ދަނޑުވެރިކަމުގެ ބޭސިކް ތަމްރީނު ޕްރޮގްރާމް ނިމިއްޖެ

ހއ. އަތޮޅު ކައުންސިލުން ހއ. އަތޮޅުގައި ދަނޑުވެރިކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހިންގި ދަނޑުވެރިކަމުގެ ބޭސިކް ތަމްރީނު ޕްރޮގްރާމް މިއަދު ނިމިއްޖެއެވެ. މި ތަމްރީނު ޕްރޮގްރާމްގައި ހައިޑްރޮޕޯނިކްސްގައި މުޑުވައްކުރާނެގޮތާއި ގަސްތަކަށް ދިމާވާ ބަލިތައް ދެނެގަންނާނެގޮތާއި ކާނާ އާއި ފެންދޭނެ ރަނގަޅު އާދަތަކުގެ އިތުރުން ގްރާފްޓިން އަދި ލޭޔަރިންގެ ކްލާސްތަކެއް ވެސް ކުރިއަށް ގެންދެވިފައިވެއެވެ.

ހދ. ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ބޭއްވުނު މި ރަސްމިއްޔާތު، ޝަރަފްވެރިކޮށްދެއްވީ ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ ރައީސް ޢަބްދުއްސައްތާރު ޙަސަނެވެ. މި ސެޕްޓެންބަރު މަހުގެ 13ން 15ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި 15 ބައިވެރީން ބައިވެރިވެ ތަމްރީނު ފުރިހަމަ ކޮށްފައިވެއެވެ.

މި ތަމްރީނު ޕްރޮގްރާމް ފެސިލިޓޭޓްކޮށް ދެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ދެ ފެސިލޭޓަރުންކަމުގައިވާ އެގްރިކަލްޗަރ އޮފިސަރ އަބޫބަކުރު މުޙައްމަދާއި، އެގްރިކަލްޗަރ އޮފިސަރ ފަޒީނާ ފާރޫޤެވެ.