ދިއްދޫން އިތުރު މީހަކު ކޮވިޑަށް ޕޮސިޓިވް ވެއްޖެ

ހއ ދިއްދޫން އިތުރު މީހަކު ޕޮޒިޓިވްވެ، ޕޮލިސް ކްލަސްޓާގެ އަދަދު 4 އަށް އަރައިފި އެވެ. މިއީ މި ކްލަސްޓާގައި ދިއްދޫއިން ޕޮޒިޓިވްވި ހަތަރު ވަނަ މީހާ އެވެ.

ދިއްދޫއިން މިރޭ ޕޮޒިޓިވްވެފައިވަނީ ދިއްދޫން ކުރިން ޕޮޒިޓިވްވި ތިން ފުލުހުންގެ ތެރެއިން އެކެއްގެ ޑައިރެކްޓް ކޮންޓެކްޓެކެވެ. އެއީ އެތަނުން އެއް ފުލުހެއް އަންހެނުންނެވެ. މިއީ މި ކްލަސްޓާގައި އާންމު މީހަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. މިއާއެކު މިހާތަނަށް ހއ. އަތޮޅުން މިބަލި ޖެހުނު މީހުންގެ އަދަދަކީ 41 އެވެ. މިބަލިމް މިހާތަނަށް 32 މީހުން ރަނގަޅުވެފައި ވެއެވެ. މިހާރު މިބަލި ޖެހިފައިވަނީ 9 މީހަކަށެވެ.

 

ޕޮލިސް ކްލަސްޓާއާ ގުޅިގެން ކުޅުދުއްފުށީގެ އިތުރުން 9 ރަށަކުން ވަނީ ޑައިރެކްޓް ކޮންޓެކުޓުގެ ގޮތުގައި މީހުން ފާހަގަ ވެފައެވެ. އެއީ ހދ ކުރިނބީ، ށ އަތޮޅުން ފުނަދޫ، މިލަންދޫ، ފޯކައިދޫ އަދި ކަނޑިތީމެވެ. އަދި ހއ އަތޮޅުން ދިއްދޫ، ހޯރަފުށި އަދި ބާރަށެވެ.