ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އަތޮޅު ކައުންސިލްތަކުގެ ބައިން 2 ވަނަ ހއ. އަތޮޅު ކައުންސިލަށް

ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގައި ހއ. އަތޮޅު ކައުންސިލްގެ ޓީމް ގިނަ ވަނަތަކެއް ހޯދައިފިއެވެ. 1029 ދަރިވަރުން ބައިވެރިވި މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮތީ 2024 ޖުލައި 16 ވަނަ ދުވަހުގެރޭ އިސްލާމީމަރުކަޒުގައެވެ.

މުވައްސަސާތަކުގެ ބައިން ފައުންޑޭޝަން ސްޓޭޖުން ބަލައިގެން ކިޔެވުމުގެ ގޮފިން 3 ވަނަ ޔޫސުފް ޒާން ބިން މުޙައްމަދު ހޯދާފައިވާއިރު، އެ ސްޓޭޖުން ނުބަލާ ކިޔެވުމުގެ ގޮފިން 3 ވަނަ ހޯދީ ޟަމްޟަމް ޢަބްދުﷲ އާދަމެވެ. އަދި ކީސްޓޭޖު 2ން ނުބަލައި ކިޔެވުމުގެ ގޮފިން 3 ވަނަ ރީޝް ނަސީމް ހޯދިއިރު، ކީސްޓޭޖް 5ން ބަލައިގެން ކިޔެވުމުގެ ގޮފިން 3ވަނަ ހޯދީ އާމިނަތު ނަޞްރަތެވެ. މީގެ އިތުރުން ނުބަލައި ކިޔެވުމުގެ ގޮފިން އަތޮޅު ކައުންސިލްތަކުގެ ބައިން 2 ވަނަ ލިބިފައި ވަނީ ހއ. އަތޮޅު ކައުންސިލަށެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގައި ހއ. އަތޮޅު ކައުންސިލުން ބައިވެރިވި ދަރިވަރުން ޤުރްއާން މުބާރާތަށް ތައްޔާރު ކުރުމުގެ ގޮތުން ހއ. އަތޮޅު ކައުންސިލުން ވަނީ ޤުރްއާން ކިޔެވުމުގެ ކްލާސްތަކެއް  ކުރިއަށް ގެންގޮސްފައެވެ. މި ކްލާސްތައް ނަންގަވައި ދެއްވީ ޅ.ހިންނަވަރު، ރާއީ ޙައްވާ ރިކްޒާ އިބްރާޙީމް އަދި  ލ.ގަން، ތުނޑި.ރަހީމީ އާބާދު އާމިނަތު މައިމޫނާ އެވެ.