ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ މުނާސަބަތުގައި ކެލައަށް ވިޒިޓް ކުރައްވާ

މިއަހަރުގެ ޓްއަރިޒަމް ދުވަހުގެ މުނާސަބަތުގައި ކެލާ ކައުންސިލުން ހިންގަން ހަމަޖެހިފައިވާ ކެލާ އިޝްތިހާރު ކުރުމުގެ ޕްރޮގްރާމްގެ ތެރޭގައި ހިމެނޭ  ?Have you visited kelaa  ހިމެނޭ ފޭސްބުކް https://www.facebook.com/Kelaacouncil/videos/527500248603174 ވީޑިއޯ އަށް ކޮމެންޓް ކޮށްދެއްވުމަށް ކެލާ ކައުންސިލުން ވަނީ ޢާންމުކޮށް ހުޅުވާ ލައްވާފައެވެ.

މި ވީޑިއޯއަށް ކޮމެންޓް ކުރުމުގައި ބޭނުންކުރަން ހަމަޖެހިފައިވަނީ ( beautifulkelaa  #NaturallyBeautiful# ) މި ދެ ޓެގް ބޭނުން ކުރައްވައިގެން ނެވެ. މީގެ އިތުރުން މި ވީޑިއޯއަށް އެންމެގިނަ ރިއެކްޓް ލިބޭ ކޮންމެންޓެއް ކުރައްވައިގެން 1 ( އެކެއް ) ވަނައަށް ހޮވޭ ފަރާތަކަށާއި އަދި އެ ފަރާތުގެ އިތުރު ބައިވެރިޔަކަށް 2 ދުވަހު ކެލާ ގެސްޓްހައުސެއްގައި ހުރުމާއި ކެއުމާއި މާލޭ ހަނިމާދޫ ގެ ދެކޮޅި ޓިކެޓާއި ކެލާ ބަލާލުމާއި ޑައިވިންގ ދަތުރާއި މަސްދަތުރު ޖެޓްސްކީ ދުއްވުން ހިމެނޭ ޕެކޭޖެއްވަނީ ތަޢާރަފުކޮށްފައި ކަމަށް ކެލާ ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ.

މި މުބާރާތުގައި ކެލާ ރައްޔިތުންނާއި ކެލާގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުން ފިޔަވައި ރާއްޖޭގެ ކޮންމެ ހިސާބަކުން ކޮންމެ ބޭފުޅަކަށްވެސް ބައިވެރި ވެވޭނެކަމަށް ކެލާ ކައުންސިލުން ވިދާޅުވެއެވެ. އަދި ރާއްޖެއިން ބޭރުގެ ފަރާތްތަކަށްވެސް މި މުބާރާތުގައި ބައިވެރި ވެވިދާނެއެވެ. އިތުރު މަޢުލޫމާތު 7256171 ނަމްބަރުން