ކައުންސިލްތަކުގެ މާލީ ކަންކަން ހަރުދަނާ ކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ފަށައިފި

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއިން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އެހީތެރިކަމާއެކު ކައުންސިލްތަކުގެ މާލީ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ދައުލަތުގެ މާލިއްޔަތު ޤަވާއިދު، ވިޔަ މޮޑިއުލް އަދި ލޯކަލް ކައުންސިލްތަކުގެ މާލީ ބަޔާން ތައްޔާރުކުރުމަށް އަހުލުވެރިކުރުމުގެ ގޮތުން ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ. 7 ދުވަހުގެ މުއްދަތަށް ހއ.އަތޮޅު ކައުންސިލް އިދާރާގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ތަމްރީނު ޕްރޮގްރާމް ފައްޓަވައިދެއްވީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤެވެ.

2022 އޮގަސްޓް 25 ން 31 ގެ ނިޔަލަށް ކުރިއަށް ދާ މި ޕްރޮގްރާމްގައި މި ކައުންސިލާއި މި އަތޮޅުގެ 14 ރަށުކައުންސިލްގެ ފައިސާއާއި ޕްރޮކިއުމަންޓާގުޅޭ މަސައްކަތް ކުރައްވާ ޖުމްލަ 36 މުވައްޒަފުން ބައިވެރިވެފައި ވެއެވެ.

މި ތަމްރީނު  ޕްރޮގްރާމްގެ ފެސިލިޓޭޓަރުންގެ ގޮތުގައި ޙަރަކާތްތެރިވެވަޑައިގަންނަވަނީ ލޯކަލް ގަވަރމެންޓް އޮތޯރިޓީ އާއި މިނިސްޓްރީ އޮފް ފިނޭންސާއި އަދި އޮޑިޓަރ ޖެނެރަލް އޮފީހުގެ ފަންނީ ބޭފުޅުންނެވެ.