ބިޑް ކޮމިޓީ

މި އިދާރާގައި ދާއިމީ ބިޑް ކޮމިޓިއެއް އޮވެއެވެ. މި ކޮމިޓީގައި 5 މެމްބަރުން ތިއްބަވައެވެ.

ކޮމިޓީއާ ގުޅޭނެ ފޯން ނަމްބަރ: 6500068

އީމެއިލް: [email protected]

1. ކައުންސިލަރ އިބްރާހީމް ރަޝީދު

2. ކައުންސިލަރ ޢަބްދުﷲ އިންފާޒް

3. ޑިރެކްޓަރ ޖެނެރަލް ޢަބްދުﷲ ޝަފީޤް

4. ޑިރެކްޓަރ މުޙައްމަދު ނަޞީރު

ކޮމިޓީގެ މަސްއޫލިއްޔަތު

  1. މުދަލާއި ޚިދުމަތް ލިބިގަތުމަށް ކުރާ އިޢުލާންތަކުގައި މާލިއްޔަތު ޤަވާޢިދުގައި ބަޔާންކުރާ ޝަރުތުތައް ހަމަވޭތޯ ބެލުން
  2. މުދަލާއި ޚިދުމަތް ލިބިގަތުމަށް ކުރާ އިޢުލާނާ ގުޅިގެން ބާއްވަންޖެހޭ ޕްރީބިޑް މީޓިންގ ބޭއްވުމާއި ބިޑާ ގުޅޭގޮތުން ކުރާ ޝަކުވާތަކަށް ޖަވާބު ދިނުން
  3. މުދަލާއި ޚިދުމަތް ލިބިގަތުމަށް ކުރާ އިޢުލާނާ ގުޅިގެން ހުށަހަޅާ އަންދާސީ ހިސާބުތައް ނުވަތަ ބީލަންތައް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެއްސުން
  4. ހުށަހެލޭ ބީލަންތައް ދިރާސާކުރުމާއި މަސައްކަތްތައް ޙަވާލުކުރާނެ ފަރާތެއް ކަނޑައެޅުން
  5. އެގްރިމެންޓްކޮށްގެން ކުރެވޭ މަސައްކަތްތައް ޙަވާލުކުރާ ފަރާތުން އެގްރިމެންޓާ ޚިލާފުވާ ހާލަތްތަކުގައި އެކަން ބަލައި ދިރާސާކޮށް އިދާރާއަށް ލަފާދިނުން.