ކުނި މެނޭޖު ކުރުމުގެ ޕްލޭން ތައްޔާރުކުރާނޭގޮތުގެ ބައްދަލުވުމެއް ފެށިއްޖެ

ހއ. އަތޮޅު ރަށްތަކުގެ ކުނި މެނޭޖުކުރާނޭ ގޮތުގެ ޕްލޭން ތައްޔާރު ކުރުމަށް ބާއްވާ ވޯރކްޝޮޕް މިއަދު ފެށިއްޖެއެވެ. 2023 އެޕްރީލް 29- 30 އަށް މި ކައުންސިލުން ކުރިއަށް ގެންދާ  ވޯރކްޝޮޕްގައި ބައިވެރިވެފައިވަނީ 13 ރަށުކައުންސިލުންނެވެ. މީގެ އިތުރުން ށ. އަތޮޅު ކައުންސިލްގެ 2 މުވައްޒަފުންނާއި ނ. އަތޮޅު ކައުންސިލްގެ 4 މުވައްޒަފުން މި ވޯރކްޝޮޕް ގައި ބައިވެރިވެފައިވެއެވެ. މި ވޯރކްޝޮޕްގެ ޚާއްޞަ މަންދޫބުންގެ ގޮތުގައި ށ. އަތޮޅު ކައުންސިލްގެ ރައީސް، ބ. އަތޮޅު ކައުންސިލްގެ ރައީސް، އަދި ލ. އަތޮޅު ކައުންސިލްގެ ރައީސް ބައިވެރިވެ ވަޑައިގަންނަވައެވެ.

މި ވޯރކްޝޮޕްގައި ކުނި މެނޭޖުކުރާނެގޮތާއި އޭގެ މުހިންމުކަމާއި ގުޅޭ މައުލޫމާތާއި ކުނި މެނޭޖު ކުރުމުގެ މާސްޓަރ ޕްލޭން ތައްޔާރު ކުރާނޭގޮތުގެ މަޢުލޫމާތު ބައިވެރިންނަށް ދިނުމަށް  ވަނީ ހަމަޖެހިފައެވެ.

ފެސިލިޓޭޓަރުންގެ ގޮތުގައި މިކަމާ ގުޅޭ މަޢުލޫމާތު ދެއްވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖު އެންޑް ޓެކްނޯލޮޖީގެ 2 ބޭފުޅުން ކަމުގައިވާ  ސީނިއަރ އެންވަޔަރަންމަންޓް އެނަލިސްޓް އިސްމާޢީލް އަޖުމަލް، ޕްރޮޖެކްޓް ކޯޑިނޭޓާރ ޢާއިޝަތު ނަސީމްގެ އިތުރުން  ނ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ބަޝީރު، ނ. މާފަރު ކައުންސިލްގެ ރައީސް މުޙައްމަދު އަދުނާން، ނ. ކެނދިކުޅުދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރައޫފް، ނ. ކުޑަފަރީ ކައުންސިލްގެ ރައީސް ޢަލީ ޝަމީމް މުޙައްމަދެވެ.