ކެލާ ސްޕަރލީގް 2019 ޗެންޕިއަންކަން ކެލާ ފެނަކަ ހޯދައިފި

ކެލާ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ކެލާ ސްޕަރލީގް 2019 ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކެލާ ފެނަކަ ޓީމުން ހޯދައިފިއެވެ. ފައިނަލް މެޗްގައި ބައްދަލުކުރީ ކެލާ ފެނަކައާއި، އަތިރި އިން ކެލާއެވެ. މި މުބާރާތުގައި ހަތަރުޓީމެއް ވާދަކޮށްފައި ވެއެވެ.

ފައިނަލް މެޗްގައި ދެޓީމުން ކުޅުނު މޮޅު ކުޅުމާއެކު ވަގުތު ހަމަވިއިރު، އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. އެހެންކަމުން ޕެނަލްޓީ ޖަހައިގެން 3 – 1 ލަނޑުން މޮޅުވެ މުބާރާތުގެ ޗެންޕިއަންކަން ފެނަކަ ޓީމުން ހޯދިއެވެ. އަހަރަކު އެއްފަހަރު ކުޅެވޭ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ކެލާ ޕްރީސްކޫލްގެ ޓީމެވެ. ފެނަކަ ޓީމުން ޗެންޕިއަންކަން ހޯދިމިއީ ދެވަނަ ފަހަރެވެ.

ފައިނަލް މެޗްގެ މޭން އޮފްދަ މެޗަކަށް ހޮވުނީ ފެނަކަ ޓީމުގެ އަބްދުﷲ ޒިމާމުއެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ފެނަކަ ޓީމްގެ ނޫރުﷲ ތާހާއެވެ. މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކީ ފެނަކަ ޓީމުގެ ޢަބްދުﷲ ޒިމާމުއެވެ. އެންމެމޮޅު ޒުވާން ކުޅުންތެރިއަކީ އަތިރި އިން ޓީމުގެ މުޙައްމަދު މާއިޒު ހަމީދެވެ.

މި މުބާރާތުގައި ކުޅުނު އެންމެމޮޅު ފަސްކުޅުންތެރިންނަކީ މުޙައްމަދު މާއިޒް އަތިރި އިން، ޢަލީ ފަރުޚާން އަތިރި އިން، އިބްރާހީމް ފާރިޝް އަތިރި އިން. ޢަބްދުﷲ ޒިމާމް ފެނަކަ، ނޫރުﷲ ތާހާ ފެނަކަޓީމެވެ.

މިއީ ކެލާގައި ހުންނަ ސަރުކާރުގެ އިދާރާތަކާއި ކެލާގައި ވިޔަފާރި ހިންގާ ފަރާތްތަކަށް ހުޅުވައިލައިގެން ހިންގަވާ މުބާރާތެކެވެ. އަތިރި އިންއަކީ ކެލާގައި ދާދިފަހުން ހުޅުވި ގެސްޓްހައުސްއެކެވެ.

2020 ވަނަ އަހަރު މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ 1 ގައި ކަމަށް މުބާރާތް ހިންގާ ފަރާތުން މައުލޫމާތު ދެއްވައެވެ.