މީހުން މީހުންނަށްވާނީ މީހުން މީހުންނަށް ހެދީމައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތި ލައްވާފައިވާ ފަރާތްތަކަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތި ލައްވާފައިވާ ފަރާތްތަކަށް އަމާޒު ކުރައްވައިގެން ކޮންވޭ މޯލްޑިވްސްއާއި ހއ. އަތޮޅު ކައުންސިލް ގުޅިގެން ކޮމިޔުނިޓީ ޑިވެލޮޕްމަންޓް އެންޑް ލީޑަރޝިޕް ޓްރޭނިންގ ވޯކްޝޮޕެއް ހއ. އަތޮޅުގައި ހިންގައިފިއެވެ.

މި ޓްރޭނިންގ ޕްރޮގްރާމްގެ މައިގަޑު ބޭނުމަކީ އަންނަ އޭޕްރީލްމަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތި ލައްފާވައިވާ ޒުވާނުންނަށް އެކި ދާއިރާތަކުން މަޢުލޫމާތުދީ ހޭލުންތެރި ކުރުވުމެވެ.

މި ޕްރޮގްރާމްގައި މައިގަނޑު ތިން ދާއިރާއަކުން މަޢުލޫމާތު ދެވުނެވެ. މަޢުލޫމާތު ދެވުނު ދާއިރާތަކުގެ ތެރޭގައި ލީޑަރޝިޕް ފޯރ ވޯކް ޕްލޭސް ސަކްސަސް، ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް އެންޑް ސްޓެޓެޖިކް ޕްލޭނިންގ، ސޯޝަލް އިސޫޒް، ރައިޓްސް، އެންޑް ރެސްޕޮންސިބިލިޓީޒް އެވެ.

އެއް ދުވަހުގެ މުއްދަތަށް ދިއްދޫގައި ހިންގުނު މި ވޯކްޝޮޕްގައި ހއ. ހޯރަފުށީ، ތުރާކުނު ފިޔަވައި އަނެއް 12 ރަށުން ޖުމްލަ 55 ޒުވާނުން ބައިވެރިވެފައި ވެއެވެ. މި ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވީ މި ފަންނުގެ ތަޖްރިބާ ލިބިވަޑައިގެން ހުންނެވި ފެސިލިޓޭޓަރ އަލްފާޟިލް އާދަމް ނަސީރެވެ.