ވިސްނުންތެރި ބެލެނިވެރިން އުފެއްދުމަށް ކެލާގައި ޕްރޮގްރާމެއް ހިންގައިފި

ހއ. ކެލާ ކައުންސިލާއި ސޮސައިޓީ ފޮރ އެވެއަރނަސް ގުޅިގެން މި މަހުގެ 13 ން 14 އަށް ވިސްނުންތެރި ބެލެނިވެރިން އުފެއްދުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ. ކެލާ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި ކެލާ ސްކޫލްގެ ބެލެނިވެރިންނަށް އަމާޒު ކުރައްވައިގެން ހިންގި މި ޕްރޮގްރާމްގައި 36 ބައިވެރިއަކު ބައިވެރިވެ ޕްރޮގްރާމް ފުރިހަމަކޮށްފައި ވެއެވެ.

މިފަދަ ޕްރޮގްރާމެއް ހިންގުމުގެ ބޭނުމަކީ ދަރިވަރުން ތަރުބިއްޔަތު ކުރުމުގައި ގެންގުޅެންވީ ހުނަރުތަކާއި ކުދިންނަށް ދިމާވާ ތަފާތު މައްސަލަތައް ހައްލުކުރުމުގައި ބެލެނިވެރިންގެ ދައުރު މިހާރަށްވުރެ ހަރުދަނާކުރުމުގެ މައެްޗަށް ބާރުއެޅުމުގެ ގޮތުން ހިންގި ޕްރޮގްރާމެއްކަމަށް ކެލާ ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްދެއްވީ ސޮސައިޓީ ފޮރ އެވެއަރނަސް އިން ފޮނުއްވާފައިވާ ކަމުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ.