ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހިރާއްޖޭގެ އުފާވެރި ޤައުމީ ދުވަހުގެ މުނާސަބަތު ފާހަގަ ކުރުމުގެ ގޮތުން ހއ. އަތޮޅު ކައުންސިލް އިދާރާގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. 1441 ވަނަ އަހަރު ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިދަ ނަންގަވައި ދެއްވީ ހއ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޙުސައިނެއެވެ.

މި ރަސްމިއްޔާތުގައި ދިއްދޫގައި ހުންނަ ސަރުކާރުގެ އޮފީސްތަކުގެ ވެރިންނާއި ފުލުހުންނާއި އޮފީސްތަކުގެ މުވައްޒަފުންނާއި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނާއި ދިއްދޫގެ ރައްޔިތުން ބައިވެރިވެ ލެއެވިއެވެ.

ޤައުމީ ދުވަހުގެ މުނަސަބަތުގައި ދިދަ ނެގުން އޮންނަނީ ކޮންމެ ރަށެއްގައިވެސް ހުންނަ އެންމެ އިސް އިދާރާގައެވެ. ހއ. އަތޮޅު ރަށުކައުންސިލް އިދާރާތަކުގައިވެސް ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވާފައި ވެއެވެ.