ފިއްލަދުއާ ދިމާ ބޭރުގައި މަސްކަނދު ފައްޗެއް އަޅައިފި
ހއ. ފިއްލަދުއާ ދިމާބޭރުގައި އަޅާފައިވާ ކަނދުފަތި ކަނޑައިގެން ދިއުމާ ގުޅިގެން އައު ކަނދުފައްޗެއް މިއަދު އަޅައިފިއެވެ.
މިނިސްޓަރ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ކެނޑިފައިވާ ފިއްލަދޫ ”ދޮށިމަސްކަނދު” ނަންބަރު #C09D01 ގެ ބަދަލުގައި ފިއްލަދޫގެ 15 މޭލު އިރުމަތީ ސަރަހައްދެއްގައި ފިޝަރީޒްގެ ކަނދުފަތި ޓީމުން މިއަދު އައު ކަނދުފައްޗެއް އަޅާފައިވާކަމަށާއި މީގެއިތުރުން މިހާރު އެޓީމުންދަނީ ހއ. މުޅަދޫ ފުށޮޅުގައި ވަދު މަސްކަދު އެޅުމަށް ތައްޔާރު ވަމުންކަމަށެވެ.
ކެނޑިފައިވާ ހއ.ފިއްލަދޫ #ދޮށިމަސްކަނދު، ކަނދު ނަންބަރު #C09D01 ފިއްލަދޫގެ 15 މޭލު އިރުމަތީ ސަރަހައްދެއްގައި ފިޝަރީޒްގެ #ކަނދުފަތިޓީމު އިން މިއަދު އަޅާފި. މިހާރުދަނީ ހއ. މުޅަދޫ ފުށޮޅުގައި #ވަދުމަސްކަދު އެޅުމަށް ތައްޔާރުވަމުން. @MoFMRAmv pic.twitter.com/0rrxxF46dz
— Hussain R. Hassan (@DrHussainHassan) December 30, 2021
މިކަނދުފަތި އެޅުމުގައި ހަރަކާތްތެރިވި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ޓީމުގައި ޢަމަލީގޮތުން ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤް ބައިވެރިވެ މަސައްކަތް ކުރެއްވިއެވެ. ކައުންސިލްގެ ރައީސް މި މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވުމަކީ މަސްވެރިކަމަށް ދެއްވާ އަހައްމިއްޔަތުކަން ހާމަވެގެންދިޔަ ކަމެކެވެ.
މަސްވެރިންނަށް ފަސޭހަ ކުރުމުގެ ގޮތުން މި އަތޮޅުގައި ކަނދުފަތި އަޅުއްވައި ދެއްވީތީ ކައުންސިލްގެ ރައީސް، ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.