ސްޓާފްނައިޓް 2025 ބާއްވައިފި
މުވައްޒަފުންގެ ގުޅުން ބަދަހިކުރުމާއި މޯޓިވޭޝަން އިތުރ ކުރުމަށް ސްޓާފް އެޕްރިސިއޭޝަން ހަރަކާތްތަކެއް ކުރިއަށް ގެންދިއުމުގެ ގޮތުން މި އަހަރު ސްޓާފްނައިޓް 2025 ބާއްވައިފިއެވެ.
މި ރަސްމިއްޔާތުގެ ބައިވެރިންނާއި އެވޯޑް ލިބޭ ފަރާތްތަކަށް މަރުހަބާ ދެންނެވެމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުއްލަޠީފް ޙަސަނެވެ.
މި ރަސްމިއްޔާތުގައި 2024 ވަނަ އަހަރު މި ކައުންސިލުން ކުރެވުނު މަސައްކަތްތަކާ ގުޅޭ ވީޑިޔޯ ރިޕޯޓެއް ހުށަހެޅިފައިވެއެވެ.
މި އޮފީހުގެ މަސައްކަތްތަކާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީން ފެށިގެން މަތީ ސަނަދު ހާސިލްކުރައްވާފައިވަނީ ކައުންސިލް އޮފިސަރ އާމިނަތު އީމާ، ސީނިއަރ ކައުންސިލް އޮފިސަރ ދީމާ ޙަސަން ، ޕްރޮގްރާމް ކޯޑިނޭޓަރ އާމިނަތު ޝަރުވާ އަދި އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ދީމާ މުޙައްމަދެވެ.
ކައުންސިލުގެ މާލިއްޔަތުން އެހީތެރިކަންދީގެން ފުރިހަމަ ކުރެއްވި “މާސްޓަރ އޮފް ހިއުމަން ރިސޯސް ކޯހުން އެންމެ މަތީ ދަރަޖަ ހާސިލްކުރައްވާފައި ވާތީ ސީނިއަރ ކައުންސިލް އޮފިސަރ ދީމާ ޙަސަނަށް ވަނީ މަތީ ދަރަޖަ އެވޯޑް ހަވާލުކޮށްފައެވެ.
އަދި ކައުންސިލުގެ ފަރާތުން މުވައްޒަފުންނާއި މުޚާތަބުކޮށް ކައުންސިލްގެ ރައީސް މޫސާ ޝަފީޤް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ހާޟިރިން އެންމެ ރަނގަޅު މުވައްޒަފުންގެ ތެރެއިން 92 އިންސައްތައަށްވުރެ މަތިން ހާސިލްކޮށް ރަންގަޑި ނިޝާން އެވޯޑް ހާސިލްކުރައްވާފައިވަނީ ކައުންސިލުގެ ރައީސް މޫސާ ޝަފީޤާއި ކައުންސިލް މެންބަރު އަލީ ސިނާންގެ އިތުރުން ކައުންސިލް މެންބަރު ޞަފްޢަތު މުޙައްމަދެވެ. އަދި މުވައްޒަފުންގެ ތެރެއިން މި އެވޯޑު ހާސިލްކޮށްފައިވަނީ ސީނިއަރ ކައުންސިލް އޮފިސަރ ޢާއިޝަތު ނުޒުހާ، ކައުންސިލް އެގްޒެކްޓިވް އަސްމާ އަބޫބަކުރު އަދި ފަޅުވެރި ޢަބްދުﷲ ނަޢީމާއި ކައުންސިލް އެސިސްޓެންޓް އަޙްމަދު ރަޝީދެވެ.
ހާޟިރިން އެންމެ ރަނގަޅު މުވައްޒަފުންގެ ތެރެއިން 88 އިންސައްތައަށްވުރެ މަތިން ހާސިލްކޮށް ރިހިގަޑި ނިޝާން އެވޯޑް ހާސިލް ކުރައްވާފައިވަނީ މި ކައުންސިލުގެ ނައިބް ރައީސް އަހްމަދު ޞަބާޙް އެވެ. އަދި މުވައްޒަފުންގެ ތެރެއިން ސީނިއަރ ކައުންސިލް އޮފިސަރ ޢާއިޝަތު ޝަޒްނާ، ސީނިއަރ ކައުންސިލް އޮފިސަރ ޙައްވާ ޒާހިރާ، އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް މުޙައްމަދު ސަލީމް އަދި ކައުންސިލް އެސިސްޓެންޓް އަހްމަދު ފިރާގެވެ.
ހާޟިރިން އެންމެ ރަނގަޅު މުވައްޒަފުންގެ ތެރެއިން ހާޟިރީން 85 އިންސައްތައަށްވުރެ މަތިން ހާސިލްކޮށް ލޮއި ގަޑި ނިޝާން އެވޯޑް ހާސިލް ކުރައްވާފައިވަނީ ސީނިއަރ ކައުންސިލް އެގްޒެކްޓިވް ޢަބްދުﷲ ޝަފީޤާއި ކައުންސިލް އެގްޒެކްޓިވް ޢަބްދުﷲ ނަޢީމާއި ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ ޢާއިޝަތު ޝިފާޒާ އާއި އެކައުންޓްސް އޮފިސަރ އިސްމާޢިލް އަޝްފާޤް ގެ އިތުރުން އެސިސްޓެންޓް ކައުންސިލް އޮފިސަރ އާމިނަތު ލަތީފާއެވެ.
05 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާތީ ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ ޢާއިޝަތު ޝިފާޒާ އާއި ކައުންސިލް އެސިސްޓެންޓް ހަލީމަތު ޝަފީޤާ އަށް ވަނީ ޚިދުމަތުގެ ލޮއި ނިޝާން އެވޯޑް އަރުވާފައެވެ. އަދި 10 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާތީ ކައުންސިލް އެސިސްޓެންޓް މުޙައްމަދު ރިޔާޟަށްވަނީ ޚިދުމަތުގެ ރިހި ނިޝާން އެވޯޑް އަރުވާފައެވެ.
އަހަރުގެ 03 ވަނަ އަށް އެންމެ ޚިދުމަތްތެރި މުވައްޒަފު، ސީނިއަރ ކައުންސިލް އޮފިސަރ އާއިޝަތު ޝަޒްނާއަށް ވަނީ ޚިދުމަތުގެ ލޮއި ނިޝާން އެވޯޑާއި ކައުންސިލުގެ ފަރާތުން ދޭ ފައިސާގެ އިނާމު ދީފައިވެއެވެ. އަދި 02 ވަނަ އަށް އެންމެ ޚިދުމަތްތެރި މުވައްޒަފު، ކައުންސިލް އެގްޒެކްޓިވް އަސްމާ އަބޫބަކުރަށް ވަނީ ޚިދުމަތުގެ ރިހި ނިޝާން އެވޯޑާއި ކައުންސިލުގެ ފަރާތުން ދޭ ފައިސާގެ އިނާމު ދީފައެވ. އަދި 2024 ވަނަ އަހަރުގެ އެންމެ ޚިދުމަތްތެރި މުވައްޒަފަކަށް ހޮވިފައިވަނީ ސީނިއަރ ކައުންސިލް އޮފިސަރ ޢާއިޝަތު ނުޒްހާ އެވެ. މި މުވައްޒަފަށް ވަނީ ކައުންސިލުގެ ފަރާތުން އުމްރާ ދަތުރަކާއި ޚިދުމަތުގެ ރަން ނިޝާން އެވޯޑް އަރުވާފައެވެ.