ބާރަށުން 9 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ހއ. ބާރަށުގައި ހޯމް ކަރަނަޓީނުގައި ތިބި 9 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ހއ. އަތޮޅު ހޮސްޕިޓަލާ ޙަވާލާދީ ބައެއް ނޫސްތަކުން ހާމަކުރި ގޮތުގައި މި މީހުން ޕޮޒިޓިވްވިކަން އެނގުނީ ހޯމް ކަރަންޓީނު ނިންމާ ނެގި ސާންޕަލުންނެވެ.

މިއީ އެއް ގެއެއްގައި ކަރަންޓީނުގައި ތިބި ބައެއްކަމަށާއި މިމީހުންގެ ތެރޭގައި ހައިރިސްކު މީހެއް ހިމެނޭކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

މިބަލި ރާއްޖޭގައި ފެތުރެން ފެށިފަހުން މިއީ ފުރަތަމަ ފަހަރަށް ބާރަށުން މިބައްޔަށް މީހުން ޕޮޒިޓިވްވި ފަހަރެވެ. މިހާތަނަށް ހއ. އަތޮޅު 7 ރަށަކުން 54 މީހުންނަށް ބަލި ޖެހި 50 މީހުން ބަލިން ރަނގަޅުވެފައި ވެއެވެ.