އަތޮޅު ކައުންސިލުން އަތޮޅުގެ ހަތް ރަށަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފިި

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުގެމަތިން،  އަތޮޅު ކައުންސިލުގެ 4 ދައުރުގެ 64 ވަނަ އާއްމު ބައްދަލުވުމުން ނިންމައިގެން ހއ. އަތޮޅު ރަށުކައުންސިލްތަކާއި، ހއ. އަތޮޅު ރަށްރަށުގެ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ހއ. އަތޮޅުގައި ހުރި ސަރުކާރުގެ މުއައްސަސާތަކާއި، އަދި ހއ. އަތޮޅު ރަށްރަށުގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުލަބު ޖަމްޢިއްޔާތަކަށް މާލީއެހީތެރިކަން ފޯރުކޮށްދިނުމަށް 2022 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވާލި ފުރުޞަތުގައި ޕްރޮޕޯސަލް ހުށަހެޅި ރަށްރަށުގެ ތެރެއިން މި ބުރުގައި މާލީ އެހީތެރިކަން ދޫކުރުމަށް ހޮވުނު 7 ރަށަށް މާލީއެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މާލީ އެހީގެ ގޮތުގައި ކޮންމެ ރަށަކަށް -/100،000ރ (އެއްލައްކަ ރުފިޔާ)  ދޫކުރުމަށް ހަމަޖެހިގެން މިއަދު މާލީ އެހީދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނު ހަތްރަށަކީ، ތުރާކުނު، އިހަވަންދޫ، ވަށަފަރު، ދިއްދޫ، މާރަންދޫ، އުތީމު، އަދި ބާރަށެވެ.

މީގެ ދެވަނަ ބުރެއްގައި މާލީ އެހީތެރިކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް އަތޮޅުގެ އެހެން ރަށްރަށަށް މި ހިނގާ 2023 ވަނަ އަހަރުގެ ތެރޭގައި ފުރުޞަތު ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.