ހއ. އަތޮޅު ގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޔުނިޓެއް ގާއިމުކޮށް ޚިދުމަތް ދޭން ފަށައިފި.

ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މަސައްކަތްތައް ލާމަރުކަޒު ކުރުމުގެ ތެރެއިން އެ އޮތޯރިޓީގެ ޔުނިޓެއް މި ކައުންސިލްގައި ގާއިމުކޮށް މިއަދު ޚިދުމަތް ދޭން ފަށައިފިއެވެ. ހއ. އަތޮޅުގެ ލޭބަރ ރިލޭޝަންސްގެ ޔުނިޓް ހުޅުވައިދެއްވީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤެވެ.

މިއަދު ޚިދުމަތް ފެށުނު މި ޔުނިޓުން ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކޮށްދިނުމަށްޓަކައި، ހުށަހެޅޭ މައްސަލަތައް ބެލުމުގެ އިތުރުން މުޅި އަތޮޅުގެ ވަޒީފާއާގުޅޭ މައްސަލަތައް ބެލުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

ޔުނިޓް ހުޅުވައިދެއްވުމަށްފަހު، ލޭބަރ ރިލޭޝަން އޮތޯރިޓީގެ މުވައްޒަފުންނާއެކު ބޭއްވުނު ބައްދަލުވުމުގައި ކައުންސިލްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، އަތޮޅު ކައުންސިލްގެ މުވައްޒަފުންނެކޭ އެއްފަދައިން ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މުވައްޒަފުންގެ މަސައްކަތަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވިއެވެ.