ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމް ހއ. އަތޮޅު ހަތަރު ރަށެއްގައި

ހއ. އަތޮޅުގެ ހަތަރު ރަށެއްގައި ދީނީދަރުސް ދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްއިން ހަމަޖައްސައިފިއެވެ.

ދީނީދަރުސް ދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ހއ. ހޯރަފުއްޓާއި، އިހަވަންދޫއާއި، މާރަންދޫއާއި، އަދި ތަކަންދޫ ގައެވެ.

ހއ. އަތޮޅު ކައުންސިލްގެ އިދާރާއާއި ރަށްރަށުގެ ރަށު ކައުންސިލްތަކާއި އެ ރަށްރަށުގެ ސްކޫލްތައް ގުޅިގެން ހިންގަން ހަމަޖެހިފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިހިނގާ އޮކްޓޯބަރ މަހުގެ 05 ން 09 އަށެވެ. މި ޕްރޮގްރާމްގައި ސްކޫލްތަކުގެ ދަރިވަރުންނަށާއި މިސްކިތްތަކުގައި ޢާންމުންނަށް ދީނީ ނަސޭހަތް ދިނުމަށް ހަމަޖެހިފައި ވެއެވެ.