ފިއްލަދުއާއި ކެލާގައި ދުއްވާ ބޯޓެއްގެ ފަޅުވެރިންނާއި އެރަށު ބަޔަކު ކޮވިޑަށް ފައްސި ވެއްޖެ

ހއ. ކެލާގައި ދުއްވާ ” ސަވާރީ ” ބޯޓްގެ ކައްޕިއާއި ފަޅުވެރިންތަކެއް ކޮވިޑް ބައްޔަށް ފައްސިވެފައި ވަނިކޮށް އެބޯޓާ ކޮންޓެކްޓްވި ފިއްލަދޫ ގައި ދުއްވާ ބީ.އެމް.އެކްސް ޕްރެސް ބޯޓުގައި އުޅޭ ބަގްލަދޭޝްގެ 2 ފަޅު ވެރިޔަކާއި ފިއްލަދޫ މީހަކު ފައްސި ވެއްޖެއެވެ. މިއާއެކު ހއ. ފިއްލަދޫން 3 މީހަކު މި ބައްޔަށް ފައްސިވީއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ހއ. ކެލާގައި ދުއްވާ ސަވާރީ ބޯޓުގެ ކެޕްޓަނާއި އެ ބޯޓުގެ 8 ފަޅުވެރިއަކާއި އެބޯޓުން ދަތުރުކުރި  މީހަކާއެކު 10 މީހަކު ވަނީ މި ބައްޔަށް ފައްސި ވެފައެވެ. އެހެންކަމުން އެބޯޓު ދަތުރުކުރި ހއ. ކެލައާއި ވަށަފަރާއި ދިއްދޫ އަދި ހދ. ނޮޅިވަރަންފަރަށް ވަނީ އަރައި ފޭބުން މަނާކޮށްފައެވެ. ކެލައިން އެންމެ ފުރަތަމަ ކޮވިޑަށް ފައްސިވި މީހަކު ފެނިފައިވަނީ ޖުލައި 28 ވަނަ ދުވަހު އެވެ.

ކެލާ ސަވާރީ ބޯޓުގެ ކޭސްއާ ގުޅިގެން ދިއްދޫގެ ވަރަށް ގިނަ ބައެއްގެ ކޮންޓެކްޓް ރޭސިން ހަދަން ޖެހުނެވެ. އެހެންކަމުން އެ ހުރިހާ ފަރާތްތަކުގެ ސާންޕަލް ނަގައި ޓެސްޓް ކުރެވޭނެއެވެ. މިއީ މިހާތަނަށް އެންމެ ގިނަބަޔަކު ކޮންޓެކްޓްވި ކޭސްއަކަށް ވާނެއެވެ.