ހއ. އަތޮޅުގައި ޕަޑީ އޯޕަން ވޯޓަރ ޑައިވިންގ ކޯސް ފެށިއްޖެ

ހއ. އަތޮޅު ކައުންސިލާއި ދިއްދޫ ޕޮލިސް ގުޅިގެން މި މާރިޗު މަހުގެ 2 ން 7 އަށް ޕަޑީ އޮޕަން ވޯޓަރ ޑައިވިންގ ކޯހެއް ފެށިގެން ކުރިއަށް އެބަދެއެވެ. މި ކޯސް އަމާޒުކޮށްފައިވަނީ ހއ. އަތޮޅުގައި މަސްވެރިކަމުގެ ދާއިރާ އާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރަމުން އަންނަ ހއ. އަތޮޅުގެ ޒުވާނުންނަށާއި މި ދާއިރާތަކުގައި މަސައްކަތްކުރުމަށް ޝައުގުވެރިކަން ހުންނަ ޒުވާނުންނަށެވެ. މި ކޯހުގައި ޖުމްލަ 31 ބައިވެރިން ތަމްރީނު ފުރިހަމަ ކުރަމުން ދެއެވެ. މި ކޯހުގައި ކިޔަވައިދޭނީ ހއ. ވަށަފަރުގައި ހުންނަ ސްކޫބާ ގިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އިންސްޓްރަކްޓަރުންނެވެ. މި ކޯހުގެ ތިއަރީ ސެޝަންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހއ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ. ޕްރެކްޓިކަލް ސެޝަންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހއ. ވަށަފަރުގައެވެ. މި ކޯސް ފުރިހަމަކުރާ ފަރާތްތަކަށް އޯޕަން ވޯޓަރ ޕަޑީ ސެޓިފައިޑް ސެޓްފިކެޓް ލިބޭނެއެވެ.