ކެލައިން ކޮވިޑަށް ފައްސިވި ދިހަ މީހުންނަށް ބަލިން ޝިފާ ލިބި ދޫކޮށްލައިފި

ހއ. ކެލާގައި ދުއްވާ ” ސަވާރީ ” ބޯޓުން ކޮވިޑް 19 އަށް ފައްސިވި އެބޯޓްގެ 08 ފަޅުވެރިންނާއި ބޯޓްގެ ކައްޕިއާއި އިތުރު މީހަކު އެބަލިން ރަނގަޅުވެ މިއޯގަސްޓް މަހު 14 ގައި ކަރަންޓީނުން ދޫކޮށްލާފައިވާކަމަށް ކެލާ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ހާމަކޮށްފައި ވެއެވެ. މިއާއެކު މި ބައްޔަށް ކެލައިން ފައްސިވި އެންމެން ރަނގަޅުވީއެވެ.

ހުސްވި ޖުލައިމަހުގެ 22 ގައި މާލެއިން ކެލެއަށް ދަތުރުކުރި މިބޯޓުން ކޮވިޑް ބައްޔަށް ފައްސިވި މީހަކު ފެނިފައިވަނީ، ހުސްވި ޖުލައިމަހުގެ 28 ގައެވެ. އެއީ އެބޯޓްގެ ކައްޕީގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނުމާ ގުޅިގެން ނެގި ސާންޕަލް ފައްސި ވެގެންނެވެ. އޭގެފަހުން ބޯޓްގެ އެހެން ފަޅުވެރިންގެ ކޮންޓެކްޓް ޓްރޭސިން ހެދުމުން ބައްޔަށް ފައްސި ވިއެވެ.

ކެލާ ކައުންސިލްގެ ފޭސްބުކް ޕޭޖްގައި، ފަރުދީ ޒިންމާ އަދާކުރުމަށާއި ކޮންމެހެން ބޭރަށްދާން ޖެހިއްޖެ ހާލަތެއްގައިވެސް މާސްކު އެޅުމަށާއި ގައިދުރުކަން ބެހެއްޓުމަށް އިލްތިމާސް ކުރައްވާފައި ވެއެވެ.

މި ބަލީގައި އަތޮޅުގައި މިވަގުތިބީ 5 މީހެކެވެ.