ކެލާ ސްޕަރލީގް 2019 ފުޓްބޯޅަ މުބާރާތް

ކެލާގައި މިހާރު ކުރިއަށްދާ ކެލާ ސްޕަރލީގް 2019 ގެ ދެވަނަ މެޗް އިއްޔެ ހަވީރު ކެލާގައި ކުޅެވިއްޖެއެވެ. މިމެޗްގެ ޝަރަފްވެރި ކޮށްދެއްވީ އިއްޔެއަކީ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސްކަމަށްވާތީ ކެލާގައި ތިބޭ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީވެސް މުޖުތަމަޢުގެ އެހެން މީހުންނެކޭ އެއްގޮތަށް ކަންކަމުގައި ބައިވެރިވެ އުޅުމުގެ ފުރުސަތު ލިބިފައިވާ ބައެއްކަން މުޖުތަމަޢު މިހާރުވަނީ ބަލައިގެންފައެވެ. އެހެންކަމުން އެފަދަ ފަރާތްތައް ބާކީނުކޮށް ކަންކަމުގައި ޙަރަކާތްތެރި ކުރުވުމަކީ އެފަދަ ފަރާތްތަކަށް ލިބިގެންދާ ވަރަށްބޮޑު ހިތްހަމަޖެހުމެކެވެ.

އިއްޔެ ކުޅެވުނު މެޗުގައި ބައްދަލުކުރީ ކެލާ ލިލީ ޕްރީސްކޫލްގެ ޓީމަކާއި، ކެލާ ވޯޓަރ ސްޕޯރޓްސް ޓީމެވެ. މިމެޗް 5 – 0 ލަނޑުން މޮޅުވީ ވޯޓަރ ސްޕޯރޓްސް ޓީމެވެ. މިއަދު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ ކެލާ ފެނަކަ ޓީމާއި، ވޯޓަރ ސްޕޯޓްސް އެވެ.