ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް ފެށިއްޖެ

ސިވިލް ސަރވިސް ކޮމިޝަނާއި ހއ. އަތޮޅު ކައުންސިލް ގުޅިގެން ހއ. އަތޮޅުގެ ރަށު ކައުންސިލްތަކުގެ ސިވިލް ސަރވިސް މުވައްޒަފުންނަށް އަމާޒުކޮށްގެން ބާއްވާ ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް ފެށިއްޖެއެވެ. މި އޮކްޓޫބަރު 30 ން ނޮވެންބަރު 02 ވަނަ ދުވަހުގެ ނިޔަލަށް ހއ. އަތޮޅު ކައުންސިލްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ހއ. އަތޮޅުގެ ރަށު ކައުންސިލްތަކުން 23 ބައިވެރީން ބައިވެރިވެފައިވެއެވެ.

އަދި ދިއްދޫގެ މުވައްސަސާތަކުގެ މުވައްޒަފުންނާއި މި ކައުންސިލްގެ މުވައްޒަފުންނާއެކު ޖުމްލަ 43 ބައިވެރީން ބައިވެރިވެފައި ވެއެވެ.
ހއ. އަތޮޅު ސްޓޭޓްހައުސްގެ ކޮންފަރެންސް ހޯލްގައި ރޭ 20:30 ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮގްރާމް ފަށްޓަވައިދެއްވީ ސިވިލްސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާޞިހްއެވެ.
މި ޓްރެއިނިންގ ޕްރޮގްރާމް ފެސިލިޓޭޓް ކޮށްދެއްވަނީ ސިވިލް ސަރވިސް ކޮމިޝަންގެ ސީނިއަރ ޓްރެއިނިން އެންޑް ޑިވެލޮޕްމަންޓް އެގްޒެކެޓިވް އިބްރާހިމް ރަޝީދެވެ.