ތިލައުތުރު އެވޯޑް 2023 އަށް ކުރިމަތިލުމުގެ މުއްދަތު އެޕްރީލް 27 ވާ ބުރާސްފަތި ދުވަހު ހަމަވާނެ.
ހއ. އަތޮޅު ދުވަސް ފާހަގަކުރުމުގެ ގޮތުން ދިނުމަށް ހަމަޖެހިފައިވާ “ތިލައުތުރު އެވޯޑް 2023” އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ހއ.އަތޮޅު ދުވަސް ފާހަގަކުރަނީ ތަފާތު ދާއިރާތަކުން ދިގު މުއްދަތަކަށް ފާހަގަކުރެވޭފަދަ ޝަރަފްވެރި ޚިދްމަތްތަކެއް ހއ. އަތޮޅަށް ކޮށްދީފައިވާ ފަރާތްތަކާއި، އަދި އެނޫނަސް ތަފާތު އެކިއެކި ދާއިރާތަކުން ޚިދްމަތްތައް އަތޮޅަށް ކޮށްދީފައިވާ ފަރާތްތަކާއި، ހއ.އަތޮޅު ސްކޫލު މަދަރުސާތަކުން ފަޚުރުވެރި ވަނަތައް ހޯދާފައވާ ދަރިވަރުންނާއި، އަތޮޅަށް އެންމެ ޚިދްމަތްތެރި ރިޒޯޓަކާއި، އަތޮޅަށް އެންމެ ޚިދްމަތްތެރި ސިނާޢީ މަސައްކަތްކުރާ ފަރާތަކާއި، އަދި އަތޮޅުގެ އެންމެ ހިންގުންތެރި ރަށު ކައުންސިލަކާއި، އެންމެ ޙަރަކާތްތެރި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަކާއި ކުލަބު ޖަމްޢިއްޔާއެއް ފާހަގަކޮށް އެފަރާތްތަކުގެ އަގުވަޒަންކޮށް ހިތްވަރުދިނުމުގެ ގޮތުންނެވެ.
ތިލަ އުތުރު އެވޯޑް 2023 އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ މި އެޕްރީލް މަހުގެ 27 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ނިޔަލަށެވެ. ތިލަ އުތުރު އެވޯޑް 2023އަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ އެޕްލިކޭޝަން ފޯމާއި ތިލައުތުރު އެވޯޑް ދިނުމުގެ އުޞޫލް މި އިދާރާގެ ވެބްސައިޓް www.halifatoll.gov.mv އިންނާއި ހއ. އަތޮޅުގެ ރަށު ކައުންސިލްތަކުންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.
ހއ.އަތޮޅު ދުވަސް ފާހަގަކުރަން ހަމަޖެހިފައިވަނީ 2023 މެއި 21 ވާ އާދިއްތަ ދުވަހުއެވެ.