ހއ. އަތޮޅުގައި މަލްޓި-ސްޕެޝަލިސްޓީ މެޑިކަލް ކޭމްޕެއް ފެށިއްޖެ

ހއ. އަތޮޅު ކައުންސިލާއި ޓްރީޓޮޕް އަދި ހއ. އަތޮޅު ހޮސްޕިޓަލް ގުޅިގެން ހިންގާ މެޑިކަލް ކޭމްޕު މިއަދު ފެށިއްޖެއެވެ. މި ހިނގާ އޮގަސްޓު މަހުގެ 11- 12 މި ދެ ދުވަހު ހއ. އަތޮޅު ހޮސްޕިޓަލްގައި ކުރިއަށް ގެންދާ މެޑިކަލް ކޭމްޕުގައި ބަލިމީހުން ބައްލަވަނީ ޓްރީޓޮޕްގެ 7 ސްޕަރ ސްޕެޝަލިސްޓް ޑޮކްޓަރުންނެވެ. އެގޮތުން ކަށީގެ ބަލިތަކާއި، ހަމުގެ ބަލިތަކާ ކުޑަކަމުދާ ނިޒާމުގެ ބަލިތަކާއި، ކަރުންމަތީގެ ބަލިތަކާއި ހިތުގެބަލިތަކުގެ އިތުރުން ފުއްޕާމޭގެ ބަލިތަކަށް  ޚާއްޞަ ޑޮކްޓަރުން ބަލިމީހުން ބައްލަވަމުން ގެންދަވާނެއެވެ.

މި ފަދަ ކޭމްޕެއް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ މި އަތޮޅުގެ ރައްޔިތުންނަށް އަތޮޅުގައި ތިބެގެން ޞއްޙީ ފަރުވާލިބޭނެ ފަސޭހަ މަގެއް ތަނަވަސް ކޮށްދިނުމާއި ރައްޔިތުންނަށް ފަސޭހަ ކަމާއެކު ޚާއްޞަ ޑޮކްޓަރުންނަށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދިނުމެވެ.

މި މެޑިކަލް ކޭމްޕުގެ ޑޮކްޓަރުންގެ ތެރޭގައި ކޮންސަލްޓަންޓުންނަކީ ކޮންސަލްޓަންޓް އިންޓަވެންޝަނަލް ކާޑިއޮލޮޖިސްޓް ޑރ. އަމިތު އަގަރްވާލް، ކޮންސަލްޓަންޓް ޑާމަޓޮލޮޖިސްޓް ޑރ. އަނޫ އަގަރްވާލް، ކޮންސަލްޓެންޓް އޮތްތޯޕީޑިކް އަދި ޓްރޯމާ ސާޖަން ޑރ. މުހައްމަދު ހަބީބް، ކޮންސަލްޓެންޓް އޮތްތޯޕީޑިކް ޑރ. އަލީ މުޒްނީ، އީއެންޓީ ސްޕެޝަލިސްޓް ޑރ. ޗަންދްރަޝޭކަރު ރަވާލް، ކޮންސަލްޓަންޓް ޕަލްމޮނޮލޮޖިސްޓް ޑރ. ރަގުލާން ރާޖަލިންގަމް އަދި ކޮންސަލްޓަންޓް ޔޫރޮލޮޖިސްޓް ޑރ. މެހްމެތު އޮޑާ އެވެ.

މި ކޭމްޕުގައި ބަލިމީހުންނަށް އިތުރު ފަރުވާ ބޭނުންފުޅުވާ ބޭފުޅުންނަށް ރިފަރަލް ހަމަޖައްސައިދިނުމުގެ ފަސޭހަ އިންތިޒާމެއްގެ ދަށުން ހަމަޖެހިގެން ދާނެއެވެ. އަދި މި ކޭމްޕްގެ ސްކްރީނިން ހިދުމަތް ފުޅާ ދާއިރާއެއްގައި ހުޅުވާލެވި ގިނަ މެހެމާނުންނަށް ހިދުމަތް ފޯރުކޮށްދެވޭނެކަމަށް މެޑިކަލް ކޭމްޕްގެ އެއްބައިވެރިއެއް ކަމުގައިވާ ޓްރީ ޓޮޕް ހޮސްޕިޓަލުން ފާހަގަކުރެ އެވެ

މި ކޭމްޕްގައި މިހާތަނަށް 420 ބަލިމީހުން އެޕޮއިންޓްމަންޓް ހައްދާފައިވެއެވެ.