އަތޮޅު ކައުންސިލް ޓީމް އައްޑޫ ސިޓީގެ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ޕޮލސިންގ ކޮލެޖަށް ޒިޔާރަތް ކޮށްފި

ހއ. އަތޮޅު ކައުންސިލްގެ ޓީމް މިމަހުގެ 7-15 ށް ފުވައްމުލަކާއި އައްޑޫ ސިޓީއަށް ކުރާ ތަޖުރިބާ ދަތުރުގައި މިއަދު އައްޑޫ ސިޓީގެ ނެޝަނަލް ކޮލެޖު އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓަށް ޒިޔާރަތް ކޮށް ސީނިއަރ މެނޭޖުމަންޓާ ބައްދަލު ކޮށްފިއެވެ.

މި ބައްދަލުވުން ބޭއްވިފައި ވަނީ މިއަދު ހެނދުނު 9:00 ގައި ފުލުހުންގެ ކޮލެޖުގައެވެ. މި ބައްދަލުވުމުގައި ފުލުހުން ދެއްވާ ޓްރެއިނިންގތަކާއި އެބޭފުޅުން ކުރައްވާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވީ އެގްޒެކެޓިވް ޑިރެކްޓަރ އަޙްމަދު ޝިފާނެވެ. އަތޮޅު ކައުންސިލްގެ ޓީމުން ކައުންސިލްގެ މެންބަރުން އެބޭފުޅަކު ނިސްބަތްވާ ރަށްރަށުގައި ހުރި ފުރުޞަތު ތަކާގުޅޭގޮތުން ފުލުހުންނާ މަޝްވަރާ ކުރެއްވިއެވެ.