ހއ. އަތޮޅު ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ވަގުތީ ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމަށް އެ ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލްކަމުގެ މަޤާމުގައި ހުންނެވި ހއ. ދިއްދޫ އިކްލީލްގޭ އަލްފާޟިލް ޢަބްދުﷲ ޝަފީޤް ސިވިލްސަރވިސް ކޮމިޝަނުން އައްޔަން ކުރައްވައިފިއެވެ.
މިގޮތަށް ހަޖަމަޖެއްސެވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ( 2010/7 ) އަށް ގެނެވުނު 8 ވަނަ އިސްލާހާ ގުޅިގެން އެ ޤާނޫނުގެ 126 ވަނަ މާއްދާގައިވާ ގޮތުގެމަތިން ލޯކަލް ކައުންސިލްތަކުގެ އެންމެއިސް އިދާރީ މުވައްޒަފަކީ ސެކްރެޓަރީ ޖެނެރަލް ކަމަށް ވާތީއެވެ.
ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމަށް އަލްފާޟިލް ޢަބްދުﷲ ޝަފީޤް އައްޔަން ކުރެވިގެން ދިޔައީ އަތޮޅު ކައުންސިލްގެ 141 ވަނަ އާންމު ބައްދަލުވުމުގައި ބައިވެރި ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
މިފުރުސަތުގައި އަތޮޅު ކައުންސިލަރުންގެ ނަންފުޅުގައާއި އިދާރާގެ މުވައްޒަފުންގެ ނަމުގައި އަލްފާޟިލް ޢަބްފުﷲ ޝަފީޤަށް ތަހުނިޔާ ދަންނަވަމެވެ.