ހއ. އަތޮޅު ކައުންސިލުން އަތޮޅުގެ ހުރިހާ ރަށަކަށް ޢީދު ސައި ދޭން ނިންމައިފި

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ 04 ވަނަ ދައުރުގެ 75 ވަނަ ޢާންމު ބައްދަލުވުމުން 2023 ވަނަ އަހަރު އަތޮޅު ކައުންސިލުން ހިންގުމަށް ރާވާފައިވާ ޙަރަކާތްތަކުގެ ތެރޭގައި 1444 ވަނަ އަހަރުގެ  އަޟްހާ ޢީދު ސައި ރަށުގެ ރައްޔިތުންނަށް ދިނުމަށް ހަމަޖެހިފައިވާތީ މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ އެއްބަސްވުމުގައި ހއ. އަތޮޅުގެ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއެކު މިއަދު ސޮއިކޮށްފިއެވެ.  މިއަދު ސޮއިކުރީ ތުރާކުނު،މޮޅަދޫ ވަށަފަރު ދިއްދޫ، ފިއްލަދޫ، މާރަންދޫ، ތަކަންދޫ، އުތީމު، މުރައިދޫ އަދި ބާރަށުގެ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއެކުގައެވެ.  މި އެއްބަސްވުމުގެދަށުން ކޮންމެ ކޮމިޓީއަކަށް ފަސްހާސް ރުފިޔާގެ މާލީ އެހީތެރިކަމެއް ފޯރުކޮށް ދިނުމަށް ކައުންސިލުންވަނީ ނިންމާފައެވެ.

މިހަރަކާތުގެ އެއްބަސްވުމުގައި ހއ.އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މޫސާ ޝަފީގެވެ. ރަށްރަށުގެ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ފަރާތުން ސޮއިކުރެއްވީ އެކޮމެޓީތަކުގެ ރައީސާ އިންނެވެ.