ހއ. އަތޮޅު ކައުންސިލްގެ ވެބްސައިޓަށް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން %100 ދެއްވައިފި
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން އަމިއްލަ އިސްނެގުމުގައި ހާމަކުރުމަށް ލާޒިމުކުރާ ހުރިހާ މައުލޫމާތެއް ހއ. އަތޮޅު ކައުންސިލްގެ ވެބްސައިޓުގައި ހާމަކޮށްފައި ވާތީ، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ މަރުހަބާ ދަންނަވާފައެވެ.
ހއ. އަތޮޅު ކައުންސިލުގެ ވެބްސައިޓުގެ އިތުރުން ސޯޝަލްމީޑިއާގެ ޕްލެޓްފޯމްތަކުގައި ވެސް ވަރަށްގިނަ މަޢުލޫމާތު ތަކެއް ހާމަކުރަމުން ގެންދެއެވެ. އެގޮތުން، ކައުންސިލުން ހިންގާ ހުރިހާ ޙަރަކާތެއް ވީހާވެސް އަވަހަށް އަދާހަމަކޮށް ރައްޔިތުންނަށް ހާމަކުރުމަކީ ހއ. އަތޮޅު ކައުންސިލުން އިސްކަމެއް ދީގެން ކުރާކަމެކެވެ.
މީގެ ކުރީން ވެސް އަމިއްލަ އަށް އިސްނެގުމުގައި ހާމަކުރުމަށް ލާޒިމްކުރާ މަޢުލޫމާތު ހާމަކޮށްފައިވާތީ، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދެއްވާ ރަންވަނަ އެވޯޑް 2017 އަދި 2018 ވަނަ އަހަރު ހއ. އަތޮޅުކައުންސިލަށް ލިބިފައިވެއެވެ. މިހާރު އެ އެވޯޑްދިނުން ވަނީ ހުއްޓާލާފައެވެ.