ހއ. އަތޮޅު ޕްރިންސިޕަލުންނަށް އަމާޒުކޮށްގެން ބާއްވާ ފޯރަމް ފެށިއްޖެ

ހއ. އަތޮޅުގެ ސުކޫލުތަކުގެ ޕްރިންސިޕަލުންނަށް އަމާޒުކޮށްގެ ބާއްވާ ފޯރަމް މިއަދު ފެށިއްޖެއެވެ.

2023 މާރިޗް 19 އިން 2023 މާރިޗް 20 އަށް މި ކައުންސިލްގައި ފެށި  މި ފޯރަމްގައި ހއ.އަތޮޅުގެ 14 ސްކޫލުން 12 ޕްރިންސިޕަލުންނާއި 1 އެޑްމިނިސްޓްރޭޓަރ އަދި މި އަތޮޅުގެ ރަށު ކައުންސިލްތަކުގެ 08 ރައީސުން ބައިވެރިވެލައްވައެވެ.

މި ފޯރަމްގެ މަޤްސަދަކީ ހއ.އަތޮޅުގެ ސުކޫލުތަކުގެ ގުޅުން ރަނގަޅުކޮށް ބެސްޓް ޕްރެކްޓިސް ޙިއްޞާ ކުރެވޭނެ މަގުފަހިކޮށްދިނުމަށާއި، އަތޮޅުގެ ތަޢުލީމީ ތަޞައްވުރެއް ކަނޑައަޅައި އެމަގަށް މަސައްކަތްކުރުމަށާއި، ތަޢުލީމީ ޤާނޫނު ތަންފީޛުކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް އެހީތެރިވެދިނުމަށާއި އަތޮޅު ފެންވަރުގައި އަތޮޅު ކައުންސިލްގެ އެހީތެރިކަމާއެކު، ވަކިވަކި ސްކޫލްތައް ކުރިއަރުވާނެ 3 އަހަރު ދުވަހުގެ ސްޓްރެޓެޖީކް ޕްލޭނެއް އެކުލަވައިލުމެވެ.

މި ފޯރަމްގެ ބައިވެރިންނަށް މަޢުލޫމާތު ދެއްވާނީ ވިލާ ކޮލެޖުގެ ސެންޓަރ ފޮރ ޕޯސްޓް ގްރެޖުއޭޓް ސްޓަޑީޒްގެ ޑީން، ޑރ. އިބްރާހިމް ލަޠީފާއި ވިލާ ކޮލެޖުގެ ޗީފް އޮފް އެގްޒަމިނަރ އަޙްމަދު ނަޞީރު ޔޫޞުފެވެ.