މިއަހަރުގެ ކާފަ މާމައިންގެ ދުވަސް ދިއްދޫގައި ފާހަގަކޮށްފި
ބައިނަލްއަޤުވާމީ ކާފަ މާމައިގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ހުރި ސަރުކާރު އިދާރާތަކާ ގުޅިގެން ތިލަދުންމަތީ އުތުރުބުރީ ފެމެލީ އެންޑް ޗިލްޑްރަންސް ސެންޓަރުން ދިއްދޫގައި ހަފްލާއެއް ބާއްވައިފިއެވެ.
މިހަފްލާގައި ކާފަ މާމައިންނަށް ހަދިޔާ ދިނުން ކުރިއަށް ގެންދިޔައީ އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންގެ ފަރާތުންނެވެ. ގިނަ ޢަދަދެއްގެ ކާފަ މާމައިން ބައިވެރި ކޮށްގެން ކުރިއަށް ގެންދެވުނު މި ހަފްލާ ބޭއްވުނީ އަތޮޅު ތަޢުލީމީ މަރުކަޒުގެ ތިލައުތުރު މާލަމުގައެވެ. މި ހަފުލާގައި އެންމެ ޒުވާން ކާފަ އާއި މާމައަށާއި އެންމެ ދުވަސްވީ ކާފަ އާއި މާމައަށް ހަނދާނީ ފިލާ ދިނުން އޮތެވެ.
މި ރަސްމިއްޔާތުގައި ދިއްދޫގައި ހުރި ސަރުކާރު އިދާރާތަކުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެ ލެއްވިއެވެ.