ތިލައުތުރުފުޓްސަލް 2023 ވަށަފަރު ކާމިޔާބު ކޮށްފި

މި ކައުންސިލާއި މާރަންދޫ ކައުންސިލް ގުޅިގެން މާރަންދޫގައި މި ނޮވެންބަރު މަހުގެ 3ން 10ށް ތިލައުތުރު ފުޓްސަލް މުބާރާތް-2023  ނަމުގައި ކުރިޔަށްދިޔަ ފުޓްސަލް މުބާރާތް ވަށަފަރު ޓީމް ކާމިޔާބުކޮށްފިއެވެ.

މި ނޮވެންބަރު މަހުގެ 10 ވަނަދުވަހުގެ ހަވީރު 3:45 ގައި މާރަންދޫ ދަނޑުގައިކުޅުނު ފައިނަލް މެޗު އުތީމާއެކު ކުޅެ 1-0 ކުރި ހޯދައިގެން މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ވަށަފަރު ޓީމެވެ.

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ ގޮތުގައި ހޮވިފައިވަނީ

ޖާޒީ ނަންބަރު 7 މުޙައްމަދު މަޒީން އުތީމު ޓީމް

ޖާޒީ ނަންބަރު 13 ސާޖިދު ރަޝީދު ވަށަފަރު ޓީމް

ޖާޒީ ނަންބަރު 7 ޢަބްދުﷲ އިޚްވާން ފިއްލަދޫ ޓީމް

ޖާޒީ ނަންބަރު 71 ޢަބްދުﷲ ޝިނާން ވަށަފަރު ޓީމް

ޖާޒީ ނަންބަރު 21 މަހާސީން މުޙައްމަދު ވަށަފަރު ޓީމް

މުބާރާތުގެ އެންމޮމޮޅު ކޯޗަކަށް ހޮވިފައިވަނީ ވަށަފަރު ޓިމްގެ ކޯޗު މުޙައްމަދު އަޒްލީންއެވެ. އަދި މި މުބާރާތުގެ ކިންގް އޮފް ދަ ޓޯނަމަންޓްގެ މަޤާމް ހޯދީ ވަށަފަރު ޓީމްގެ ޖާޒީ ނަންބަރު 71 ޢަބްދުﷲ ޝިނާނެވެ.

މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ އުތީމް ޓީމެވެ. އަދި ރަނަރަޕް ޓީމަކީ ވެސް އުތީމެވެ.

 

މި މެޗް ޝަރަފުވެރިކޮށްދެއްވީ ފުޓްބޯލް އެސޯސިއޭޝަންގެ އޮފް ދަ މޯލްޑިވްސްގެ ރެފްރީ އަޙްމަދު އަމީޒެވެ. މި އަހަރު މުބާރާތުގައި 11 ރަށަކުން ބައިވެރިވެފައިވެއެވެ.