ހއ. އަތޮޅުގެ މަސްވެރިންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ. އަތޮޅު ކައުންސިލުން އަތޮޅު ފެންވަރުގައި ފާހަގަކުރަމުންގެންދާ މަސްވެރިންގެ ދުވަސް ފާހަގަކުރުން، މި އަހަރު ވެސް ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މި އަހަރު މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން  ހިންގާ ޙަރަކާތްތަކުގައި ހއ. އަތޮޅުގެ އެންމެ ޒުވާން މަސްވެރިޔާ، އެންމެ ދުވަސްވީ ކެޔޮޅަށް އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މަސްވެރިކަމުގައި އުޅުއްވާ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން  މި އަހަރު ވަނީ ހއ.އަތޮޅު ކައުންސިލުން ޚާއްޞަ އެވޯޑެއް ދިނުމަށް  ވެސް ނިންމާފައެވެ.

އަދި މަސްވެރިންގެ ދުވަހުގެ ޙަރަކާތްތައް ކުރިޔަށް ގެންދާއިރު އެންމެ ބަރުމަސް ބާނާ ދޯނި އަދި އެންމެ ގިނަ މަސް ބާނާ ދޯނި ހޮވައި އެ ފަރާތްތަކަށް ވެސް އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި އެވޯޑްތަކުގެ ތެރެއިން އަމިއްލަ ފަރުދުންނަށް ކުރިމަތި ލެވޭ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުޞަތު 2023 ނޮވެންބަރު 30 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ހއ.އަތޮޅުގެ މަސްވެރިކަމުގައި އުޅުއްވާ ފަރާތްތަކަށް ވަނީ ހުޅުވާލެވިފައެވެ. މިކަމަށް އެދި ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް މި ކައުންސިލްގެ ވެބްސައިޓުންނާއި ރަށުކައުންސިލްތަކުން ލިބެން ހުންނާއެވެ.