އޮޓޯކެޑް އެޑްވާންސް ޓްރެއިނިންގ ޕްރޮގްރާމް ފެށިއްޖެ

ހއ. އަތޮޅު ކައުންސިލުން ހއ. އަތޮޅުގެ ރަށު ކައުންސިލްތަކުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް އަމާޒުކޮށްގެން  ބާއްވާ  އޮޓޯކެޑް އެޑްވާންސް ޓްރެއިނިންގ ޕްރޮގްރާމް ފެށިގެން ކުރިއަށް އެބަދެއެވެ. މި ހިނގާ މޭ 21 ން މޭ 24 ވަނަ ދުވަހުގެ ނިޔަލަށް ހއ. އަތޮޅު ކައުންސިލްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޓްރެއިނިންގް ޕްރޮގްރާމްގައި ހއ. އަތޮޅުގެ ރަށު ކައުންސިލްތަކުން 21 ބައިވެރީން ބައިވެރިވެފައިވެއެވެ. އަދި ދިއްދޫގެ މުވައްސަސާތަކުން1 ބައިވެރިއަކާ އެކު ޖުމްލަ 22 ބައިވެރީން ބައިވެރިވެފައިވެއެވެ.

އޮޓޯކެޑް އެޑްވާންސް   ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ފިޒިކަލްކޮށެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ބައިވެރީންނަށް ދިއްދުއަށް ނާދެވޭތީ، މިހާރު ކުރިއަށް ގެންދަނީ ފިޒިކަލްކޮށް އަދި އޮންލައިންކޮށެވެ. މި ޓްރެއިނިންގ ޕްރޮގްރާމް ފެސިލިޓޭޓްކޮށްދެއްވަނީ މޯލްޑިވްސް އިނިސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ލެކްޗަރަރ އަޙްމަދު އަޤީލްއެވެ.