އިހަވަންދޫން އިތުރު ދެ މީހަކު ކޮވިޑަށް ފައްސި ވެއްޖެ

ހއ. އިހަވަންދޫން ކޮވިޑް 19 އަށް އިތުރު 2 މީހަކު ފައްސި ވެއްޖެއެވެ. މި ނަތީޖާއާއެކު އިހަވަންދޫން މިހާތަނަށް 5 މީހުން މި ބައްޔަށް ފައްސި ވީއެވެ.

އެރަށު ސިއްޙީ މަރުކަޒުން ވިދާޅުވި ގޮތުގައި މި ބައްޔަށް ފައްސި ވެފައިވަނީ ބަގްލަދޭޝްގެ 2 މީހެކެވެ. މި ދެމީހުންނަކީ ވެސް ” ތަޚުތު ” ބޯޓްގެ ފަޅުވެރިންނެވެ. އެހެންކަމުން މިއީ ތަޚުތު ބޯޓުން ކުރިން ފައްސިވި މީހުުންނާ ގުޅުން ހުރި ދެ ކޭސްކަމަށް ލަފާކުރެވެއެވެ.

ކޮވިޑް 19 އަށް ޓެސްޓް ކުރުމަށް މިހާތަނަށް އިހަވަންދޫން ނަގާފައިވަނީ 198 ސާންޕަލް ކަމަށާއި މީގެ ތެރެއިން 152 ސާންޕަލް ނައްސިވެ 41 ސާންޕަލްގެ ނަތީޖާ ލިބިފައި ނުވާކަމަށް ވެއެވެ.

އިހަވަންދޫން ފައްސިވި 5 މީހުން އަދިވެސް ތިބީ އެމީހުންގެ އެދުމުގެ މަތިން އިހަވަންދޫގައި ހޯމް ކަރަންޓީނުގައެވެ.