ހއ.އަތޮޅު ކައުންސިލުގެ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދިނުމަށް އިތުރު ބޮޅެއް!

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދިނުމުގެ ޚިދުމަތް ލާމަރުކަޒީ އުސޫލުން ރައްޔިތުންނާ ގާތުން، ޚިދުމަތް ދޭގޮތަށް ސަރުކާރުން ހަމަޖެއްސެމުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި (އޭރުގެ ޓްރާންސްޕޯޓް އޮތޯރިޓީ) ގުޅިގެން ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން 2010 ވަނަ އަހަރު ފަށާފައިވާ ޚިދުމަތެކެވެ.

އެ ޚިދުމަތަށް 11 އަހަރު ވެފައިވާއިރު ކައުންސިލުން މިވަނީ އެ މަސައްކަތަށް ބޮޅެއް އިތުރުކޮށްފައެވެ. އެގޮތުން 2022 ނޮވެންބަރު 21 ވަނަ ދުވަހުން ފެށިގެން ހެވީ ވެހިކަލު އޮޕަރޭޓް ކުރުމުގެ ލައިސަންސް ދެމުންގެންދާ ކަމުގައި ކައުންސިލުގެ ނަންބަރު: (IUL)225-ID/225/2022/48  އިޢުލާނުގައިވެއެވެ. ހެވީ ވެހިކަލް ތެރޭގައި ހިމެނޭ ފޯކްލިފްޓް، އެކްސްކެވޭޓަރގެ އިތުރުން 4000 ޓަނަށްވުރެ މަތީގެ މުދާ އުފުލޭ އުޅަނދު އޮޕަރޭޓް ކުރެވެމުން ގެންދެވެއެވެ.

ކައުންސިލުން ދެމުން އަންނަ ޓްރާންސްޕޯޓް މިނިސްޓްރީގެ އޭ.ޒޯން ލައިސަންސެކޭ އެއްގޮތަށް މި ޚިދުމަތް ލިބޭނީ ރަސްމީ ގަޑީގައި ފޯމް ހުށަހަޅައި، ހެވީ ވެހިކަލު އޮޕަރޭޓް ކުރުމާއި ލައިސަންސް ހެއްދުމުގެ ފީ ދައްކާ ފަރާތްތަކަށެވެ.

ކައުންސިލުގެ އަމާޒަކީ އަލަށް ތަޢާރަފު ކުރި ހެވީ ވެހިކަލް އޮޕަރޭޓް ކުރުމުގެ ލައިސަންސް ދިނުމުގެ ޚިދުމަތާއި ގުޅިގެން މި އަތޮޅުގެ ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ވެގެންދިޔުމެވެ.