މި ކައުންސިލްގެ ނަންބަރު: 225-CA/225/2025/25 އިޢުލާނުގައިވާ “ތިލައުތުރު އެވޯޑް 2025” އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން.

އެކި ދާއިރާތަކުން ފާހަގަކުރެވޭފަދަ އަގުހުރި ޚިދުމަތްތަކެއް ހއ. އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، އަދި މިނޫނަސް ތަފާތު ފަންނުތަކުން ފާހަގަކޮށްލެވޭފަދަ އަގުހުރި ޚިދުމަތްތަކެއް ހއ. އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، ހއ. އަތޮޅުގެ ސްކޫލް، މަދަރުސާތަކުން ފަޚުރުވެރި ވަނަތައް ހޯދާފައިވާ ދަރިވަރުންނާއި، އަތޮޅަށް އެންމެ ޚިދުމަތްތެރި ރިޒޯޓަކާއި، އަދި ހއ. އަތޮޅުގެ އެންމެ ހިންގުންތެރި ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ކުލަބް ޖަމްޢިއްޔާއެއް ފާހަގަކޮށް، އެ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ތިލައުތުރު އެވޯޑްގެ ނަމުގައި ހއ.އަތޮޅު ކައުންސިލުން ޚާއްޞަ އެވޯޑެއް ދިނުމަށް ވަނީ ނިންމާފައެވެ.

މި އެވޯޑަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ހއ.އަތޮޅުގެ އާންމު ފަރާތްތަކާއި، ހއ.އަތޮޅުގެ ހުރިހާ ސްކޫލް، މަދަރުސާތަކާއި، ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ، ކުލަބް ޖަމްޢިއްޔާ އަދި ރިޒޯޓް / ސިނާއީ މަސައްކަތްކުރާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

     “ތިލައުތުރު އެވޯޑް 2025” ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ:

  • ތިލައުތުރު ޝަރަފްވެރިކަމުގެ އެވޯޑް
  • ތިލައުތުރު ހިތްވަރުދިނުމުގެ އެވޯޑް
  • ތިލައުތުރު ޚާއްޞަ އެވޯޑް
  • ތިލައުތުރު މަތީދަރަޖަ އެވޯޑް
  • ތިލައުތުރު ޚާއްޞަ ޚިދުމަތުގެ އެވޯޑް
  • ތިލައުތުރު ހިންގުންތެރިކަމުގެ އެވޯޑް

        ވީމާ، މި އެވޯޑަށް ކުރިމަތިލެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ މި ދެންނެވި ފަރާތްތަކުން  2025 ޖުލައި 10 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް އެޕްލިކޭޝަން ފޯމް ފުރިހަމަކުރައްވައި މި ކައުންސިލަށް ނަން ހުށަހެޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް މެޢިލްކުރެއްވުން އެދެމެވެ. މި އެވޯޑާއިބެހޭ އިތުރު ތަފްޞީލް މި ކައުންސިލްގެ ނަންބަރު:  (PP)225/225/2023/5 ތިލައުތުރު އެވޯޑް ދިނުމުގެ އުޞޫލުން ސާފުވެވަޑައިގަންނަވާނެ ވާހަކަ ވެސް ދެންނެވީމެވެ.

އަދި ތިލައުތުރު އެވޯޑް ދިނުމުގެ އުޞޫލާއި އެވޯޑް އިވެލުއޭޝަން ފޯމާއި، އަދި އެވޯޑަށް އެދި ހުށަހަޅާ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް މި ކައުންސިލުންނާއި، މި އަތޮޅުގެ ރަށު ކައުންސިލްތަކުންނާއި، މި ކައުންސިލްގެ ވެބްސައިޓް www.halifatoll.gov.mv ންނާއި، ދިވެހި ސަރުކާރުގެ ގެޒެޓުން ލިބިވަޑައިގަންނަވާނެ ވާހަކަވެސް ދެންނެވީމެވެ.

ތިލައުތުރު އެވޯޑާ ބެހޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 1658 އާއި ގުޅުއްވުން އެދެމެވެ

Download (337KB)

Download (361KB)

Download (344KB)

Download (344KB)

Download (344KB)

Download (51KB)

Download (24KB)