ތަކެތި ނީލަން ކިޔުމާބެހޭ
މި ކައުންސިލް އަދި ހއ.އަތޮޅު ސްޓޭޓް ހައުސްގައި ހުރި ބައު ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަން ކިޔުމަށްވަނީ ހަމަޖެހިފައެވެ. ނީލަން ކިޔުން އޮންނާނީ 2025 ޖުލައި 19 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައި ހއ.އަތޮޅު ސްޓޭޓް ހައުސް ގޯތިތެރޭގައެވެ. ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް ވަޑައިގެން ދެއްވުން އެދެމެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން މި ކައުންސިލަށް ވަގުތުން ފައިސާ ޖަމާކޮށްދެއްވުމަށްފަހު، 48 ގަޑިއިރުގެ ތެރޭގައި ތަކެތި ގެންދެވުން އެދެމެވެ. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ތަކެތި ނުގެންދަވައިފިނަމަ، އެ ތަކެތި ނައްތާލެވޭނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.
13 މުޙައްރަމް 1447
08 ޖުލައި 2025