ހއ. ފިއްލަދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުން

ހއ. ފިއްލަދޫގައި ބޯފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކުރިއަށް ގެންދަވާ މި މަޝްރޫއުގައި ސޮއި ކުރެއްވުން އޮތީ 29 ސެޕްޓެމްބަރ 2019 ވަނަ ދުވަހު އެ މިނިސްޓްރީގައެވެ.

މި މަޝްރޫޢުގެ ދަށުން ފިއްލަދޫގައި ފެނުގެ ވިޔުގަ އެޅުމާއި ނަރުދަމާގެ ޕަންޕް ސްޓޭޝަންތައް ޤާއިމުކުރުމާއި އާރު.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި ސީ އައުޓް ފޯލް އެޅުމާއި އިދާރީ އޮފީސް އެޅުން ހިމެނޭކަމަށް ޕްލޭނިންގ މިނިސްޓްރީގެ އެއްބަސްވުމުގައި ވެއެވެ.

މި މަޝްރޫޢުގެ ތެރޭގައި ފެނުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ގޭގެއަށް ފެނުގެ ކަނެކްޝަން މެދުވެރިކޮށް ކަމަށްވެސް އެމިނިސްޓްރީގެ އެއްބަސް ވުމުގައި ވެއެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ ސާސްއީ ކޮންސްޓަރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.