ތިލައުތުރު ރަންތާޖު ޤުރްއާން މުބާރާތް މި މަހުގެ 26 ގައި ފެށޭނެ

36 ވަނަ ޤައުމީ ޤުރްއާން މުބާރާތަށް ދަރިވަރުން ހޮވުމަށް މި ކައުންސިލުން ބޭއްވުމަށް ހަމަޖެހިފައިވާ ތިލައުތުރު ރަންތާޖު ޤުރްއާން މުބާރާތް – 2023 އޮކްޓޫބަރު 26-28 އަށް ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް މި ކައުންސިލުން ކުރިއަށް އެބަގެންދެއެވެ. މި މުބާރާތް ޚާއްޞަ ކުރެވިފައި ވަނީ ހއ. އަތޮޅުގެ ސްކޫލް މަދަރުސާތަކުގައި ކިޔަވާ ދަރިވަރުންނާއި ހއ. އަތޮޅުގެ ޢާއްމު ފަރާތްތަކަށެވެ. މި މުބާރާތުގައި ބައިވެރި ވާނީ ރަށުކައުންސިލްތަކުގެ އޮޑިޝަނުން ހޮވޭ ފަރާތްތަކެވެ.  މި އަހަރުގެ ޤުރްއާން މުބާރާތުގައި 72 ދަރިވަރުންނާއި ޢާއްމުންގެ 36 ފަރާތަކާ އެކު ޖުމްލަ 108 ބައިވެރީން ބައިވެރިވެފައިވެއެވެ.

މި މުބާރާތުގެ އެއްވަނައަށްދާ ރަށަށް 10,000 ރުފިޔާ، ދެވަނައަށްދާ ރަށަށް 7,000 ރުފިޔާ އަދި ތިންވަނައަށްދާ ރަށަށް 5,000 ރުފިޔާގެ ފައިސާގެ އިނާމު ކަނޑައަޅައިފައިވާއިރު އެއްވަނަ އަށް ހޮވޭ ފަރާތަކަށް އަލްޙިޖުރާ ގްރޫޕްގެ ފަރާތުން ހުށަހަޅާފައިވާ ޢުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި އަހަރު މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ. މާރަންދޫގައެވެ.