ހއ. އަތޮޅުގެ ރަށު ކައުންސިލްތަކުގެ މުވައްޒަފުންނަށް ހިންގި އޮޓޯކެޑް ޓްރެއިނިންގ ޕްރޮގްރާމް ނިންމައި ބައިވެރީންނަށް ސެޓްފިކެޓް ޙަވާލުކޮށްފި

ހއ. އަތޮޅު ކައުންސިލާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޯލޮޖީއާ ގުޅިގެން، ހއ. އަތޮޅުގެ ރަށު ކައުންސިލްތަކުގެ މުވައްޒަފުންނަށް އޮޓޯކެޑް އެޑްވާންސް ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ. މި ތަމްރީން ކުރިއަށް ގެންގޮސްފައި ވަނީ މޭ 21ން 24 އަށެވެ. ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވުނު މި ޓްރެއިނިންގ ޕްރޮގްރާމްގެ މަޤްސަދަކީ ކައުންސިލްތަކުގެ ޕްރޮޖެކްޓްތަކާ ގުޅުންހުރި މަސައްކަތް  ކުރަމުންގެންދާ މުވައްޒަފުންނަށް އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އެހީތެރިވެދިނުމެވެ.

މި ޓްރެއިނިންގ  ޕްރޮގްރާމްގައި ޖުމްލަ 21 މުވައްޒަފުން ބައިވެރިވެފައިވެއެވެ. އެއީ ފިޒިކަލްކޮށް ބައިވެރިވި 13 ބައިވެރީންނާ އޮންލައިންކޮށް ބައިވެރިވި އަށް ބައިވެރީންނެވެ. ބައިވެރީންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ އޮޓޯކެޑް ޓްރެއިނިންގ ޕްރޮގްރާމް ނިމުން ފާހަގަކުރުމަށް ހއ. އަތޮޅު ސްޓޭޓްހައުސް ކޮންފަރެންސް ހޯލްގައި މިއަދު 14:00 ގައި ބޭއްވި ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން، ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ހެލްތު ސަރވިސަސް އަލްފާޟިލް މޫސާ ނަޞީރެވެ.

އޮޓޯކެޑް ޓްރެއިނިންގ ޕްރޮގްރާމްގައި ކިޔަވައިދެއްވީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޯލޮޖީގެ ލެކްޗަރަރ އަޙްމަދު ޢަޤީލެވެ. މިއީ ހއ. އަތޮޅު ކައުންސިލުން ހިންގި އޮޓޯކެޑް ދެވަނަ ޕްރޮގްރާމެވެ. 2023 ވަނަ އަހަރު އޮޓޯކެޑް ބޭސިކް ޕޮރްގްރާމެއް ވެސް ވަނީ ހިންގާފައެވެ.