ޕްރޮޖެކްޓް މެނޭޖްމަންޓް ސްކިލްސް ފޯރ ސްޕަވައިޒަރސް ޓްރެއިނިންގ ފެށިއްޖެ
ހއ. އަތޮޅު ކައުންސިލުން، ހއ. އަތޮޅުގައި ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް އަމާޒުކޮށްގެން ބާއްވާ ޕްރޮޖެކްޓް މެނޭޖްމަންޓް ސްކިލްސް ފޯރ ސްޕަވައިޒަރސް ޓްރެއިނިންގ ފެށިގެން ކުރިއަށް އެބަދެއެވެ. މި ހިނގާ ޖޫން 19 ން މޭ 21 ވަނަ ދުވަހުގެ ނިޔަލަށް ހއ. އަތޮޅު ސްޓޭޓްހައުސްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޓްރެއިނިންގް ޕްރޮގްރާމްގައި ބައިވެރިވުމަށް ހއ. އަތޮޅުގެ ހުރިހާ ރަށަކަށް ވަނީ ފުރުޞަތު ދެވިފައެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ފިޒިކަލްކޮށެވެ. މި ޓްރެއިނިންގ ޕްރޮގްރާމް ފެސިލިޓޭޓްކޮށްދެއްވަނީ ރިޔަން ޓްރޭނިންގ އިންސްޓިޓިއުޓްގެ ލެކްޗަރަރ މުޙައްމަދު ޝާހިދުއެވެ.
މިއީ، ހއ. އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ ކައުންސިލްގެ އާންމު ބައްދަލުވުމުން ނިންމައިގެން މި އަހަރު މަސައްކަތުގެ ތާވަލުގައި ހިމަނާފައިވާ ޓްރެއިނިންގ ޕްރޮގްރާމެކެވެ.