. 2 ވަނައަށް އެންމެ ހިންގުންތެރި ކައުންސިލަކަށް ހޮވިފައިވަނީ ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލެވެ. 3 ވަނަ އަށް އެންމެ ހިންގުންތެރި ކައުންސިލަކަށް ހޮވިފައިވަނީ ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލެވެ.
ތިލައުތުރު ހިންގުތެރިކަމުގެ އެވޯޑް 2023 (އެންމެ ޙަރަކާތްތެރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ) މި އެވޯޑް ދީފައިވަނީ އިޖުތިމާޢީގޮތުން ފާހަގަކޮށްލެވޭ ޚިދުމަތްކޮށްފައިވާ ކޮމިޓީތަކަށެވެ. އެގޮތުން
1 ވަނައަށް އެންމެ ހަރަކާތްތެރި ކޮމެޓީއަކަށް ހޮވިފައިވަނީ ހއ ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއެވެ. އަދި ދެވަނައަށް ޙަރަކާތްތެރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަކަށް ހޮވިފައިވަނީ ހއ ހޯރަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއެވެ.
ޤުރްއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތާއި 35 ވަނަ ޤައުމީ މުބާރާތުގައި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް ތަމްސީލް ކުރި ދަރިވަރުންގެ ތެރެއިން އަތޮޅަށް ރަންވަނަ ހޯދައިދިން ދަރިވަރުންނަށް ދެވޭ އެވޯޑް 06 ދަރިވަރަކަށް ވަނީ ދެވިފައެވެ. އެގޮތުން 34 ވަނަ ޤައުމީ މުބާރާތުން ނުބަލާ ކިޔެވުމުގެ ބައިން 9 އަހަރުން ދަށުން 3 ވަނަ ހާސިލްކުރި ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު ހއ. އުލިގަން ހިޔާވަހި އިޒްޔާން އިމާދު ޢަބްދުﷲއަށާއި ބަލައިގެން ކިޔެވުމުގެ ބައިން 12 އަހަރުން ދަށުން 2 ވަނަ ޙާސިލްކުރި އިހަވަންދޫ ސްކޫލްގެ ދަރިވަރު ލ.ގަން ތުނޑި-ހުދުވިލާގެ އަޒާ އިބްރާހީމް އަސްލަމާއި، ނުބަލާ ކިޔެވުމުގެ ބައިން 12 އަހަރުން ދަށުން 3 ވަނަ ޙާސިލްކުރި ޝައިޚް އިބްރާހީމް ސްކޫލްގެ ދަރިވަރު ހއ.ކެލާ، އިތާ ޢަލީ ޒައުލް ޒިޔާއު އާއި ބަލައިގެން ކިޔެވުމުގެ ބައިން 18 އަހަރުން ދަށުން 3 ވަނަ ޙާސިލްކުރި ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު ހއ.ދިއްދޫ ދުނި މަރްޔަމް މަހާ މުޙައްމަދެވެ. އަދި މީގެ އިތުރުން
35 ވަނަ ޤައުމީ މުބާރާތުން ނުބަލާ ކިޔެވުމުގެ ބައިން ކީ-ސްޓޭޖް 1 ން 3 ވަނަ ޙާސިލްކުރި ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު ހއ. އުލިގަން ހިޔާވަހި އިޒްޔާން އިމާދު ޢަބްދުﷲ އާއި ފޮތުން ކިޔެވުމުގެ ބައިން ކީ ސްޓޭޖް 2 ން 2 ވަނަ ޙާސިލްކުރި އިހަވަންދޫ ސްކޫލްގެ ދަރިވަރު ލ.ގަން ތުނޑި- ހުދުވިލާގެ އަޒާ އިބްރާހީމް އަސްލަމަށެވެ. މި އަހަރު ތިލައުތުރު އެވޯޑް 6 ދާއިރާއަކުން 12 ފަރާތަކަށް ލިބިފައިވެއެވެ.