މާލީ ކަންކަން ހަރުދަނާކުރުމަށް ގެންދެވުނު ތަމްރީން ޕްރޮގްރާމްގެ ނިމުން ފާހަގަކުރުމާއި، ރަށު ކައުންސިލްތަކާއި ހއ.އަތޮޅު ކައުންސިލްގެ އެޗް.އާރު ސޮފްޓްވެއަރއާއި ، ކައުންސިލްގެ ލޯގޯއާ ޔުނިފޯމާއި އަދި ދިދަ އިފްތާޙުހުކުރުމުގެ ރަސްމިއްޔާތު ބާއްވައިފި.
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލާ ރަށުކައުންސިލްތަކުގެ މާލީ ބަޔާން ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ދިނުމަށާއި، ވިޔަ މޮޑިއުލް އަދި މާލިއްޔަތު ޤަވާޢިދަށް އަހުލުވެރި ކުރުވުމުގެ ގޮތުން ހއ. އަތޮޅު ކައުންސިލާއި، އެލްޖީއޭ ގުޅިގެން ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމްގެ ނިމުން ފާހަގަކޮށްފިއެވެ. މިކަމަށްޓަކާ ހއ.އަތޮޅު ސްޓޭޓްހައުސްގެ ކޮންފަރެންސް ހޯލްގައި 2022 އޮގަސްޓު 31 ވަނަ ދުވަހު ބޭއްވުނު މި ރަސްމިއްޔާތުގައި ހއ. އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގެ އެޗް.އާރު ސޮފްޓްވެއަރއާއި، އަތޮޅު ކައުންސިލްގެ ލޯގޯ، އަދި ޔުނިފޯމާ ދިދަ ވެސް އިފްތިތާޙުކުރެވުނެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ފާޠިމަތު އަފްޝަން ލަޠީފެވެ.
2022 އޮގަސްޓް 25 – 31 އަށް ކުރިއަށް ގެންދެވުނު، ދައުލަތުގެ މާލީ ކަންކަން ހަރުދަނާ ކުރުމުގެ މި ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ކުރިއަށް ގެންދެވުނީ ލޯކަލް ގަވަރމެންޓް އޮތޯރިޓީ އާއި މިނިސްޓްރީ އޮފް ފިނޭންސް އަދި އޮޑިޓަރ ޖެނެރަލް އޮފީހުގެ ފަންނީ ބޭފުޅުންގެ އެހީތެރިކަމާއެކުގައެވެ.