ފުޓްބޯޅަ އާއި ފުޓްސަލް ބޭސިކް ރެފްރީން ޓްރެއިނިންގ ކޯސް ފެށިއްޖެ

މި ކައުންސިލާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން މި ނޮވެންބަރު މަހުގެ 05 ން 15 އަށް ކުރިއަށް ގެންދާ ފުޓްބޯޅަ ބޭސިކް ރެފްރީން ޓްރެއިނިންގ ކޯސް ފެށިއްޖެއެވެ.

ބޭސިކް ރެފްރީން ޓްރެއިނިންގ ކޯސް ކުރިއަށް ގެންދަނީ މުޅި ހއ.އަތޮޅަށް ހުޅުވާލައިގެން ކޮންމެ ރަށަކުން 2 ފަރާތަކަށް ބައިވެރިވުމުގެ ފުރުޞަތު ދީގެންނެވެ. މި ކޯހުގައި ޖުމްލަ 44 ބައިވެރިން ތަމްރީނު ފުރިހަމަކުރަމުން ދެއެވެ. އަދި އޮބްޒާވަރުންގެ ގޮތުގައި 3 ބޭފުޅަކު ޙަރަކާތްތެރި ވެއެވެ.

މި މަހުގެ 05ން ފެށިގެން ކުރިއަށް ދިޔައީ ތިއަރީ ކުލާސްތަކެވެ. އަދި މި މަހު 10ން ފެށިގެން ޓްރެއިނިންގެ އަމަލީ ކުލާސްތައް ކުރިއަށް ދަނީ ހއ.ދިއްދޫ ދެކުނު ޓާފްދަނޑުގައެވެ.

މި ޓްރެއިނިންގ ކޯހުގެ ޓްރެއިނާރސް ގޮތުގައި ޙަރަކާތްތެރިވަނީ ފުޓްބޯލް އެސޯސިއޭޝަންގެ ރެފްރީންކަމުގައިވާ

އަހްމަދު އަމީޒާއި  މުޙައްމަދު އަނީލް ޢަބްދުއްލަޠީފެވެ.

މި ޓްރެއިނިންގ ފުރިހަމަކުރާ ފަރާތްތަކަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ސެޓްފިކެޓާއި އެފް.އޭ.އެމްގެ ބެޖެއް ދިނުމަށް ހަމަޖެހިފައިވެއެވެ.