ތަރައްޤީގެ ޕްލޭން އެކުލަވައިލުމުގައި އަތޮޅު ރައްޔިތުންގެ ޚިޔާލު ހޯދުން

ކުރިއަށްއޮތް 5 އަހަރު ދުވަހުގެ ތަރައްޤީ ޕްލޭން ( 2022 ން 2026 އަށް ) އެކުލަވައިލުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ ގޮތުން އޮންލައިންކޮށް ރައްޔިތުންގެ ޚިޔާލު ހޯދަން ބޭނުން ވެއެވެ. ވީމާ، މިދަންނަވާ ދާއިރާތަކުން ޚިޔާލު ހޯދަން ބޭނުންވާތީ ކޮންމެ ދާއިރާއެއް ވަކިވަކިން އެ ބޭފުޅަކަށް ފެނިވަޑައިގަންނަވާ ބިނާ ކުރަނިވި ޚިޔާލުފުޅެއް މި ލިންކުން ފެނިވަޑައިގަންނަވާ ފޯމް ގައި ލިއުއްވައި ދެއްވުމަށް ފަހު ސަބްމިޓް ކޮށްދެއްވުން އެދެމެވެ.


1. އިދާރީ ދާއިރާގެ އިޤްތިޞާދު ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުން.

2. އިދާރީ ދާއިރާގައި ހިމެނޭ ރަށު ކައުންސިލްތަކަށް މާލީ ނަފާވެރިކަން ހޯދައި ދިނުން.

3. ކައުންސިލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ބޭނުންވާ އިދާރީ އަދި ފަންނީ ޤާބިލްކަން އިތުރުކުރުން.

4. ކައުންސިލުން ހިންގާ ހަރަކާތްތައް ވިލަރެސް ކުރުމާއި ކައުންސިލްތައް ހިނގާނުހިނގާގޮތް ބެލުން.

5. އިންފޯމޭޝަން ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުން.

6. ކައުންސިލްތައް ހިންގުމުގައި ޢާންމުންގެ ބައިވެރިވުން އިތުރުކުރުން.

7. އިދާރީ ދާއިރާގައި ހިމެނޭ ރަށްރަށުގައި ވިލުންވެރި މުޖުތަމައެއް ބިނާކުރުން.

8. ތިމާވެށި ރައްކާތެރި ކުރުމާއި ދިރޭ ތަކެތީގެ ނަސްލު ހިމާޔަތް ކުރުން.

9. އަތޮޅު ކައުންސިލްގެ އިދާރީ ހިންގުން ހަރުދަނާ ކުރުން.